މިހާރު ދުނިޔޭގެ ހުރިހާ ސަރަހައްދަކުންވެސް ފެނިފައިވާ ކޮވިޑް-19، ޖެހުނު މީހުންގެ އަދަދު 11 މިލިއަނަށް އަރައިފިއެެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ޗައިނާއިން ފެނުނު މި ވައިރަސް ފެނުނު ގައުތަމާއި ސަރަހައްދުތަކުގެ އަދަދު މިހާރު ވަނީ 213 ސަރަހައްދަކުން ފެނިފައެވެ.

މުޅި ދުނިޔޭގެ ބަލީގެ ހާލަތަށް ބަލާއިރު، މިއަދާއި ހަމައަށް 11,018,684 މީހަކު ވަނީ ފައްސިވެފައެވެ. އަދި ފައްސިވި މީހުންގެ ތެރެއިން 6,175,553 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ބަލި ޖެހުނު ގައުމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު މި ވައިރަސްއަށް ފައްސިވެފައި ވަނީ، އެމެރިކާއިންނެވެ. އެ ގައުމުން 2,837,612 މީހަކަށް މި ވައިރަސް ޖެހިފައި ވެއެވެ. މީގެ އިތުރުން ދެވަނަ އެންމެ ގިނަބަޔަކު ފައްސިވެފައިވާ ބްރެޒިލްއިން 1,502,424 މީހެއްގެ ގައިން ބަލި ފެނިފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ބައެއްގެ ގައިން ބަލި ފެނިފައިވާ ރަޝިއާއިން 667,883 މީހެއްގެ ގައިން ބަލި ފެނިގައި ވެއެވެ.

މި ބަލި ޖެހިގެން މުޅި ދުުނިޔެއިން މިހާތަަނަށް މަރުވެފައި ވަނީ 524,826 މީހެކެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި އަދިވެސް ބަލީގެ ހާލަތު ރަނގަޅެއް ނޫނެވެ. ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ބައްޔަށް ފައްސިވެ،ބަލި ޖެހިގެން ދަނީ މަރުވަމުންނެވެ. ނަމަވެސް ބައެއް ގައުމުތަކުން މިހާރު ބަލި ފެތުރުން ކޮންޓްރޯލްކޮށް، ގައުމުތައްވެސް ހުޅުވާލާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު