ހައްދުފަހަނަ އަޅައިފައިވާ އިސްރާއީލުގެ ބައެއް ސަހަރަށްދުތަކަށް އަމާޒުކޮށް އީރާނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފިއެވެ.

އިސްރާއީލުގެ ސިފައިންނާއި ހަވާލާދީ މީޑިއާ ރިޕޯޓުތަށް ބުނާ ގޮތުން އީރާނުން ވަނީ ރޭގެ ފަތިހުގެ ވަގުތެއްގައި 20 ރޮކެޓް އިސްރާއީލުގެ ގޯލްޑަން ހެއިންޓްގެ ސަރަހައްދުތަކަށް އަމާޒުކޮށް ފޮނުވާފައެވެ.

ނަމަވެސް އެ ހުރިހާ ރޮކެޓެއްވެސް އޭގެ މަންޒިލަށް ވާސިލް ވުމުގެ ކުރިން ވައްޓާލާފައިވާ ކަމުގައި އިސްރާއީލުން ބުނެއެވެ. ގޯލްޑެން ހެއިންޓް އަކީ އިސްރާއީލުން ފޭރިގަނެފައިވާ ސަރަހައްދެކެވެ.

އީރާނުން އިސްރާއީލަށް ވައިގެ ހަމަލާތަކެއް ފޮނުވާލައިފައިވަނީ އިސްރާއީލުން އިއްޔަ ސީރިއާގެ ދިމިޝްގު ގައިވާ މަރުކަޒަކަށް ދިން ހަމަލާގައި މަރުވި 15 މީހުންގެ ތެރޭގައ އީރާނުގެ 4 ޖެނެރަލުންނާއި 4 އޮފިޝަލުން ހިމެނުމާއި ގުޅިގެންނެވެ.

އިސްރާއީލާއި ރަޝިއާ ގުޅިގެން ފަލަސްތީނުގަ އާއި ސީރިއާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ދެކޮޅަށް ދަނީ އެތަކެއް ލާއިންސާނީ އަމަލުތަށް ހިންގަމުންނެވެ. ހާއްސަކޮށް ސީރިއާގެ ޢޫތާއަށް އިސްރާއީލު އިސްވެ އޮވެ ދެމުންދާ ހަމަލާ ތަކުގައި އެތަށް ސަތޭކަ ބައެއް ވަނީ މަރުވެފައެވެ. އަދި އެހަމަލާތަކުގެ ސަބަބުން އެތަށް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު ގިނަ ބަޔަކު ދަނީ އަވަށްޓެރި ގައުމުތަކާއި އަވަށް ތަކަށް ހިޖުރަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ފެނުބައްޑާ

    ސީރިޔާގެ ބިމުން ފޮނުވާލީ... ނުކެރޭނެ އިރާނުގެ ބިމުން ފޮނުވާލާކަށް... އެހެންނޫނަށް އެއީ ފެނުބައްޑާއެއް...

    • ފުތާބެއްޔާ

      އިސްރާއީލް ކިޔާ ބިމެއްނޯންނާނެ. ފަލަސްތީނު ބިންފޭރިގެން އުޅެނީީ ޔަހޫދީން. އަނެއްކާ ފޭރިގަނެގެން އުޅޭ ގޯލާންގެ ބިންތަކުންދޯ ޔަހޫދީންވެސް ހަމަލަދެނީީ ތިބެގެން

  2. ގޮޓޯމޮޓޯ

    ސާބަސްަ އީރާނަށް .. ދިވެހިންތިބީ އީރާނާއެކީ

  3. ކޮލެޖް ބޯއި

    އީރާން އަށް ފޮނުވާލެވުނީ އެންމެ 20؟ އަދި އެވެސް އެންމެ ބޭސިކް. ޕިސްޕިސް

  4. ނުކެރޭނެ

    މިއީ ދޮގު ހަބަރެއް ކަމަށް އިރާނުން ބުނެފި..ނުކެރޭނެ އިރާނަކަށް އިޒްރާހެލް އަށް ހަމަލާއެއް ދޭކަށް...