އިންޑިއާގެ ކާންޕޫރްގައި އަށް ފުލުހުން މަރާލުމުގެ ސަބަބުން ހޯދަމުން ދިޔަ ގެންގްސްޓާރު ވިކާސް ދުބޭ މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފިއެވެ.

މަދްޔަ ޕްރަދޭޝް އިން ހައްޔަރު ކުރި ގޭންގްސްޓާރު ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން އަށް ފުލުހުން މަރާލައި، އާންމުންގެ މީހަކު ހިމެނޭ ގޮތަށް ހަތް މީހުން ޒަހަމްކޮށްލާފައެވެ. އެކަމާ ގުޅިގެން އޭނާގެ ނަން ސުރުހީތަކަށް އައިސް، އޭނާ ހޯދަން ފުލުހުންނަށް މަޖުބޫރުވެ، ޕްރެޝަރު ބޮޑުވިއެވެ.

މިހާތަނަށް އެނގިފައިވާ ގޮތުގައި ފުލުހުންތަކެއް މަރާލުމުގެ ކުރިން އޭނާ ހޯދަން އުޅޭ ކަން ފުލުހުންގެ ތެރެއިން ވަނީ އެނގިފައެވެ.

ވިކާސް ހައްޔަރުކޮށްފައި ވަނީ އޭނާ ނޭޕާލް އަށް ފިލަން ދާން އުޅެނިކޮށެވެ.

ވިކާސްއަކީ އިންޑިއާގެ ޕޮލިސް ސްޓޭޝަނެއްގައި ސްޓޭޓް މިނިސްޓަރެއް މަރާލި ކަމަށް ތުހުމަތުކުރެވޭ މީހެކެވެ. އެ ހާދިސާ ހިނގި އިރު އެތަނުގައި މީހުން ތިބި ނަމަވެސް އެ މައްސަލަ ކުރިއަށް ނުދިޔައީ ފަހު ވަގުތު އެ މައްސަލައިގެ ހެކިން ހެކި ބަސް ބަދަލުކުރުމުންނެވެ.

ވިކާސް ދުބޭގެ މައްޗަށް ތުހުމަތުކުރެވެ ތަފާތު 60 އަށް ވުރެ ގިނަ ބޮޑެތި ކުށްތައް ހުރި އިރު އޭގެ ތެރޭގައި މީހުން މެރުމާއި، މަރަން އުޅުމާއި، މަރުގެ އިންޒާރު ދިނުން އަދި ރަހީންކުރުން ފަދަ ކުށްތަކެވެ.

ވިކާސް މަސައްކަތް ކުރަމުން އައީ ސިޔާސީ ފަރާތްތަކާއި އެކުގައި ކަމަށާއި އޭނާ ހިމާޔަތްކުރަން ސިޔާސީ އެތައް ބަޔަކު މަސައްކަތް ކުރާކަން މީޑިއާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު