މެލޭޝިއާގެ ގުޅިފައިވާ އިދިކޮޅު އިއްތިހާދުން އާންމު އިންތިޚާބު ކާމިޔާބު ކޮށްފައިވާ ކަން ރަސްމީ ނަތީޖާ އިން ދައްކައިފި ކަމަށް އޭއެފްޕީ އިން ބުނެފިއެވެ.

މިއީ މެލޭޝިއާގެ ވެރިކަން ކުރާ ޕާޓީ ކަމަށްވާ ބަރިސަން ނޭޝަނަލް (ބީއެން) އަށް ފާއިތުވި 60 އަހަރުތެރޭގައި އިންތިޚާބެއް ކާމިޔާބު ނުކުރެވުނު ފުރަތަމަ ފަހަރެވެ.

އިންތިޚާބު އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރިއިރު އިދިކޮޅު ލީޑަރަކީ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު އެވެ. އިދިކޮޅު ލީޑަރެއްގެ ގޮތުގައި މަހާތީރު އިންތިޚާބަށް ނިކުންނެވީ އިދިކޮޅު ލީޑަރު އަންވަރު ޖަލުގައި ހުންނެވުމުންނެވެ.

މަހާތީރު ވިދާޅުވީ ސަރުކާރެއް އެކުލަވާލެވޭ ވަރަށް އިދިކޮޅު އިއްތިހާދުން ޤާނޫނު ހަދާ މަޖިލީހުގެ ގޮނޑިތައް ކާމިޔާބު ކޮށްފައިވާ ކަމަށެވެ. ސަރުކާރެއް އެކުލަވާލުމަށް ބޭނުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 112 ގޮނޑިއެވެ.

ސަރުކާރެއް އެކުލަވާލުމަށް ފަހު އަންވަރު މިނިވަންކޮށް، ބޮޑުވަޒީރުކަން އަންވަރަށް ދިނުމަށް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް މަހާތީރު ވަނީ ވައުދުވެ ވަޑައިގެންފައެވެ.

އުމުރުފުޅުން 92 އަހަރުގެ މަހާތީރު ލީޑަރަކަށް ހުންނަވައިގެން އާންމު އިންތިޚާބުގައި ވާދަކުރި އޭނާގެ ޕާޓީ އަކީ "އުއްމީދީ އިއްތިހާދު" އެވެ. ބޮޑުވަޒީރު ނަޖީބު ރައްޒާގު ބަލި ކުރަން މަހާތީރު އެނބުރި ސިޔާސީ ދާއިރާ އަށް ވަޑައިގެންނެވި ނަމަވެސް އެންމެ ފަހު ޚިޔާލު ހޯދުމުގެ ވޯޓްތަކުން ވެސް ދައްކާފައި އޮތީ އިންތިޚާބު ކާމިޔާބު ކުރައްވާނީ ނަޖީބު ކަމަށެވެ.

އިންތިޚާބުގެ ނަތީޖާ އާއި ގުޅޭ ގޮތުން ސަރުކާރު ހިންގާ ޕާޓީ އިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ހިނަ

    ހީވެއްޖެ ކަމެއްހެން ވަގުތާ؟؟ ތިޔަ ސުރުހީ ކޮޕީ ކޮށްލަންވާނެ ސެޕްޓެމްބަރގައި. ރާއްޖެ ލާފައި.

  2. 3ނިރު

    މިގައުމުގަ މައުމޫން ނުކުތަސް ޔމނ ރާކޭސް އަރުވާ ލާ ނެ ބޮޑު ބައްޔަކުން ބަލިކޮއްލާނެ

  3. ޗަކޮއި

    ކޮބާ ހީވޭ ކަމެއްހެން.. 2018 ނޮވެންބަރުގައި ރާއްޖޭގެ ނޫސްތަކުގެ ސުރުޚިތަކުގައި އޮންނާނީ "އިދިކޮޅު ފަރާތްތަކުން އިންތިޚާބު ކާމިޔާބު ކޮށްފި" ކެކެކެ.. ޕަކާސް ޕަސް..

    • ހުސޭނުބޭ

      އަމިއްލަ އަށް ތިހެން ލިޔެގެންވިޔަސް ހިތަށް ތަސައްލީއެއް ލިބޭތޯ ބެލުމަކީ ބުއްދިވެރިކަމެއް.

  4. އައިއޭމް

    މަހާތީރު މެލޭސިއާގެ އިންތިޚާބު ކާމިޔާބު ކުރި ގޮތަށް މިގައުމުގައި އިދިކޮޅު ކޯލިޝަން އިން އިންތިޚާބު ކާމިޔާބު ކުރުމަކީ އެއީ އެކަަށީގެންވާ ކަމެކޭ. ސަބަބަކީ އަދި އެއް އެކްސްކްލޫސިވް ރައިޓްސް އާއި އެކު ސަރުކާރަށް ރާއްޖޭގެ ބިޒްނެސް ކޮމިއުނިޓީގެ ހިތް ތަކުން ވެސް ވިން ނުވެއެވެ. އެލިސަނޭ މެން ބުނެގެން އޭނާ ގެ އަންހެނުން ވެސް ވޯޓް ނުލާނެއޭ އެހާ އިތުބާރު ކުޑަ ކްރުއަލް މައިންޑް މީހުން އެއީ ސަރުކާރުން އެމެން ގާތް ކޮށްގެން އުޅެނީ. މާލޭގައި އަމިއްލަ ވިޔަފާރި ކުރާ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބޮޑު އަގުގައި ތަން ތަން ކުއްޔަށް ހިފައިގެން ބޮޑެތި އެޑްވާންސް ދައްކައިގެން ގުދަން ތަކާއި އަދި އޮފީސް އިމާރާތް މާލޭން ކުއްޔަށް ހިފަން ޖެހޭތީއޭ ކަން މިހެން ހުރުމުން ގުޅިފަޅު ހިއްކާ ގުޅިފަޅުން ކޮންމެ ކުންފުންނަކަށް 5000 އަކަފޫޓްގެ ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާ ދައްކާ ގޮތަށް 100 އަހަރު ދުވަހަށް ދޭނެ ކަން އިއުލާން ކޮށް އެފަދަ ލިޔުން ހަވާލު ކުރަންވީއޭ. އައި އޭމް ޖަސްޓް އިން ދަ މިޑިލް އޮފް..

  5. ޖަސްޓް

    މެލޭސިއާގެ އިންތިޚާބު މަހާތީރު ކާމިޔާބު ކުރައްވައިފިނަމަ އެއީ މަމެން ޕިންކީންގެ ސަރުކާރަށް ދިން ވޭކް އަޕް ކޯލް އެކެވެ. ރައްޔިތުންނާއި ސީދާ ގުޅިފައިވާ އެންމެ ބޮޑެތި ކަންކަން މިސަރުކާރަށް ހައްލު ނުކުރެވެއޭ އެއްގޮތަކަށް ވެސް އެގޮތުން ބަލާއިރު ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯރޓްސް ތަކެއް ހެދި ނަމަވެސް އެފަދަ ރިސޯރޓްސް ތަކުން ދިވެހިންނަށް ދެނީ 300 ޑޮލަރުން ދަށުގެ ވަޒީފާ ތަކޭ އެއަށް ވުރެން ބޮޑެތި މުސާރައިގެ ހުރިހާ ވަޒީފާ ތަކުގައި ތިބެނީ ލަންކާ އަދި އިންޑިއާ މީހުންނޭ މިކަން މިކުރަނީ ވަރަށް ސިސްޓަމެޓިކް އުސޫލުން ރާއްޖެ ދެކެ ކުޑަ ވެސް ލޯތްބެއް ނެތް އޮސްޓްރޭލިޔާ އާއި އަދި ޔޫކޭ އަދި އެމެރިކާ ފަދަ ގައުމު ތަކުގެ މީހުން ރިސޯރޓްސް ތަކުގެ ޖީއެމް މެންނަށް ތިބެގެންނޭ ރިސޯރޓެއްގެ ޕޭރޯލް ގައި ހިމެނޭ 100 މީހުންނަށް ބަލާނަމަ އެޕޭރޯލް ޗާރޓްގެ %95 އެއީ ބޭރު މީހުންނޭ. މިކަން ނުބަލައޭ ޓޫރިޒަމް މިނިސްޓްރީން ވެސް ނުބަލައޭ އިމިގްރޭޝަން އިންވެސް. އިޓްސް ޖަސްޓް އެނަދަރ އިގްނޮރެންޓްސް އޮފް ކިއްލިތަޅާ ކިޔަވައިގެން އައި ވަގު އާލާތުން ހަދާ މަކަރާއި ހީލަތޭ ސަރުކާރުގެ ތެރޭގައި ތިބެގެން. މިކަން ކަން ބަލާށޭ އެއާލާތުން ފިލާނެއޭ ރިޔާސީ އިންތިޚާބުން މަމެން ޕިންކީން ބަލިވާއިރަށް ރައީސް އޮފީސް އެލާރޓަށް އަންނަން ޖެހޭ ފަދަ ކަންކަމޭ މިހިނގަނީ. އިޓްސް ޖަސްޓް އެނަދަރ ތާރސްޑޭ ތިންކް ޓޭންކް ސެގްމެންޓް..

    • އުމަރު

      އޭ ކަލޭމިހާރު ކޮޅުބަދުކޮއްލަނީތަ.. ތިހާ ތެދުވެރިކަމެ އިޙުލާސްތެތިކަމެ ހިތުގަނުހުންނާނީ މުނާފިގުންގެ.. އެމީހުންނަކީ އަބަދުވެސް ޝައްކާ ވަސްވާހުގަތިބޭބައެއް.. މިއީ މެލޭޝިޔާއެއްނޫން.. މިއީ މައްދިވެހިރާއްޖެ... ވެރިކަމަކީ ﷲދެއްވާއެއްޗެ... މަސައްކަތާކީ މީސްތަކުން ކުރަންއޮތްކަންތަ... އެމަސައްކަތުގަ ކަލޭގެ އިޙުލާސްތެރިކަމެނެތް..

  6. ރަދީފު

    އަދުރޭ ކިހެނެއްމިވީ ؟ ވިސްނާ

  7. މަހާތީރު

    ޔާނޫ! ދެން ބޭރުކޮށްލަންއޮތީ ޔޫ!

  8. ގޭމްޗޭންޖަރސް

    މަހާތީރު މެލޭސިއާގެ އިންތިޚާބު ކާމިޔާބު ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދު ކުރަމޭ މިކަމުން މަމެންގެ ސަރުކާރުން ލެސަންސް ތަކެއް ލާރން ކުރާނޭ ކަމަށް. ރާއްޖޭގެ ކެބިނެޓް މިނިސްޓަރުން ނަކީ ރާއްޖޭގެ ތާރީޚް ގައި ވެސް ތެދަށް ވާހަކަ ދައްކާ ބަޔެއް ނޫނޭ އެމެން ރައީސް އަށް ހުންނާނީ ހުރިހާ ކަމެއް ވެސް އޮޅުވާލާ މަކަރާއި ހީލަތް ހަދާފައޭ ކުރީގެ މިނިސްޓަރު ކަން ދިގު މުއްދަތަށް ކުރި އޭކޭ މެން ނަށް ބިއުޓިފުލް މައިންޑް އުސޫލުން ކުރެވޭ ކަމެއް އަދި ދައްކަން އިނގޭ ވާހަކަ އެއް ނުހުންނަނީ އިން އޮރިޖިން އެމެންނަކީ އެއީ ރަނޑު ކިއްލި ތަޅާ ކިޔަވައިގެން ތިބި މީހުންނަށް ވާތީއޭ ކަން މިހެން ހުރުމުން ހައުސިންގް މިނިސްޓަރު މާލޭ ސަރަހައްދުން ފްލެޓްސް ތައް ދޭން ބުނާ ގޮތް އޮޅާލާ އެ ނަގާ ޑަސްބިނަށް އަޅާލާ ހަމަ މިހާރު މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަން ރައީސް އިއުލާން ކުރައްވާ އެ އެންމެންނަށް އެފަދަ ލިޔުން ހަވާލު ކުރަންވީއޭ މީއޭ ރިޔާސީ އިންތިޚާބުގައި ގޭމް ޗޭންޖް.

  9. ރީޒަން

    މެލޭޝިއާގެ އިންތިޚާބު މަހާތިރު ކާމިޔާބު ކުރައްވައިފި ނަމަ އެކަމަކީ މަމެން ޕިންކީން ނަށް ވޭކް އަޕް ކޯލެއް ދިން ކަން އެއީ މަމެން ހިތުގެ އަޑިން ގަބޫލުކުރާ ކަމެކޭ. ހަގީގަތުގައި ރާއްޖޭގައި ހުރި ބޮޑެތި އިގްތިސާދީ ކަންކަމަށް އަދިވެސް މަމެންގެ ސަރުކާރުން ވެސް ހައްލެއް ގެނެވިފައި ނެތޭ އެގޮތުން މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ އަމިއްލަ ކުންފުނި ތަކަށް ގުޅިފަޅުން ނާއި އަދި ތިލަފުށިން ބިން ދިނުމާއި އަދި ރާއްޖޭގައި ހަދާ ކޮންމެ ރިސޯރޓަކަށް ގުޅި ފަޅުން ވެސް ބިން ދިނުމުގެ ކަންކަން ފަހި ކުރުމަށް ޓަކައި އެއްވެސް ކަމެއް ނުކުރެއޭ ގުޅިފަޅު އަދި ތިލަފުށި ހަވާލު އުޅޭ ކުންފުނީގެ ބޮޑުން އެބުނާ އިންޑަސްޓްރިއަލް ޕާރކް ގޮތަށް ހަދާ ބިލްޑިންގްސް ތައް ނެހެދޭނެއޭ ކުރިއަށް އޮތް 20 އަހަރު ދުވަހު ވެސް އަދި އެފަދަ ބިލްޑިންގް އެއްގެ ކުލި ވެސް ކުޑަ ނުވާނެއޭ ގުޅިފަޅު ހިއްކާ އެތަނުން ބިން ދޭން އުޅޭށޭ ހަމަ މިހާރުން މިހާރަށް. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަން ފޯރ ދިސް އެން ދަ ރީޒަން އިޒް ދެެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ..

  10. ޕޮގުބާ

    ނުވާނެ ތިކަމެއް

  11. ރީޒަން

    މެލޭޝިއާގެ އިންތިޚާބު މަހާތިރު ކާމިޔާބު ކުރައްވައިފި ނަމަ މިކަން މިރަރ ކުރުމުން ދެން ލަންކާގައި ބާއްވާ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ ރާޖަ ޕަކްސާގެ ޕާރޓީ އޭ ދެން ރާއްޖެ އަށް މިކަން މިރަރ ނުވާނީ ރާއްޖޭން މަމެން ޕިންކީންގެ ސަރުކާރުން މިކަމަށް ވިސްނާ ހަދައިގެން ހުރި ހަގީގީ އިޝޫސް ތަަކަށް ހައްލު ގެނެސްގެންނޭ. މިހާރު ކާރޑްގެ ބާވަތް ތަކުން އަގު ހެޔޮ ކުރި ނަމަވެސް ހޮޓާ ތަކުން އެއްވެސް އެއްޗެއްގެ އަގު ހެޔޮ ނުކުރިއޭ ރިސޯރޓަކުން ވެސް އެއްޗެއް އަގު ހެޔޮ ނުކުރިއޭ ބިކޮޒް އިންފްލޭޝަން އެރޯލް ކުޅެނީއޭ. ކަން މިހެން ހުރުމުން މާލެ ސަރަަަހައްދުގައި ފިހާރަ ތަކުގެ ކުލި ކުޑަ ކުރުމަށް ޓަކައި ތިލަފުށި އަދި ގުޅި ފަޅު ހިއްކާ އެތަނުން ބިން ތައް ދޭން ނިންމަންވީއޭ. އައި ފައުންޑް އައުޓް ތައުޒަންސް އޮފް ރީޒަންސް ފޯރ ދިސް އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ އެން ދަ ރީޒަން އިޒް ދެއަރ....

  12. ޕޮފުބާ

    މައުމޫނަށް މިހާރު އެމްޑީޕީން ތާއީދު ކުރަނީ 200

  13. އައިއެފް

    ރާކަނިމަސް ކެވިއްޖެއެއްނު. އެއޮތީ ކޮރަޕްޓު ވެރިޔާ ބަލިކޮށްފައި. އެގައުމުގެ ރައްޔިތުން ނުކުމެ. މެލޭޝިޔާގެ ޔާމީނު އެގައުމުގެ ރައްޔިތުން ވައްޓާލާފި ބަލިކޮށްފި ކޮރަޕްޝަނާއި ފަސާދައަށް ނޫނެކޭ ބުނެފި. ދިވެހި ޔާމީނު މިއަހަރުގެ އިންތިޚާބުގައި ދިވެހި ރައްޔިތުން ނުކުމެ ބަލިކުރާނެ ހަމަ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ނޫނެކޭ ބުނާނެ. ނަޖީބާއި ޔާމީނަކީ ހަމަ ޓުވިންސެއް.