އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ޓެސްޓް ޕޭޕަރު ކޮޕީ ކުރި މީހެއް ކަމަށް ޓްރަމްޕާއި ގުޅޭ ގޮތުން ޓްރަމްޕަށް ބޮޑުބޭބެ ކިޔާ މޭރީ ޓްރަމްޕް ލިޔުނު ފޮތުގައި ބުނެފިއެވެ.

ޓްރަމްޕްގެ ފަތިފުއް ހާމަވެގެންދާނެ ފޮތެއް ކަމަށް ބުނެ މޭރީ ލިޔެފައިވާ "ޓޫ މަޗް އެންޑް ނެވަ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ވޯލްޑްސް މޯސްޓް ޑޭންޖަރަސް މޭން" ފޮތުގައި ބުނެފައި ވަނީ ޓްރަމްޕް ޓެސްޓް ޕޭޕަރު ކޮޕީ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާން މެދުވެރިކޮށް ރޭ ޓްރަމްޕް ވަނީ އެވާހަކަތައް ދޮގުކޮށްފައެވެ. ތަރުޖަމާން ބުނީ ޓްރަމްޕް އެއްވެސް އިމްތިހާނެއް ކޮޕީކޮށް މަކަރު ހަދާފައި ނުވާކަމަށެވެ.

އެފޮތަކީ ދޮގުން ފުރިފައި އޮތް ފޮތެއް ކަމަށް ޓްރަމްޕް ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.

ކުރިން ޖުލައި މަހުގެ 28 ވަނަ ދުވަހު ނެރެން ހަމަޖެހިފައި އޮތް ފޮތް ޖުލައި މަހުގެ 14 ވަނަ ދުވަހު ނެރުމަށް މިހާރު ވަނީ ނިންމާފައެވެ. އެއީ ފޮތް ނެރުން ހުއްޓުވަން ކޯޓުތައް މެދުވެރިކޮށް މަސައްކަތް ކުރަމުން ގެންދާތީއެވެ.

ފޮތް ނެރުން ހުއްޓުވަން ޓްރަމްޕްގެ ފަރާތުން ކޮއްކޮ ރޮބަޓް ޓްރަމްޕް ނިއު ޔޯކްގެ ކޯޓަކަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ފޮތް ނެރުން މަޑުޖައްސައިލަން މި މަހުގެ 1 ވަނަ ދުވަހު އަމުރެއް ނެރުނެވެ. ނަމަވެސް މޭރީގެ ފަރާތުން އެ މައްސަލަ އިސްތިއުނާފުކުރުމުން ޖެހިގެން އައި ދުވަހު އެ އެ އަމުރު އިސްތިއުނާފު ކޯޓަކުން ވަނީ ބާތިލްކޮށްފަ އެވެ. މިހާރު ފޮތް ހުއްޓުވުމަށް އެހެން ކޯޓަކަށް މައްސަލަ ހުށަހަޅަން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމަންޖެ

    ކޮއްމެ ތަނެއްގަވެސް ބޮޑުންނަކީ އޮޅުވާލުމާ މަކަރުން ވެރިންނައް އައިސްތިބޭ ބަޔެއް ، މިގައުމުގަވެސް ލާމަސީލު މިސާލެއް ކެނެރީގޭ ބުއްޅަބޭ.

    11
    1