ގިނަ އަހަރުތަކެއް ވަންދެން ޗައިނާގެ ފަރާތުން ލިބެމުން ދިޔަ އަނިޔާއާއި ދެކޮޅަށް އިންސާފު ހޯދުމަށް ޗައިނާގައި ތިބި އެގައުމަށް ނިސްބަތްވާ އުއިގާ ދަރިފަސްކޮޅުގެ މުސްލިމުން ބައިނަލްއަގްވާމީ ކޯޓަކަށް ގޮސްފިއެވެ.

މި މައްސަލައިގައި އުއިގާގެ މުސްލިމުން ތަމްސީލު ކުރަނީ ބޭރުގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކެވެ.

މި މައްސަލަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އަށް މިހާރު ހުށަހަޅާފައިވާއިރު، މި މައްސަލައާއެކި ސާބިތު ހެކިވެސް ވަނީ ހުށަހަޅާފައެވެ. އަދި މި މައްސަލަ ތަހުގީގު ކޮށް ޗައިނާގެ އިސް ލީޑަރުންނާ ދެކޮޅަށް އިންސާނީ ހައްގުތަކަށް އަރައިގަތް ކަމުގެ ދައުވާ ކޮށްދިނުމަށް ވަނީ އެދިފައެވެ.

އޭގެ ތެރޭގައި އެގައުމުގެ ރައީސް، ޒީ ޖިންޕިން، ކުރީގެ ރައީސް ހު ޖިންޓޯ އަދި ޒިންޖެންގް ޕްރޮވިންސްގެ އިސް އޮފިޝަލުންނާއި ސިފައިންގެ ކޮމާންޑަރުން ހިމެނެއެވެ.

"މި މައްސަލަ ބަލަން ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް. މި މައްސަލަ ބެލެން ޖެހޭނެ." އުއިގާ ގެ މުސްލިމުން ތަމްސީލު ކުރާ ވަކީލު ރޮޑްނޭ ޑިޒޮން ވިދާޅުވިއެވެ.

ޗައިނާއާއި ދެކޮޅަށް މިފަދަ މައްސަލައެއް އައިސީސީ އަށް ހުށަހަޅާފައިވާއިރު، މީގެ ކުރިންވެސް ޗައިނާއިން ވަނީ އައިސީސީން މި މައްސަލައިގައި އިއްވާ ހުކުމެއް ބަލައި ނުގަންނާނެ ކަމަށް ބުނެފައެވެ.

ޗައިނާއާއި ދެކޮޅަށް މިފަދަ މައްސަލައެއް އައިސީސީއަށް ހުށަހަޅާފައިވާއިރު، އެގައުމުން ވަނީ އުއިގާގެ އެތަށް ސަތޭކާ މިލިއަން މީހުން ކޭމްޕްތަކުގައި ހައްޔަރު ކޮށް އަނިޔާ ކޮށްފައެ. އަދި އެފަރާތްތަކަށް ރޯދަ ހިފުމުން މަހުރޫމު ކުރި ކަމުގެ ހަބަރުތައްވެސް މީގެ ކުރިން މީޑިއާތަކުގައި ވަނީ ތިލަވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސުވޭސް

    ޗައިނާ އިން މުސްލިމުންނާ ދެކޮޅައް އެއްވެސް ކަމެއް ނުކުރާނެ ، އެއީ އިންޑިއާ މީހުން ކުރާކަމެއް. ޢެކަން އެންމެ ރަގަޅައް އެނގޭނީ ވަގުތު ނޫހުގެ ރިޕޯޓަރުންނަށް!!¡!!!!!!!

    7
    21
    • ޏަން

      ޢިނގިގެން ވާހަކަ ދައްކާ

  2. ޝައިނާ ޝައިނާ ޝައިނާ

    ޗައިނާއަކީ ކޮމިޔުނިސްޓް، އޭތީސްޓް ގައުމެއް. ވެރިއަކީ ފިރްއައުނު ފަދައިން އޭނައަކީ އެންމެ މަތީ ފަރާތްކަމަށް ދެކޭ ވެރިއެއް. އެކަމަކު ހުޅަނގުގެ ގައުމުތަކާ ހިލާފަށް ޗައިނާއަކީ މުސްލިމުންނާއި ޖެހިގެން އުޅޭ ބައެއް ނޫން. އުއިގާ ނޫނަސް އެހެން މުސްލިމް ގަބީލާތަށް ޗައިނާގައި އުޅޭ. އެހެން ގައުމުތަކުން އަންނަ ހިޖްރަވެރިންވެސް ޗައިނާގައި އުޅޭ. އުއިގާ ދަރިފަސްކޮޅާ ޖެހިގެން އެއުޅެނީ މުސްލިމުންނަށް ވީތީއެއް ނޫން. އެއީ ސިޔާސީ އަދި ނަސްލީ ތަފާތުކުރުމެއް. ނަޝީދު ބުރަކަށްޓަށް ތަދުވިހެން އެދަރިފަސްކޮޅު އެއުޅެނީ އިސްލާމްދީން ނައްތާލަނީކަމަށް ބުނެ ހުޅަނގުގެ ގައުމުތަކުން ފަތުރާ ޕްރޮޕަގަންޑާއެއް. އެކަމަކު ޗައިނާއިން އުއިގާ މީހުންނަށް ކުރާ ކަންތައްތަކާއި މިޔަންމާއާއި އިންޑިޔާގައި މުސްލިމުންނަށް ކުރާ ކަންތައްތައް ދުނިޔެއާއި އުޑާހާއި ތަފާތު. މިހާރު ރޮހެންޏާ މީހުންގެ ވާހަކައާއި ކަޝްމީރުގެ ވާހަކަ ނުދައްކަނީ ކީއްވެގެންބާ؟؟؟؟

    6
    1