ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އެމެރިކާއިން ފައްސިވި މީހުންގެ އަދަދު ތިން މިލިއަނަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެމެރިކާއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3,017,656 އަށް އަރާފައެވެ. މީގެ ތެރޭގައި އިއްޔެ އެޤައުމުން ފައްސިވި ބައި ލައްކައެއްހައި މީހުން ވެސް ހިމެނެއެވެ.
އެޤައުމަކީ މިހާތަނަށް ދުނިޔެއިން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މި ބަލީގައި ދުނިޔެއިން އެންމެ ގިނަ ބަޔަކު މަރުވި ޤައުމެވެ.
ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު އެމެރިކާއިން މިހާތަނަށް ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 132,779 އަށް އަރާފައެވެ.
އެމެރިކާއިން ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، އެޤައުމުން މިހާތަނަށް ޖުމްލަ 1,304,679 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް އިދާރާތަކުން ބުނެއެވެ. މީގެ ތެރެއިން 30000 އެއްހައި މީހުން ރަނގަޅުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ އިއްޔެ އެވެ. އެހެންކަމުން މިހާރު އެޤައުމުގައި ފަރުވާދެމުން ދަނީ 1.5 މިލިއަން މީހަކަށެވެ.
ކޮވިޑް-19 ޖެހިގެން އެމެރިކާގައި ފަރުވާދެމުންދާ މީހުންގެ ތެރެއިން 15,963 މީހެއްގެ ހާލު ސީރިއަސް ކަމަށް އެޤައުމުގެ އިދާރާތަކުން ބުނެއެވެ. އެޤައުމަކީ ދުނިޔެއިން އެންމެ ގިނަ ބަޔަކަށް މި ބަލީގައި ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެހެން ކަމުން ކުރިޔަށް އޮތް ދުވަސްތަކުގައި އެމެރިކާއަށް މި ބަލީގެ ނުރައްކާ ބޮޑުވެ، މަރުވާ މީހުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ބެލެވެއެވެ.
ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު ޤައުމަކަށް ވެފައިވާ އެމެރިކާގައި މި ބަލި ފެތުރޭ މިންވަރަށް މީގެ މަހެއްހައި ދުވަސް ކުރިން ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، އޭގެ ފަހުން މާގިނަ ދުވަސްތަކެއް ނުވަނީސް ބަލި ޖެހޭ މީހުންގެ އަދަދުވަނީ ކުރިޔަށްވުރެ އިތުރުވެގެން ގޮސްފައެވެ.
އެޤައުމުގައި މި ބަލީގެ ނުރައްކާ އިތުރުވެގެން ދިޔައީ، ބަލި ފެތުރޭތީ އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް ލުއިދިން ފަހުންނެވެ. އެޤައުމުގައި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރުވެސް އާންމުންގެ ގިނަ ބަޔަކު، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެއްވެސް ސަމާލުކަމެއް ދެމުން ނުދާތީ ސިއްޙީ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމެރިކާ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 213 ޤައުމަކުން 11.6 މިލިއަން މީހަކަށް ކޮވިޑް ޖެހި، އޭގެތެރެއިން 538000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.
އުފާކިރަން ނުބައި ނުލަފާ ޖައްބާރުންނަށް ތިޖެހެމުންދާހާލާއިމެދު..މުސްލިމުން ބުރިބުރި ކޮއް ލާއިންސާނީ ޖަރީމާ ހިންގާ އެމަރިކާ އާއި އިސްރާއީލް އަށް ކޮވިޑް19 ގަދަޔަށް ފަތުރައްވާންދޭވެ..
މިކަމުގެ ހައްލަކީ ކިބޫ ޔާ ބުއްޅަބެ، ޓްރަމްޕް އިސްތިފާ ދީފަ މިދެމީހުންނާ އެމެރިކާގެ ވެރިކަން ހަވާލު ކޮއްލީމާ ތި ހުރިހާ ކަމެއް ހައްލުވީ. ވަގުތުން..
އެމެރިކާ ހަލާކުވެގެންދާތަން ވަރަށް ބަލާލަންބޭނުން ދުނިޔޭން ޔަހޫދީންގެ ބާރުކެނޑޭނީ އެމެރިކާ އާއި އިސްރާހެލް ހަލާކުވެގެން ނުވަތަ ބާރުކެނޑުނުން އިރާދަކުރެއްވިއްޔާ އެމެރިކާ މިބުރުގައި ހަލާކުވެގެންދާނެ! މުސްލިމުންނައް ގޯނާކޮށް މަރަމުންދާ އެންމެން ހަލާކުކުރައްވާނެ ... އަލްހަމްދުﷲ އާމީން