މިއަހަރުގެ އޮކްޓޯބަރ، ނޮވެމްބަރގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް މައިކްރޯސޮފްޓްގެ ބާނީ، ބިލިއަނަރު ބިލް ގޭޓްސް ލަފާކުރައްވައިފިއެވެ.

ކޮވިޑް-19 އާއި ގުޅޭ ގޮތުން މީގެ ކުރިން ވެސް އެންމެ ގިނައިން ވާހަކަދެއްކެވި، އަދި މިބައްޔަށް ފަރުވާއެއް ހޯދުމަށް އެންމެ ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ އެއް ބިލިއަނަރު ކަމަށްވާ ބިލް ގޭޓްސް "ސީއެންއެން" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ބަލި ފެތުރުން ދެން އިތުރު ވެގެން ދާނީ ސިއްހީ މާހިރުންގެ ލަފައަށް ގިނަ މީހުން އިހްތިރާމް ނުކުރުމުގެ ސަބަބުން ކަމަށެވެ.

"ރަނގަޅަށް ފަރުވާ ދެވޭނަމަ މަރުވާ މީހުންގެ އަދަދު މަދު ކުރެވޭނެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި އޮކްޓޯބަރާއި ނޮވެމްބަރު މަހު އަދަދުތައް ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ. މިހާރު ވެސް އަހަރެންނަށް ފެންނަ ގޮތުގައި ސިއްހީ މާހިރުން ދެމުން ގެންދާ ލަފައަށް ގިނަ މީހުން އަމަލު ކުރަމުންނެއް ނުގެންދޭ. މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ގިނަ ބަޔަކު އެބަތިބި." ބިލް ގޭޓްސް ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން ދާއިރު ބައެއް ފަރާތްތަކުން ލަފާކުރަނީ ސެޕްޓެމްބަރު މަހު ވެކްސިނެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި އިންސާނުންނަށް ދެވޭ ވަރަށް ވެކްސިނެއް ތައްޔާރު ކުރެވޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ ހުއްޓުމަކަށް އައިސްފައި ވާއިރު މިފަދަ ކަމެއް ދިމާވެދާނެ ކަމުގެ އިންޒާރު 2015 ވަނަ އަހަރު ބިލް ގޭޓްސް ވަނީ ދެއްވާފައެވެ. "ޓެޑް ޓޯކްސް" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގޭޓްސް ވިދާޅުވީ ދުނިޔެ އޮތީ ބޮޑު ބަލިމަޑުކަމަކަށް ތައްޔާރުވެފައި ނޫން ކަމަށާއި ބޮޑު ބަލިމަޑުކަމެއް ކުރިމަތިވެއްޖެނަމަ އެތައް މިލިއަން ބަޔަކަށް ބަލި ޖެހި، އެތައް ލައްކަ ބަޔަކު މަރުވެގެން ހިނގައިދާނެ ކަމަށެވެ.

ބިލް ގޭޓްސް ވިދާޅުވީ މިހާރު ފެންނަ މަންޒަރަށް ބަލާއިރު ފެންނަނީ ހިތްހަމަޖެހޭ ވަރުގެ އެންމެ މަންޒަރެއް ކަމަށެވެ. އެއީ ބަލި ޖެހޭ މީހުންގެ ނިސްބަތައް ބަލާއިރު މަރުވާ މީހުންގެ އަދަދު މަދުވުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މުޅި ދުނިޔެ އަށް ބަލާއިރު ބަލި ފެތުރުން އިތުރުވަމުންދާ މިންވަރަށް ބަލާއިރު އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ބިލް ގޭޓްސް ވިދާޅުވިއެވެ.

މިދަނޑިވަޅުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފަރާތުން އެކަށީގެންވާ ލީޑާޝިޕެއް ނުފެންނާތީ ބިލް ގޭޓްސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. އަޙްމަދް

  ރަނގަޅަށް ފަރުވާ ދެވޭނަމަ މަރުވާ މީހުންގެ އަދަދު މަދު ކުރެވޭނެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި އޮކްޓޯބަރާއި ނޮވެމްބަރު މަހު އަދަދުތައް ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ. މިހާރު ވެސް އަހަރެންނަށް ފެންނަ ގޮތުގައި ސިއްހީ މާހިރުން ދެމުން ގެންދާ ލަފައަށް ގިނަ މީހުން އަމަލު ކުރަމުންނެއް ނުގެންދޭ. މާސްކް އެޅުމާއި، އިޖުތިމާއީ ގައިދުރުކަމަށް އެއްވެސް ސަމާލުކަމެއް ނުދޭ ގިނަ ބަޔަކު އެބަތިބި." ބިލް ގޭޓްސް ވިދާޅުވިއެވެ.
  ————————————-
  މިކަލޭގެ ވެކްސިން ވިއްކަން (ސިއްޙީބިރުވެރިކަން) އުފެއްދުމުގައި ހައްދުފަހަނަ އަޅާފައިއެވެ.

  19
  6
  • ޑީ

   ދެރކަމަކީ ތިކަން ގިނަ މީހުން ގަބޫލު ނުކުރާކަން. ވެކްސިން އަކީ މަރު ވެސް ހުއްޓުވޭ ވަރުގެ އެއްޗަކަށް ވެފަ މިއޮއްނަނީ. މީނަގެ ހަގީގަތް އަދި އެއްމެނަށް އެނގޭނެ ދުވަހެއް އަންނާނެ. ވެކްސިން ކާކު ކީއްކުރަން ހަދާ ކޯޗެއްކަން އެނގޭނެ!!

   1
   1
 2. މައިޑު

  މި ބަކަރި ފަތުރާގެން އުޅޭ ވައިރަހަކާ ވައްތަރީ..

  20
  7
 3. އަރީ

  ތިކަލޭގެ ތީ ކޮވިޑް ނަވާރައިގެ އައްޕަ.. ވެކްސިންވިއްކަންވެގެ ން ޑަބުލިއު އެޗްއޯ ބޭނުންކޮއްގެން ކުޅޭކުޅި.. ތިކަލޭގެ ސިއްހީ މާހިރަކަށް ވިގޮތް ބަލަންއެބަޖެހެއެއްނޫން

  3
  1
 4. ޝުއާއު

  މީނާއަކީ އިންޑިޔާމީހުންނައް ފާޚާނާ ހަދާދޭން އުޅޭތާ 20 އަހަރު ވެފަ ހުރި މީހެއް.. އަދިވެސް އިންޑިޔާއަކު ފާޚާނާތައް އަޅާނުނިމޭ.. މިއީ ދުނިޔެ ހަލާކުރަން އުޅޭ ޔަހޫދީން.

  3
  1
 5. ޢަންސާރު

  ޔަހޫދީއެއް ހަމަ ޔަގީނުންވެސް ﷲ ގެ ލައުނަތް ލެއްވިގެންވާ ކާފަރެއް...

 6. އާދަން

  ކަލޭ ކިތަންމެ މުއްސަންޖަސް ޢައިބުގެ ޢިލްމެއް ނޭނގޭނެތެވެ..އަހަރުމެން އެހާ ޖާހިލެއް ނޫނެވެ....