މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރް މުހަންމަދު އުމުރުން 92 އަހަރުގައި އެގައުމުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް އަނެއްކާވެސް ވަނީ އިންތިޚާބު ވެފައެވެ. ދުނިޔޭގެ އެންމެ އުމުރުން ދުވަސްވީ ލީޑަރަށް މަހާތީރް މިހާރުވާއިރު އޭނާ އިންތިހާބު ކާމިޔާބުކުރެއްވުން ވަނީ ގިނަ ބަޔަކަށް ހައިރާންކަމެއް ގެނުވި ކަމަކަށްވެގެންގޮސްފައެވެ.

އެއް އިރެއްގައި އޭނާގެ އެންމެ ގާތް އެއް ފަރާތްކަމުގައިވާ ވެރިކަމުން ފައިބައިވަޑައިގަންނަވާ ބޮޑު ވަޒީރު ނަޖިބް ރައްޒާކްއާއި ދެކޮޅަށް މަހާތީރް ރިޓަޔާރމެންޓުން ނުކުމެވަޑައިގަތްއިރު މަހާތީރްގެ ސަޕޯޓަރުން ވަނީ އިންތިހާބުގެ ކާމިޔާބީއާއި ގުޅިގެން އުފާފާޅުކުރުމަށް މަގުތައްމައްޗަށް ނިކުމެފައެވެ.

ނަޖިބް ރައްޒާކް ވަނީ ރައްޔިތުންގެ ނިންމުން އޭނާ ގަބޫލުކުރާނޭކަމަށް އިންތިހާބަށްފަހު ވާހަކަދައްކަމުން ބުނެފައެވެ. އަދި މަހާތީރް ވަނީ އިންތިހާބަށްފަހު ބޭއްވުނު ނޫސް ކޮންފަރެންސްއެއްގައި އަދިވެސް އޭނާ ދިރިހުރިކަމަށް ސަމާސާއަކަށްބުނެ ބަދަލުހިފުމުގެ ބަދަލުގައި އޭނާއާއި އޭނާގެ ކޯލިޝަނުން މަސައްކަތްކުރާނީ ގާނޫނުގެ ބާރު އަލުން މެލޭޝިޔާއަށް ގެނައުމަށްކަމަށް ބުނެފައެވެ.

ވާދަވެރި އިންތިހާބެއްކަމުގައި އެ އިންތިހާބުވެގެންދިޔައިރު އެއްވެސް ޕާޓީއަކަށް މެޖޯރިޓީ ވޯޓު ލިބިފައިނުވާތީވެ ސަރުކާރު އުފައްދާނީ ކޮން ފަރާތެއްތޯ ނިންމަވާނީ މެލޭޝިޔާގެ ރަސްގެފާނެވެ.

މަހާތީރް މޮހަންމަދަކީ މެލޭޝިޔާގެ ބީއެން ކޮއަލިޝަނާއިއެކު 1981 ވަނަ އަހަރުން 2003 ވަނަ އަހަރާއި ހަމަޔަށް ވެރިކަން ކުރެއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަމުގައި މެލޭޝިޔާ ވަނީ އޭޝިޔާގައި އިގްތިސާދީ ބާރަކަށް ބަދަލުވެ އެތައް ގޮތަކުން ތަރައްގީވެސް ވެފައެވެ. އެހެންނަމަވެސް އޭނާ ވެރިކަން ކުރެއްވީ އޮތޯރިޓޭޓިވް ޒާތަކަށްކަމަށް އޭނާގެ އިދިކޮޅު ފަރާތްތަކުން ބުނާއިރު އޭނާ ވަނީ މައްސަލަ ބޮޑެތި ގާނޫނުތަކެއް ބޭނުންކޮށްގެން އޭނާގެ އިދިކޮޅު ފަރާތްތައް ޖަލަށްވެސް ލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވަޓްޑޫޔޫ

    އަދިވެސް ދުނިޔޭގައި އެބަ ހުރިން ކަމަށް މަހާތީރު ވިދާޅުވެ މަހާތީރު ޕާރޓީ އުފެއްދިތާ އެއް އަހަރު ދުވަސް ނުވަނީސް ބާރުގަދަ ނަޖީބު ސަރުކާރު ވޯޓުން ތަޅާ ބަލި ކުރި ކުރުން އެއީ މަމެން އުފާ ކުރާ ކަމެކޭ. މަހާތީރު އަކީ އެއީ މެލޭޝިއާގެ ބެކްބޯން އެއީ މެލޭޝިއާގެ ފަދަރ އަކީ ވެސް އަދި މަދަރ އަކީ ވެސް. މަމެން ދަންނަމޭ މިކަން ވަރަށް ރަނގަޅަށް މިހާރު ވެސް މެލޭޝިއާ ރައްޔިތުން މަހާތީރު އަށް ވޯޓް ދިނީ އެއީ މަހާތީރު ޖީއެސްޓީ މެލޭޝިއާ އިން ނެގުން އުވާލާނެ ކަމުގެ ޔަގީން ކަން ދިނުމުންނޭ މަހާތީރު އަކީ އެއީ މެލޭޝިއާ ވަަރަށް ބޮޑަށް ތަރައްގީ ކޮށް އަދި ތަރައްގީ އަކީ ކޯއްޗެއް ކަން ދަންނަ މީހެކޭ. އޯއް އޯއް އޯއް އައި ރިއަލީ ވޮނާ ނޯ ވަޓް ޑޫ ޔޫ މީން އޮން ދިސް. ވަޓް ޑޫ ޔޫ މީން ވަޓް ޑޫ ޔޫ މީން..

  2. ޑޯންވޮނާ

    މެލޭޝިއާގެ ބޮޑު ވަޒީރު ކަމުގެ ހުވާ މަހާތީރު ކުރައްވާ ނަޖީބު ސަރުކާރު އޮތްވާ ސަރުކާރުގެ މައްޗަށް މަހާތީރު ވޯޓް އިން ކުރި ހޯދުމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ އެއިން އަންގާ ދެނީ ނަޖީބު މެންނަށް ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ކަންކަން ފަހި ކުރަމުން މެލޭޝިއާގެ ވެރިކަން ކުރަން ނޭގުނޭ ރައްޔިތުންގެ އެދުމަށް ފުރަގަސް ދީ ޖީއެސްޓީ މެލޭޝިއާ ގައި ނެގުން އެއީ އެންމެ ބޮޑު ގޯހޭ. ހަމަ އެެގޮތަށް މަމެން ޕިންކީންގެ ވެރިކަމުގައި މާލެ ސަރަަހައްދުން ފްލެޓްސް ތަކަށް މާލެ ސަރަހައްދުން އެދި ހައުސިންގް މިނިސްޓްރީ އަށް ފޯމް ލާފައިވާ 15 ހާސް މީހުންގެ ފޯރމްސް ތައް ކެންސަލް ކޮށް ހަދާ އަދި އަންނަ ޖޫން މަހު ފޯރމް ލާ މީހުންގެ ފޯރމްސް ތައް އިވޭލުއޭޓް ކުރުުމަށް ފަހު އެތަނުން ހޮވޭ 7 ހާސް މީހުންނަށް އެކަނި ފްލެޓްސް ތައް ދޭ ގޮތަށް ހެދުމުން އެ ފޯރމް މިފަހަރު ލާ 32 ހާސް މީހުންގެ ޝަކުވާ ބޮޑު ކަމުން ސަރުކާރަށް ރައްޔިތުންގެ ސީދާ ވޯޓަށް ދާން ޖެހޭ ކަަމަކަށް ރިޔާސީ އިންތިޚާބު ވާތީވެ ރައްޔިތުންގެ ހިތް ތަކުން ސަރުކާރު ވިން ނުވުމަކީ އެއީ ވަރަށް ބޮޑަށް ގާތް ކަމެކެވެ. ކަން މިހެން ހުރުމުން ސަރުކާރުން އެބަޖެހޭ ސީދާ ރައްޔިތުންނާއި ގުޅިފައިވާ މާލެ ސަރަހައްދުން ފްލެޓްސް ތަކަށް އެދިފައިވާ 15 ހާސް މީހުންނަށް ފްލެޓްސް ތައް ދޭނެ ކަން އިއުލާން ކުރުމަށް ފަހު އެ އެންމެންނަށް ފްލެޓްސް ތައް ދޭނެ ކަމުގެ ލިޔުން ހަވާލު ކުރަން. އެގޮތުން ފްލެޓްސް ނުލިބޭނެ މީހުންނޭ މިހާރު ހައުސިންގް އިން ދޫކުރާ ފޯރމްސް ތައް ނަގައިގެން އަދި ފޯރމް ލާން ޖެހޭނީ. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ހިއަރ ދެޓް އިޓްސް ހެޕެނިންގް ވޮންޓް ޔޫ ހޭވް އަލުކް އޮން ދިސް އައިކުޑް ސްޕެންޓް މައި ލައިފް ވެއިޓިންގް ޓު ސީ ދިސް މާރވެލަސް ޑްރީމް އިޓްސް އަ މޯމެންޓް އޮފް ޕްލެޝަރ އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް ޑޯން ވޮނާ ކްލޯޒް މައި އައިޒް ޑޯން ވޮނާ ކްލޯޒް މައި އައިޒް...

  3. މެލޭ

    މަމެން ނޫނުކޭ ބުނީ ކޮރަޕްޝަނަށް. އެއިވީގޮތަކީ. މީރޮކެޓް ސައިންސެއްނުން.