އިންޑިއާ ސިފައިން ގެންދަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ކަޝްމީރުގައި މުސްލިމުންނާއި ދެކޮޅަށް އެތައް ޖަރީމާއެއް ހިންގަމުންނެވެ. މަތީގައި އެވާ ފޮޓޯ އިން ފެންނަނީ އެފަދަ އެންމެ މަންޒަރެކެވެ. މަރުވެފައިވާ 65 އަހަރުގެ ކާފަގެ ހަށިގަނޑު މަތީގައި އެއިނީ ތިން އަހަރުގެ ކުއްޖެކެވެ.

ބަޝީރު އަހްމަދު ޚާން ނަމަކަށް ކިޔާ މީހާ މަރާލާފައި ވަނީ އިންޑިއާ ސިފައިން ބަޑިން ދިން ހަމަލާއެއްގައެވެ. ބަޝީރު މަރުވެގެން ވެއްޓުނުއިރު ކައިރީގައި ކާފަ ދަރިފުޅު ވެސް ހުއްޓެވެ. ކާފަ ދަރިފުޅު އެއިނީ ދެން ހަދާނެ ގޮތެއް ނޭންގިގެން ކާފަގެ ހަށިގަނޑު މަތީ އިށީންދެގެންނެވެ.

"އަހަރެންގެ ބޭބެއަކީ ހަނގުރާމަވެރިއެއް ނޫން. އޭނާ އަތުގައި ހަތިޔާރެއް ނުހުންނާނެ. ދެން ކީއްވެ އޭނާ މަރާލަންވީ." ބަޝީރުގެ ކޮއްކޮ ނާޒިރު އަހްމަދު ސުވާލު ކުރިއެވެ.

ނަމަވެސް އިންޑިއާ ސިފައިން ދައްކާ ވާހަކަ ތަފާތެވެ. އިންޑިއާ ސިފައިން ބުނާ ގޮތުގައި ބަޝީރާއި އަދި އެތަނުގައި ތިބި އެހެން މީހުންނަށް ސިފައިން ހަމަލާ ދިނީ އެމީހުން ހަތިޔާރާއި އެކު ސިފައިންނާއި ކުރިމަތިލާ ސިފައިންނަށް އަމާޒުކޮށް ބަޑި ޖަހަން ފެށުމުންނެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބަޝީރު މަރާލާފައި ވަނީ ކާފަދަރިފުޅާއި އެކު ކާރުގައި ދުއްވާފައި ދަނިކޮށް ކާރު ހުއްޓުވުމަށްފަހު، ކާރުން އޭނާ ބާލައި ބަޑި ޖަހައިގެންނެވެ. ހަތިޔާރެއް ނެތް މީހަކު އެފަދަ ގޮތަކަށް މަރާލުމަކީ ލާއިންސާނިއްޔަތު ކަމުގެ އިންތިހާއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް ބުނާ ގޮތުން ހަނގުރާމައިގެ ބޮޑު ޖަރީމާއެކެވެ.

"ބަޝީރު މަރާލުމަށް ފަހު، ކާފަ ދަރިފުޅު ނަގައި ބަޝީރުގެ ހަށިގަނޑު މަތީގައި ބައިންދާފައި ސިފައިން އެސަރަހައްދުން ދިޔަ ކަމަށް މަންޒަރުދުއް ބައެއް މީހުން ބުނެ." އިންޑިއާގެ ނޫހެއްގައި ބުނެފައި ވެއެވެ.

ބަޝީރުގެ މަރާއި ގުޅިގެން ކަޝްމީރުގެ ހާލަތު ވަނީ އަނެއްކާވެސް ގޯސްވެފައެވެ. އިއްޔެ ކަޝްމީރުގެ އެތައް ހާސް ބަޔަކު ނިކުމެ، ވަނީ އިންޑިއާ ސިފައިންގެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސާހިދު

    އިންޑިޔާއަކީ މުޅިދުނިޔެއިން ނަމްބަރ1 ޑިމޮގްރަސީ މި ގައުމުގެ ފިރިން މިނިސްޓްރ ވިދާޅުވި އެހެއްވީމަ ކިހިނެއް ތިމަން ގަބޫލްކުރާނީ

    48
    1
  2. ހީރަ

    ހާދަ އަނިޔާވެރި އަމަލެއް.

    48
  3. Anonymous

    يا ربنا
    އިންޑިޔާގައި ތިބި އަޅުގަނޑުމެންގެ ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނަށް ކެތްތެރިކަން ދެއްވާށި. .... އަދި އަނިޔާވެރިންނަށް ދެދުނިޔޭގައި ގަދަ ފަދަ ޢަޛާބު ދެއްވާށި.... އަދި ޝަހީދު ކޮށްލެވެމުންދާ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްއެއްމެހާ މުސްލިމުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި ....
    آمين

    73
    1
    • ޖުމްހޫރީ

      އާމީން..ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހެކިކޮށް ދުއާ ކުރަން..އެފަދަ ވޭން ހުރި ހިތި މަރެއް އަދުއްވުންގެ މައްޗަށް ލައްވާށި

      58
  4. مسلم

    يا ربنا
    އިންޑިޔާގައި އަނިޔާ ލިބެމުންދާ މުސްލިމު އަޚުންނާއި އުޚުތުންނަށް ކެތްތެރިކަން ދެއްވާންދޭވެ.... އަދި އަނިޔާވެރިންނަށް ދެދުނިޔޭގައި ގަދަ ފަދަ ޢަޛާބު ދެއްވާންދެއެވެ....
    އަދި ޝަހީދު ކޮށްލެވެމުންދާ އެއްމެން ނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ
    ..... آمين

    46
  5. ޢެއީ ހަމަ ނުބާ ނުލަފާ

    ޢެއީ ހަމަ ނުބާ ނުލަފާ އަނިޔާވެެރި ހުދުމުހުތާރު ފާދިރީ ލާއިންސާނީ ވެރިއެއް..
    ޢެފަދަ ވެރިން ނިކަމެތި ކުރައްވާށި .. އާމީން
    ޢަދި އެފަދަ ނުބާވެރިންގެ ކިނބާން އެމެހާ މުސްލިމު އަހުނާ އުހުތުން ސަލާމާތް ކުރައްވާށި . ޢާމީން
    ޢަދި އެންމެހާ އަނިޔާވެރި ނޫން އިންސާނުން އެފަދަ ވެރިން ކިބާން ސަލާމަތް ކުރައްވާށި އާމީން..
    ..
    ޢެފަދަ ލާއިންސާނީ އަމަލްތައް ހިނގާ އަދި ހާއްސަކޮއް މުސްލިމުންނައް އެފަދަ އަމަލްތައް ހިނގާ މިއަދު ދުނިޔޭގާ އެއްމެ އިސްކޮއް އުޅޭ ތިންގައުމަކީ އިސްރާއީލް ޗައިނާއާ އިންޑިޔާ.. ދެން އުޅޭނީ އެމެރިކާ..
    ޢެފަދަ ނުބާ އަނިޔާވެރި ވެރިންގެ އަރާބާރު ނެތިކުރައްވާ އެމީހުން ނިކަމެތި ކުރައްވާށި .. އާމީން ..
    ޢަދި އެނުބާވެރިންގެ އަނިޔާއިން އެއްމެހާމުސްލިމުންނާއި ސަލާމަތް ކުރައްވާށި .. އާމީން
    އަދި އަނިޔާ ލިބެމުންދާ އެއްމެހާ ރައްޔެތުންނާއި އެއްމެހާ އިންސާނުން ސަލާމަތްކުރައްވާށި .. އާމީން..

    29
  6. ކަނަމަނަ

    ތިޔަފޮޓޯއައްވެސް ދިވެހިސަރުކާރުންދޭނީ 100% މާކުސް

    28
    • އެނޯ

      މمسلمންނަށް ނިހާޔަތަށް رحم ކުރާ قومއެއް އިންޑިޔާއަކީ.

      1
      6
  7. ޒާ

    އަބްދުﷲ ޝާހިދު ހުންނާނެ ގެރިމޯދީގެ ދިފާއުގަ. މުސްލިމުންގެ އަދުއްވުން

    35
  8. ސަވާދު

    ސުވަރުގޭގެ މަތިވެރި ނިއުމަތް އޭނާއަށް މިންވަރުކުރައްވާށި.

    48
  9. ޙަމަހަމަ

    ތިއީ ފައްކާ ޑިމޮކުރަސީއެއް

    12
  10. ކޭޑީ

    ގެރި މޯދީ ކަލޭވެސް މަރުވާނެ ކޮންމެވެސް ދުވަހަކުން... ޔާ ﷲ މި ނުލާފާ ލާއިންސާނިއްޔަތު ޢަމަލްތައް ހިންގާ މީހުންތައް ނެތި ކުރަންވާންދޭ.....

    16