ޗައިނާ އިން އާވަރެއްގެ ރޯގާއެއް ފެނިއްޖެ ކަމަށާއި، މިރޯގާގެ ނުރައްކާ ވަރަށް ބޮޑުވެދާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޗައިނާގެ ސައިންސްވެރިން ބުނާ ގޮތުގައި މިއީ އޫރުގެ ސަބަބުން ޖެހޭ ރޯގާއެކެވެ. އިންސާނުންނަށް މިރޯގާ ޖެހުނު ނަމަވެސް މިރޯގާ އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާކަމެއް އަދި ފާހަގަ ކުރެވިފައެއް ނެތެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އެކެއްގެ ގައިން އަނެކެއްގެ ގަޔަށް މިރޯގާ ފެތުރިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑު ކަމަށް ސައިންސްވެރިން ބުނެއެވެ. އެހެންވެޖެނަމަ ނުރައްކާ ވަރަށް ބޮޑު ވެގެންދާނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޗައިނާ އިން އަލަށް ފެނުނު ރޯގާ އަކީ 2009 ވަނަ އަހަރު މެކްސިކޯ އިން ފެނުނު އޫރު ރޯގާއާއި ދާދިއެއްގޮތް ރޯގާއެކެވެ. ނަމަވެސް މިރޯގާގައި ތަފާތު އާކަންތައްތަކެއް އެބަހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

"އަދި މިއީ ބޮޑު ނުރައްކަލެއް ނޫން. ނަމަވެސް ވައިރަސް ބަދަލުވެގެންދާ ގޮތުން މިއީ ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ނުރައްކާތެރި ބައްޔަކަށް ބަދަލު ވެގެން ހިނގައިދާނެ." ޕްރޮފެސަރ ކިން-ޗޯ ޗަންގް ވިދާޅުވިއެވެ. ޕްރޮފެސަރ ކިން-ޗޯ އަކީ ނޮޓިންހަމް ޔުނިވަސިޓީގައި މަސައްކަތް ކުރައްވާ ޕްރޮފެސަރެކެވެ.

ކޭމްބްރިޖް ޔުނިވަސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ޖޭމްސް ވުޑް ވިދާޅުވީ އިންސާނުންނާއި ގިނަގިނައިން ބައްދަލުވާ އޫރު ފަދަ ޖަނަވާރުންގެ ކިބައިން އިންސާނުންގެ ގަޔަށް ރޯގާއެއް އަރާނަމަ އޭގެ ނުރައްކާ ވަރަށް ބޮޑު ވާނެ ކަމަށެވެ. އެހެންކަމުން ޗައިނާ އިން ފެނުނު ރޯގާގެ ނުރައްކާ ވަރަށް ބޮޑު ވެދާނެ ކަމަށް އޭނާ ވެސް ވިދާޅުވިއެވެ.

ޗައިނާ އިން އަލަށް ފެނުނު ރޯގާ މިހާތަނަށް ޖެހުނީ ކިހައި އަދަދެއްގެ މީހުންނަށް ކަމެއް ޗައިނާ އިން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާ އިން އާވައްތަރެއްގެ ރޯގާއެއް ފެނުމާއި އެކު ކަންބޮޑުވުންތައް އިތުރު ވެފައި ވާއިރު ޗައިނާ އިން ފެނުނު ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސްފައި އޮންނަތާ މިހާރު ވަނީ ހަމަސް ދުވަސް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސާރާ

    އަދި ކުއްތާ ރޯގާވެސް އުފަންވާނެ!

    35
    1
  2. އަހުމަދު

    އަހަރުމެންގެ ދީނުގައި ތިޔާ ގާތް ނުވާން އަންގަވާފަ އޮތީ ސަމާސާއަކަށް ނޫން!

    98
    3
    • ގަމާރުމޯލްޑިވިއަން

      އެ ކަމަ ކު ޖަމަލުން ވަރަށް ނުރައް ކާތެރި ބައްޔެށް ޖެހުނެއް ނު

      1
      21
  3. ޖަހަންތީރު

    ތިޔަ ކަމަށް އޮތް ހައްލަކީ ގުނޫތު ކިޔަން ފެށުން

    45
    2
  4. އޭނާ

    އިންސާނުންގެ އަމަލުތަކުގެ ނުބައިކަމުން މިފަދަ މުސީބާތްތަށް ކުރިމަތިވަނީ. އިސްލާމްދީނުގަ ކަމެއް މަނާކޮށްފަ އޮންނަނީ މުޅިއިންސާނިއްޔަތަށް އެކަމުން ގެއްލުންތަކެއްވާތީ އިންސާނުންގެެ ލާބައާ މަންފާއަށް. ބައެއް މުސްލިމުންވެސް އަމަލު ކުރަނީ ހުޅަނގުގެ ތަހުޒީބާގޮތްތަކަށް.

    53
    1
    • ރޯގާ

      ވައިރެހާ ރޯގާ ފޮނުވަނީ އިންސާނުން ރަނގަޅު ކުރަން. ރޭޕް ކުރުން ހުއްޓިފަ މިވަނީ ވެސް އެހެންވެ.

      10