ސަރަޙައްދީ އިމުން އަވައްޓެރި އިންޑިއާއާއި ގުޅިފައި އޮންނަ ޗައިނާ އިން ރުޅިގަދަވަނީ އިންޑިއާއަށް އަންނަމުންދާ ތަރައްޤީ ފެނިފައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ ބުނެފިއެވެ.

މޯދީ މިގޮތަށް ބުނެފައި ވަނީ، ދާދިފަހުން ދެޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުގައި އިންޑިއާ އާއި ޗައިނާ ސިފައިންނާއި މެދު ހިނގި ވަރުގަދަ ކުރިމަތިލުންތަކާއި ގުޅިގެން، އިއްޔެ އެ ސަރަޙައްދަށް ވަޑައިގެން ސިފައިންނާއި ބައްދަލުކޮށް ދެއްކި ވާހަކައިގެ ތެރެއިންނެވެ.

ކުރިމަތިލުން ހިނގި ލަނޑާކް ސަރަޙައްދަށް ކުއްލި ގޮތަކަށް ގޮސް ސިފައިންނާއި ބައްދަލުކޮށް މޯދީ ދެއްކި ވާހަކައިގެ ތެރެއިން އޭނާ ވަނީ ޗައިނާއަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދީފައެވެ. މިއީ އެ ހާދިސާ އަށްފަހު މޯދީ ސީދާ އެކަމާއި ގުޅިގެން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.

މޯދީ ބުނެފައި ވަނީ މިއީ ބިން ބޮޑުކުރުމުގެ ވިސްނުން ޤައުމުތަކުން ގެންގުޅޭ ޒަމާނެއް ނޫން ކަމަށާއި، މިއީ ތަރައްޤީގެ ޒަމާން ކަމަށެވެ. ނަމަވެސް ޗައިނާއިން އަދިވެސް ގެންގުޅެނީ ބޯދާ ޚިޔާލު ކަމަށާއި، ދާދިފަހުން ބޯޑަރުގައި ހިނގި ހަމަނުޖެހުމުން އެކަން ހާމަވާ ކަމަށް މޯދީ ބުނެފައި ވެއެވެ.

ހަމަ އެހެންމެ ޗައިނާއަށް ކެތް ނުކުރެވިގެން އުޅެނީ، ބޯޑަރު ސަރަޙައްދުން އިންޑިއާއަށް އަންނަމުންދާ ތަރައްޤީތައް ފެނުމުން ކަމަށް މޯދީ ބުންޏެވެ. އެގޮތުން ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާއިން ބޯޑަރު ސަރަޙައްދުގައި ގިނަ މަގުތަކާއި ބުރިޖުތައް ހަދައި ހަލުވިކަމާއެކު ތަރައްޤީގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ޗައިނާއިން ކިތަންމެ ރުޅިގަދަވެ ހިތްނުތަނަވަސް ވީނަމަވެސް ޕްރޮޖެކްޓުތައް ކުރިޔަށްގެންދާނެ ކަމަށް މޯދީ ބުނެފައި ވެއެވެ.

މޯދީ މިގޮތަށް ބުނިނަމަވެސް ދެޤައުމު ގުޅޭ ބޯޑަރު ސަރަޙައްދުން އިންޑިއާ ފަޅިއަށް ފާއިތުވެދިޔަ ދުވަސްތަކުގައި މާބޮޑު ބަދަލުތަކެއް އައިސްފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ފާހަގައެއް ނުކުރެވެއެވެ. ނަމަވެސް ޗައިނާ ފަޅީގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގުތައް ހަދައި އަސްކަރީ ހަރަކާތްތައް ވެސް އިތުރުކޮށްފައިވާކަން މި ފޮޓޯތަކުން ހާމަވެފައި ވެއެވެ.

މޯދީ ބޯޑަރު ސަރަޙައްދަށް ގޮސް ޗައިނާއަށް ފާޑުކިޔާފައި ވާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހު އިންޑިއާ އަދި ޗައިނާ ސިފައިންނާއި ދެމެދު ކުރިމަތިލުންތަކުގައި އިންޑިއާ ސިފައިންގެ 20 މީހަކު މަރުވެ 70 އަށްވުރެ ގިނަ ސިފައިން ޒަޚަމްވެފައި ވެއެވެ. މި ހަމަނުޖެހުން ހިނގާފައި ވަނީ، އިންޑިއާ ސިފައިން ޤަވާއިދާ ޚިލާފަށް ޗައިނާގެ ބޯޑަރު ސަރަޙައްދު ހުރަސްކުރުމުން ކަމަށް އޮފިޝަލުންނާއި ހަވާލާދީ ނޫސްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ނަސީދު

    ޢަދިވެސް ޗައިނާއިން ލޯނު ނަގައިގެން ތިތަރައްގީ ތިކުރަނީ ދައްކާ ވާހަކައެއް ދިމަލެއް ނުވޭ ގެރިކުދިން ދިބޭނެ އަތްޖަހަން ބުއްދިހުރިމީޖެއް ތިގަބޫލެއްނުކުރާނެ

    95
    1
  2. އައްޑޫ ލެއި

    އިންޑިޔާ ކޮން ތަރައްޤީއެއް ވެގެންތަ މިއުޅެނީ މުސްކުޅި ގެރި މޯދީ

    90
  3. ނަގުލު ފިއްތި

    މިގައުމުގަވެސް އެބައުޅޭ ތިކަހަލަ ކޮސްވާހަކަ ދަށްކާ ކޮހެއް.

    105
    2
  4. ާއައްޑޫ އަލިބެއްޔާ

    ޢިންޑިއާ ރައްޔިތުން ނަށް ވެސް ހުތުރު މި ކަލޭގެ މިފަދަ ޒަމާނެއްގަ ބޮޑާ ވެ މި ދައްކާ ވާހަކަ ތަކުން.

    61
  5. ގެރި މޯދީ

    ޢިންޑިއާގެ ފަސްއިންޑިއާ ވަރުގެ އިގްތިސޯދެއް އޮތްގައުމެއް ޗައިނާ އަކީ. ޢިންޑިއާގެ ޖީޑީޕީ އަކީ 2 ޓްރިލިއަން. ޗައިނާ 15 ޓްރިލިއަން. އިންޑިއާ މިއީ ޗައިނާ ކައިރީގަ މެއްސެއް.

    58
  6. ރޯޔަލް

    މި އީ މި ގަރުނުގެ ބޮޑުޖޯކު، އަންނަނީ ހިނި

    59
  7. އެލޭކެސް

    ހިނި އަާދޭ އެބަ މިހާރުވެސް ޗައިނާގެ ލޯން އެހީ ގައެތައް ކަމެއް ކުރަމުން ދާ އިންޑިއާއިން އަދި މިހެން މިބުނަނީ

    57
  8. ޖާބިރު

    މިއީ ކޮހެއްތަ؟

    48
  9. ގަންޖާ އަންނި

    މޯދީ ބަލަ ކަލެއަށް ކޮން ތަރައްގީ އެއް ވެވޭނީ.... އަދިވެސް މަގުމައްޗަށް ކުޑަ ކަމު ދަނީ. ތިޔަ ގޮތަށް އަނގައިން ތަރައްޤީ ގެންނަ ބައިގަނޑެއް މި ޤައުމުގައި ވެސް އެބަ އުޅޭ ވެރިކަން ލިބިގެން

    63
    1
  10. ބޯކިބާ

    އިންޑިއާއިން ހިންގާ ތަރައްގީގެ އެންމެބޮޑު މަޝްރޫއަކީ ފާހާނާ ބެހެއްޓުމުގެ މަޝްރޫއެއް، ވިލެޖުގަ ހަދަނީ ފާހާނާބަރިއެއް، ދެން ރަށުއެންމެން ފެންބާލިދީއެއް ހިފައިގެން އެތަނަށް ދާންޖެހެނީ. އެކަމާކަންނެ ޗައިނާއިން ހަސަދަވެރިވަނީ.

    22
  11. މުކި

    ރުޅިއައިސްގެން އުޅެނީ ކާކުކަމެއްނޭންގުނު. ޒުވާބުކުރާ އަޑު އަބަދުވެސް އިވެނީ އިންޑިއާއިން. ޗައިނާގެ އަޑެއްނީވޭ

    26
  12. ށުކި

    ރުޅިއައިސްގެން އުޅެނީ ކާކުކަމެއްނޭންގުނު. ޒުވާބުކުރާ އަޑު އަބަދުވެސް އިވެނީ އިންޑިއާއިން. ޗައިނާގެ އަޑެއްނީވޭ

    14
    1
  13. ދދދ

    ގެރިކަލޭގެ ރުޅި އަންނަނީ ކޮން ކަމަކާ؟

    12
  14. ގުރަހާ

    އިންޑިއާ މިއިންޒަމާނަކުވެސް ތަރަށްގީއެއް ނުވާނެ ގެރިމޯދީ އަށް ހީވާގޮތްތީ ކަލޭމެންނަށް ގެނެވޭނެތަރަށްގީ އަކީ މަގުމަށްޗަށް ރަތްކުޅުތެޅުން.

  15. ޢަންސާރު

    ލައިކް ކައު ޑަންގް ބްރޯ؟