ކޮވިޑް-19 އާއި ގުޅިގެން ފިލީޕީންސް ފުރަބަންދުކޮށް، ގޭގައި ތިބެން ގިނަ ބަޔަކަށް މަޖުބޫރު ވުމުން އާއިލާ ރޭވުމުގެ ކަންކަން އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވި ފިލިޕީންސްގެ އަންހެނުން ބަލިވެ އިންނަ އަދަދު ވަރަށް ބޮޑަށް އިތުރު ވެއްޖެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފިލިޕީންސް ފުރަބަންދު ކުރީ މިދިޔަ މާޗް މަހު އެވެ. މާޗް މަހުން ފެށިގެން އެއް ސިޓީން އަނެއް ސިޓީއަށް ދަތުރު ނުކުރެވޭ ގޮތައް ސިޓީތަކުގެ ބޯޑަރު ވަނީ ބަންދު ކޮށްފައެވެ. އަދި ހުރިހާ އާއްމު ދަތުރު ފަތުރުގެ ޚިދުމަތެއް ވަނީ ހުއްޓާލާފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި ފިލީންސް އަންހެނުންނަށް ދޭތެރެ ދުރުމުގެ ޚިދުމަތް ދޭ ހޮސްޕިޓަލްތަކަށާއި ސިއްހީ މަރުކަޒުތަކަށް ގޮސް، ޚިދުމަތް ހޯދޭނެ ގޮތެއް މިހާރު ނެތެވެ. އެހެންކަމުން ބަލިވެ އިންނަ އަންހެނުންގެ އަދަދު މިހާރު ވަނީ އިތުރު ވެފައެވެ.

"ބައެއް މީހުން ފޭސްބުކުން ޑޮކްޓަރުންނަށާއި، ހޮސްޕިޓަލްތަކަށް މެސެޖް ކޮށްފައި އެބައަހާ އަހަރެމެން ބާތު ކޮންޓްރޯލް ކުރާނީ ކިހިނެއްތޯ. އެމީހުންނަކަށް ފަސޭހައިން ބޭސް ލިބޭނެ ގޮތެއް ނެތް." ފިލިޕީންސްގެ ޑޮކްޓަރަކު ބުންޏެވެ.

ކޮވިޑް-19 އާއި ގުޅިގެން ގައުމުތައް ފުރަބަންދު ކުރުމާއި އެކު 47 މިލިއަން އަންހެނުންނަށް ދޭތެރެ ދުރުކުރުމުގެ ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވާނެ ކަމަށް އދ.ގެ ޕޮޕިއުލޭޝަން ފަންޑުން ވަނީ ލަފާ ކޮށްފައެވެ. އެޖަމިއްޔާ އިން ލަފާ ކުރާ ގޮތުގައި ދަރިން ބޭނުން ނުވެ ތިއްބާ ހަތް މިލިއަން މީހުން މިއަހަރު ބަލިވެ އިނުން އެކަށީގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު