ހަލުވި ކަމާއި އެކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތެރެމުން އަންނަ ކޮވިޑް-19ގެ ތިން ވަނަ ރާޅެއް ހޮންކޮންގް އަށް އަރައިފިއެވެ.

ހޮންކޮންގް އަށް ކޮވިޑް-19 ގެ ތިން ވަނަ ރާޅެއް އަރާފައި މިވަނީ އެ ގައުމުގައި ބަލި ކޮންޓްރޯލް ކޮށްފައިވަނިކޮށެވެ. އެގައުމުން މިހާތަނަށް 3 ފަހަރު މި ބަލި ވަނީ ކޮންޓްރޯލް ކޮށްފައެވެ. މިހާރު އެ ގައޔމުން ކޮވިޑް-19 ފެތުރެން ފެށުމުން ކަމާއި ބެހޭ ފަރާތްތަކުން އަންނަނީ ބަލި އައިސްފައިވާ ގޮތް ބެލުމުގެ މަސައްކަތް ފަށާފައެވެ.

އެގޮތުން މިހާރު ހޮންކޮންގުގައި ވަނީ ދަތުރުފަތުރު ނިޒާމު ވަރުގަދަ ކޮށް، ގައިދުރުކަމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައެވެ.

ހޮންކޮންގުން އިއްޔެ 52 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، އޭގެ ތެރެއިން 41 މީހުންނަކީ މުޖުތަމައުގެ ތެރެއިން ބަލި ޖެހިފައިވާ މީހުންނެވެ. އަދި ބާކީ 11 މީހުންނަކީ އެހެން ގައުމުތަކުން އައިސްފައިވާ މީހުންނެވެ. މިއަދަދާއި އެކީ އެގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1,521 އަށް އަރާފައެވެ. އެސިޓީން މި ބަލި ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 8 މީހެކެވެ.

ކޮވިޑް-19 ގެ 3 ވަނަ ރާޅާއި އެކީ އިއްޔެ އެގައުމުން ވަނީ އެހެން ގައުމުތަކުން އަންނަ ފަރާތްތަކުން ކޮވިޑް-19 ނައްސި (ނެގެޓިވް) ވެފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމަށް އަންގާފައެވެ. އެގޮތަށް އެމީހުންނަށް ލިޔުން ހުށަނޭޅިއްޖެނަމަ، އެމީހުން ދަތުރުކުރި ފްލައިޓް އާއި މެދު ފިޔަވަޅު އަޅާނެ ކަމަށް ވަނީ ނިންމާފައެވެ.

ކޮވިޑް-19 އެސިޓީން މީގެ ކުރިން ކޮންޓްރޯލް ވެފައިވާތީ، އެގައުމުން ވަނީ 50 މީހުންނަށް އެއްތަނެއްގައި ތިބެވޭ ގޮތަށް ހަދާފައެވެ. އެހެން ނަމަވެސް 3 ވަނަ ރާޅާއި އެކީ މިހާރު ވަނީ 4 މީހުންނަށް ތިބެވޭނެ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ. އަދި ރެސްޓޯރެންޓްތަކުގައިވެސް 4 މީހުންނަށް ތިބެވޭނެ ގޮތަށާއި އެތަނުގައި އާންމުންނަށް ދޭ ހިދުމަތް ހެނދުނު 6 އިން ހަވީރު 5 އަށް ބަންދުކުރުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ގޭމް ސެންޓަރުތަކާއި ޖިމް އަދި އެހެނިހެން އާންމުން އަންނަ ތަންތަންވެސް ހަފްތާއަކަށް ބަދަލުކޮށް، އިވެންޓްތައްވެސް ވަނީ ކެންސަލްކޮށްފައެވެ. އަދި ދަތުރުފަތުރުގައި އުޅޭ ހުރިހާ ފަރާތްތަކުން މާސްކު އެޅުމަށް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސާރާ

    ކޮވިޑަށް އެކަކު ފައްސިވުމުން މުޅި ޤަވްމު ތަޅުލާފަ 2000 ފައްސިވުމުން ޤަވްމު ތަންމިނަށް ހުޅުވައިލިއެވެ. މީފަހެ މާސިންގާ ޖޯކަކަށް ނުވޭހެއްޔެވެ؟