އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަސިޓީން އުފައްދާ ވެކްސިން ލިބޭނެ ކަމަށް ކުރިން ލަފާކުރެވިފައި އޮތް މުއްދަތައް ވުރެ ވެކްސިން ލިބޭނެ ދުވަސް ލަސްވާނެ ޚަބަރު އިއްޔެ ލިބިފައި ވަނިކޮށް މިއަދު ވެސް އަނެއްކާ އިތުރު ނާއުއްމީދީ ޚަބަރެއް ލިބިއްޖެއެވެ.
ވެކްސިން އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެމެރިކާގެ މޮޑާނާ ކުންފުނިން އުފައްދާފައިވާ ވެކްސިން އިންސާނުން ބޭނުން ކޮށްގެން ކުރިއަށް ގެންދާ ތަހްލީލްތަކުގެ ތިން ވަނަ މަރުހަލާ ފެށުން ލަސްކޮށްފައިވާ ކަމަށް ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ކުރިން ހަމަޖެހިފައި އޮތީ މޮޑާނާ އިން 30000 ވޮލެންޓިއަރުންނަށް އަންނަ ހަފްތާގައި ވެކްސިން ދިނުމަށެވެ. ނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި ވެކްސިން ދޭން ފަށާނެ ދުވަސް ވަނީ ފަސްކޮށްފައެވެ. ތިން ވަނަ ބުރުގެ ތަހްލީލްތައް ފެށުން ފަސްކޮށްފައި ވަނީ ކިތައް ދުވަހަށް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އަންނަ ހަފްތާގައި ފަށަން އޮތް ތަހްލީލްތައް ފެށުން ފަސްކުރި ޚަބަރު އާއްމު ވުމާއި އެކު މޮޑާނާގެ ހިއްސާގެ އަގު ވަނީ %7 ދަށަށް ގޮސްފައެވެ. މޮޑާނާ އިން ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށައި، ރަނގަޅު ނަތީޖާތަކެއް ފެންނަމުން ފެށުމުން އެކުންފުނީގެ ހިއްސާގެ އަގު މިއަހަރު %200 އުފުލުނެވެ.
މޮޑާނާ އަކީ އެމެރިކާގެ ކުންފުނިތަކުގެ ތެރެއިން ކޮވިޑް-19 އަށް އެންމެ އަވަހަށް ވެކްސިނެއް އުފައްދާނެ ކަމަށް ބެލެވިފައިވާ ކުންފުންޏެވެ. ނަމަވެސް އެކުންފުނިން އުފައްދާ ވެކްސިން ވެސް ބޭނުން ކުރެވޭ ވަރު ވާނީ އަންނަ އަހަރުގެ ކުރީކޮޅު ކަމަށް ވަނީ ލަފާކޮށްފައެވެ.
ކޮވިޑް-19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް 120 އަށް ވުރެ ގިނަ ލެބޯޓްރީގައި ކުރިއަށް އެބަދެއެވެ. އޭގެ ތެރެއިން 20 އަށް ވުރެ ގިނަ ވެކްސިން އިންސާނުން ބޭނުން ކޮށްގެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ.
ޗައިނާ ސިދައިންނަށް ވެކްސިންދޭން ފަށައިފިޔޯ.
ތިޔަ ވެކްސިން ހަމައަގު ޖެހުނީމަ ތިލި ބޭނީ.
ތިޔައީ ކޮންމެހެން މާ އުންމީދީ ވެކްސިނެއްނޫން، އިންސާނުންނަށް ޓެސްޓުކުރަން ފަށައިގެންއުޅޭ 15 ވަރަކަށް ވެކްސިނުން އެކަތި ތިޔާ، އިނގިރޭސި އެންމެ ވެކްސިނަކާ، ޗައިނާގެ 6 ވެކްސިނާއި އެތަންމިތާ ވެކްސިން އުޅެނީ. ޗައިނާއިން ސިފައިންނަށް ދެނީ، ދެން ޔޫއޭއީ މީހުނަށް ދެނީ، މީގަ ވެގެންއުޅޭގޮތަކީ އިނގިރޭސިންގެ ޕުރޮޕެގެންޑާ އަނެއް 14 ވެކްސިނާ ނުބައްދަލުވެގެން ތާޑުވޯލްޑު ގައުމުތަކުގައި އޭތި ތަރުޖަމާކޮށްގެން ކޮންމެ ދުވަހަކު ނޫހުގަ ޖަހަނީ.
ކާފަރުން އުފައްދާ ވެކްސިނަށް ހިތް ކިޔާ ބަޔަކުވެސް އެބައުޅޭތާ