މުޅި ދުނިޔޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ފެތުރިފައިވާ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 11.2 މިލިއަނަށް އަރައިފިއެވެ.

ކޮންމެ ދުވަހަކުވެސް މި ބައްޔަށް އެތައް ހާސް ބަޔަކު ދަނީ ފައްސިވަމުންނެވެ. ބަލީގެ ނުރައްކާތެރިކަމާއި އަދިވެސް ބައެއް ގައުމުތަކުން ދަނީ ކުރިމަތިލަމުންނެވެ. ބައްޔަށް ފައްސިވާ މީހުންގެ އަަދަދު ދުވަހެއް ދުވަހަކަށް މައްޗަށް ދާއިރު، ބަލީގެ މަރުވާ މީހުންގެ އަދަދުތައްވެސް ކޮންމެ ދުވަހަކު ދަނީ އިތުރުވަމުންނެވެ.

މުޅި ދުނިޔެއިން މިހާތަނަށް މި ބައްޔަށް ފައްސިވެފައި ވަނީ 11,207,036 މީހެކެވެ. އަދި މި ބަލީގައި މަރުވެފައި ވަނީ 529,408 މީހެކެވެ.

އަދި މި ބަލި ޖެހިގެން ފަރުވާ ހޯދަން ފެށި މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 6,355,519 އަށް އަރާފައެވެ.

ކޮވިޑް-19 އަށް ގިނަ ބަޔަކު ފައްސިވެ ގިނަ ބަޔަކުމަރުވެސް ވެފައި ވަނީ އެމެރިކާއިންއިންނެވެ. އެ ގައުމުން 2,890,588 މީހަކަށް ބަލި ޖެހިފައި ވެއެވެ. އަދި 132,101 މީހަކު މި ބަލީގައި މަރުވެފައި ވެއެވެ.

މި ބަލިން ރައްކާތެރިވުމަށް ހޯދިފައި އޮތް އެންމެ ބޮޑު ފަރުވާއަކީ ގޭގައި ތިބުމެވެ. މި ބައްޔަށް އަދި ދާއިމީ ފަރުވާއެއް ހޯދިފައެއް ނުވެއެވެ. އެކަމާއި ސައިންސްވެރިން ދަނީ ކެނޑި ނޭޅި މަސައްކަތްތައް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު