އެތައް ދުވަހެއްް ވަންދެން ކުޑަ އަންހެން ކުދިންތަކެއް ރޭޕް ކުރި އިންޑިއާގެ ފާދިރީއަކު ހައްޔަރުކޮށްފިއެވެ.

އުއްތަރް ޕްރަދޭޝްގައި ފުލުހުން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި މުޒައްފަރު ނަގަރުގައި ހުންނަ ގައުޑިޔާ މެތް އާޝްރަމްއިން ހައްޔަރު ކުރި ފާދިރީއަކީ ސްވާމީ ބަކްތީ ބޫޝަން މަހަރާޖްއެވެ.

އޭނާ އަކީ އެ ހިސާބުގެ ހިންދޫއިންގެ މެދުގައި ބަސްވިކޭ ނުފޫޒު ގަދަ ފާދިރީއަކަށްވާ އިރު، އޭނާ ދިރިއުޅޭ އާޝްރަމްއިން، 10 އަހަރާއި 14 އަހަރާއި ދެމެދުގެ 10 އަންހެން ކުދިން ވަނީ ސަލާމަތްކޮށްފައެވެ.

އެ ފާދިރީ އާއި ދެކޮޅަށް މައްސަލަ ހުށަހެޅީ އެ އާޝްރަމްގައިި މަސައްކަތް ކުރި މީހެކެވެ.

މިހާތަނަށް ބެލި ބެލުމުން އެ ފާދިރީ އޭނާގެ އާޝްރަމްގަައި އުޅުނު ކުދިންނަށް ތަކުރާރުކޮށް ރޭޕް އާއި ޖިންސީ ފުރައްސާރަކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އެކަން މެޑިކަލް ރިޕޯޓުތަކުން ސާބިތުވެއެވެ.

އެ އާޝްރަމްގެެ މެނޭޖަރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

ޖުލައި އަށް ވަނަ ދުވަހު އެ އާޝްރަމް އަށް މުޒައްފަރު ނަގަރްގެ ޑިސްޓްރިކްޓް ޗައިލްޑް ހެލްޕް ލައިން އިން ވަނީ ރެއިޑްކޮށްފައެވެ. އެ ދުވަހު ކުޑަކުދިންނާއި ސުވާލުކޮށް ބައެއް ކުދިން މެޑިކަލް އެގްޒަމިނޭޝަން ހެއްދުމަށް ވަނީ ގެންގޮސްފައެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުޑަކުދިންގެ ބެލެނިވެރިން ބުނެފައި ވަނީ އެ ކުދިން އާޝްރަމް އަށް ފޮނުވާފައި ވަނީ އެ ކުދިންނަށް އެ މީހުންގެ ދީނުގެ ކަންކަން ފުރިހަމައަށް ދަސްކޮށްދިނުމަށެވެ. އެ ބެލެނިވެރިން ވަނީ އެ ފާދިރީ މީހާ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާވެސް ކުރާ ކަމަށް ބުނެއފައެވެ. އެގޮތުން ކުދިންގެ ގައިގައި ލަޓިބުރިން ތެޅުމާއި އަނގުރު އަލިފާން މަތީގައި ކުދިން ހިނގަން މަޖުބޫރުކުރުވުން ފަދަ ކަންކަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު