ދެކުނު ޗައިނާގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދިއުމަށް ކަމަށް ބުނެ އެމެރިކެ އަސްކަރީ މަނަވަރުތަކެއް އެސަރަހައްދަށް ދަތުރު ކުރަމުން އެބަގެންދެއެވެ. ދެކުނު ޗައިނާ ކަނޑަށް ދަތުރު ކުރަމުން ގެންދާ ބޮން އަޅާ ޖެޓް އުފުލާ އެމެރިކާގެ ދެމަނަވަރު ކަމަށްވާ ޔޫއެސްއެސް ނިމިޓްސް އާއި ޔޫއެސްއެސް ރޮނަލްޑް ރޭގަން ކަމަށެވެ.
އެމެރިކާގެ ތަމްރީންތައް ކުރިއަށް ގެންދާނީ ދެކުނު ޗައިނާ ކަނޑުގެ ކޮން ސަރަހައްދެއްގައިކަމެއް އަދި އެމެރިކާ އިން އިއުލާނެއް ނުކުރެއެވެ. ދެކުނު ޗައިނާގެ މިލްކުވެރިކަމާއި މެދު ޗައިނާ އާއި އަވައްޓެރި ގައުމުތަކާއި ދެމެދު އޮންނަނީ ދެބަސްވުން އުފެދިފައެވެ. ޗައިނާ އިން ބުނާ ގޮތުގައި އެކަނޑުގެ 90 އިންސައްތަ ސަރަހައްދަކީ ޗައިނާގެ ސަރަހައްދެވެ.
ޗައިނާ އިން ބުނާ ގޮތުގައި އެމެރިކާ އިން ދެކުނު ޗައިނާ ކަނޑުގައި އަސްކަރީ ތަމްރީންތަކެއް ކުރިއަށް ގެންދަން ނިންމީ ދެގައުމުގެ ދެމެދުގައި އިތުރު ނުތަނަވަސްކަން އުފައްދައި ދެބަސްވުން އުފެއްދުމުގެ މަޤުޞަދުގައެވެ. ހޮންކޮންގް މައްސަލަ އާއި ދެގައުމުގެ ދެމެދުގައި ކުރިއަށްދާ "ވިޔަފާރީގެ ހަނގުރާމައިގެ" ސަބަބުން އެމެރިކާ އާއި ޗައިނާގެ ގުޅުން ގޯސްވެފައި އޮންނަތާ މިހާރު ވެސް ދުވަސްތަކެއް ވެއްޖެއެވެ.
ޗައިނާ އިން ދެކުނު ޗައިނާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއް ކަމަށްވާ ޕަރަސެލް އައިލެންޑްސްގައި އަސްކަރީ ތަމްރީންތަކެއް މިހާރު ކުރިއަށް އެބަގެންދެއެވެ. އެއީ ވިއެޓްނާމާއި ޗައިނާ އިން ވެސް މިލްކުވެރިކަމަށް ދައުވާ ކުރާ ރަށްތަކެކެވެ. އެތަމްރީންތައް ކުރިއަށް ގެންދާތީ ވިއެޓްނާމާއި ފިލިޕީންސުން ވަނީ ނުރުހުން ފާޅުކޮށްފައެވެ.
ދެކުނު ޗައިނާ ކަނޑުގެ ރަށްތަކާއި މެދު 2016 ވަނަ އަހަރު ޕާމަންޓް ކޯޓް އޮފް އާބިޓްރޭޝަން އިން ވަނީ ޗައިނާ އިން އެކަނޑުގެ ރަށްތަކާއި މެދު ކުރާ ދައުވާގައި އަސާސެއް ނެތް ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް ކޯޓުގެ ނިންމުން ޗައިނާ އިން ގަބޫލު ކޮށްފައެއް ނުވެއެވެ.
ބިރުދެއްކޭނީ ބިރުދެއްކޭފެންވަރުގެ ބަޔަކަށް..ތިހެން އީރާނާ ވެސް ދިމާކުރަންއުޅުނު ކުރިން އެކަމަކު އެމަރިކާ ޖެހުނީ ފަހަތަށްޖެހެން...ހަމައެގޮތަށް ޗައިނާވެސް
އެމަރިކާއަށް ބިރުދައްކާ ފަހަތައްޖައްސާނެ
އެމަރިކާ މޫނުމައްޗަށް އިނގިލި ދިއްކޮށްގެން އިންޒާރުދީ އަދި ހަނގުރާމަޔަކަށް ދާންވެސް ފަސްނުޖެހި އޮތީ ދުނިޔޭގެ އެންމެ ތިން ގައުމެއް
އެއީ ރަޝިއާ އީރާން ޗައިނާ...މީގެ އެންމެ ގައުމަކާވެސް އެމަރިކާ އަށް ކުޅިނުކުޅެވޭނެ
އެމެރިކާ* ހަމަ ބުނެލީ
ތިބުނާ ކޯޓުން އެމެރިކާއާއި ދެކޮޅަށްވެސް އެތައް ނިންމުމެއް ނިންމާފަ ވަނީ، އެއަކަށް އަމަލެއްނުކުރޭ އެހެންވީމަ ޗައިނާއިން ބަލަންޖެހޭކަމެއްނޫން އެއީ.
ދުރުދުރުން މުގޯލި އަޅާލާފާ ހިނގާދާނެ އަޅާލާނެ ކަމެއް ނެތް
ޓުރަންޕު ކެޕޭން ސްޓަންޓް
މަނަވަރުއެތަނަށް ފޮނުވުމަށް ދާ ހަރަދާ އަންބުރާ އައިތަނަށް ދިއުމަށް ދާ ހަރަދު ފިޔަވާ އިތުރު އެއްކަމެއްވެސް ނުވާނެ