ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 654 މީހަކު މިއަދު މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ މެކްސިކޯ އިން 6,740 މީހަކު ވަނީ ފައްސިވެފައެވެ. އެއާ އެކު، މެކްސިކޯ އިން ބަލި ޖެހުނު މީހުންގެ އަދަދު 245,251 އަށް އަރާފައިވާ އިރު، 29,843 ވަނީ މި ބަލީގައި މަރުވެފައެވެ. މެކްސިކޯ އަކީ ކޮވިޑް-19 އެންމެ ގަދައަށް ފެތުރެމުން އަންނަ ގައުމެވެ.

އަދި ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އިން މީހުން މަރުވާ އެއް ގައުމަކީ ވެސް މެކްސިކޯއެވެ.

ނަމަވެސް މެކްސިކޯގައި ކޮވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންގެ އަދަދު އާދަޔާ ހިލާފަށް ގިނައެވެ. މިހާތަނަށް އައިއިރު، ކޮވިޑް-19 ޖެހިގެން 147,205 މީހަކު ރަނގަޅުވެފައިވާ އިރު، ބަލި ޖެހިގެން މިވަގުތު ފަރުވާދެމުން އަންނަނީ 68,203 މީހުންނަށެވެ.

ސީރިއަސް ހާލަތުގައި މިވަގުތު ތިބީ 378 މީހުންނެވެ.

މެކްސިކޯއަކީ އެ ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާ ބަލާ އިރު، ވަރަށް ބޮޑަށް ތޮއްޖެހިގެން މީހުން ދިރިއުޅޭ ގައުމެއް ކަމަށްވެއެވެ. އަދި އެ ގައުމުގައި ކޮންމެ މީހަކު ހެން، ޒަރޫރީ ބޭނުންތަކަށް ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ ހަދާ ކަމަށްވެއެވެ.

އެކަމަކުގެ ސަބަބުން އެ ގައުމުގައި ދިރިއުޅޭ މީހުންގެ މެދުގައި ގައިދުރުކަން އެންމެ އެކަށީގެންވާ ގޮތެއް ނުބެހެއްޓޭ ކަމަށްވެއެވެ. މެކްސިކޯގައި ކޮވިޑް-19 މިހާ ބޮޑަށް ފެތުރިފައި ވަނީ ގައިދުރުކަން ނުބޭއްވުމުގެ ސަބަބުން ކަން އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ވެސް ގަބޫލު ކުރެއެވެ.