ދަ އެވެންޖާސް އިން ފެނިގެންދިޔަ އަޔަން މޭންގެ "އޮރިޖިނަލް" ސޫޓް ވަގަށް ނަގާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން ލިބިގެންދިޔަ އެ ފިލްމުން ފެނިގެންދިޔަ އަޔަން މޭންގެ ސޫޓުގެ އަގު 386645.74 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.

އެ ސޫޓަކީ ރޮބާޓް ޑޮވނީ ޖޭއާރް އެންމެ ފުރަތަމަ އަޔަން މޭން ކުޅުނުއިރުވެސް އަޅައިގެން ހުރި ސޫޓެވެ. އެ ސޫޓް ބަހައްޓާފައި އިންނަ ތަނުން ގެއްލިފައިވާކަމަށް ބެލެވެނީ މިދިޔަ ފެބުރައަރީ މަހާއި އޭޕްރިލް މަހުގެ 25 ވަނަ ދުވަހާއި ދޭތެރޭކަމަށް ރިޕޯޓްތައް ބުނެއެވެ.

ލޮސްއެންޖަލަސް ފުލުހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނާގޮތުގައި، އެ ސޫޓް ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ އިއްޔެއެވެ.

ފުލުހުން މިހާރު ދަނީ އެ ސޫޓް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ސޫޓަކީ ބޮޑު މާސިންގާ ގެއަަކާއި، ބޭންކް އެކައުންޓެއްގައި ހުރި ފައިސާތަަކަށްވުރެވެސް އަގުބޮޑު އެއްޗެއްކަމަށް އޭގެ ވެރިފަރާތުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޗިއްލޫ

    ތިޔަވާނީ މާކުއްޖަކު ކުޑަކުދިންގެ ދުވަހަށް ބޭނުންކުރުމަށް ގެންދިޔައީކަމަށް!

  2. ރާކަނި ސައްތާރު

    ކޮބާ މިހާރު ހުންނާނީ ރާކަނި މަސް ކެވިފައި