އައެމެރިކާގެ އަލަބާމާ ޝޮޕިން މޯލްގައި ކަޅު ނަސްލުގެ އަށް އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ބޮލަށް ބަޑި ޖަހައި މަރާލައިފިއެވެ.
ބައިނަލްއަގުވާމީ ހަބަރުތައް ގެނެސްދޭ "ޑެއިލީ މެއިލް" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ކުޑަ ފިރިހެން ކުއްޖާ މަރާލީ މެޓާތަކަކުން މޯލްގައި ތިބި މީހުންނަށް ޖެއްސުން ކުރަމުން ދަނިކޮށެވެ. އެ ކުއްޖާ މަރާލީ އާންމުންގެ މީހެއް ކަމަ ށްވެސް އެ ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ކުއްޖާގެ އިތުރުން އެ ހާދިސަގައި އިތުރު ތިން މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، އެމީހުންނަށް މިހާރު ފަރުވާ ދެމުން ކަމަށް އެ ނޫހުން ވަނީ ބުނެފައެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ކުޑަ އަންހެން ކުއްޖަކާއި ދެ ބޮޑު މީހުންނަށެވެ.
ފުލުހުން ބުނެފައި ވަނީ އެ ކުއްޖާ މަރާލި މީހާ ދެނެގަނެވިފައިވާ ކަމަށާއި، އަދި އެ މަރުގެ ތަހުގީގުތައް ހުއްޓުމެއް ނެތި ކުރަމުންދާ ކަމަށެވެ.
ތަހުގީގުތައް ކުރިއަށް ގެންދިއުމަށް އެ ޝޮޕިން މޯލް މިހާރު ވަނީ ބަންދުކޮށްފައެވެ.
މަރާލި ރޮއިތާ ގިލެސް ނަމަކަށް ކިޔާ ކުއްޖާ އަކީ ޖެނެސްބޯރޯ އެލެމެންޓްރީ ސްކޫލްތެ ގްރޭޑް ތިނެއްގައި ތައުލީމް ހާސިލް ކުރަމުން އަންނަ ކުއްޖެކެވެ. އެކުއްޖާ ތައުލީމް ހާސިލްކުރަމުން އައި ސްކޫލުން ބުނެފައިވާ ގޮތުގައި ރޮއިތާ އަކީ ތޫނުފިލި ކުއްޖެކެވެ. އަދި އޭނާ މަސައްކަތް ކުރަމުން އަންނަނީ ބޮޑުވެގެން މިއުޒިކްގެ ދާއިރާއިން ކުރިއަށް ދިއުމަށް ކަމަށް ޖެނެސްބޯރޯ އެލެމެންޓްރީ ސްކޫލާ ހަވާލާދީ ޑެއިލީ މެއިލް އިން ވަނީ ރިޕޯޓުކޮށްފައެވެ.
"އޭނާ އަކީ ރަނގަޅަށް ކިޔަވާ ތޫނުފިލި ކުއްޖެއް. އޭނާގެ ތޫނުފިލި ކަމާއި ކިޔެވުމަށް ހުންނަ ލޯތްބެއްގެ ބޮޑުކަމުން އަހަރުމެން މަސައްކަތް ކުރިން އޭނާ ލޯޔަރަކަށް ވާން ބޭނުންވޭތޯވެސް." ޖެނެސްބޯރޯ އެލެމެންޓްރީ ސްކޫލުން ވަނީ ބުނެފައެވެ.
ބްލެކް ލައިވްސް މެޓަރ! ?✊?
އޯލް ލައިވްސް މެޓަރ!
އޯލް ލައިވްސް ކާންޓް މެޓަރ އަންޓިލް ބްލެކް ލައިވްސް މެޓަރ. ގްރޯ އަޕް.
ކޮން ބްލެކެއް އޮރެންޖެކޭ ރީނދުލެކޭ ކިޔާކަށްތަ؟ ކޮންމެ ފުރާނަޔަކީވެސް ކޮންމެ ދިރުމަކީވެސް މުހިއްމު އެއްޗެއް...
އެއީ ކަޅު ނަސްލުގެ މީހުން މުޖުތަމަޢުގައި ތަފާތުކުރާތީ އެކަމާ ދެކޮޅަށް ބާއްވަމުންދާ ކެމްޕެއިންގެ ސްލޯގަން ލޮލް. ސާބަހޭ.
އެ ކުއްޖާތޯ މީހުންގެ ބޮލަށް ބަޑިޖަހަނީ. ނޫނީ ކަޅު ނަސްލުގެ ކުއްޖެއްގެ ބޮލަށް ބަޑިޖަހާ މަ ރާލީތޯ؟