އިސްރާއީލްގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 41،000 އަށް ވުރެ މައްޗަށް އަރައިފިއެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، ހޯމަ ދުވަހު އެކަނި ވެސް އިސްރާއީލުން 1،681 މީހުން ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެން ފެށި ފަހުން އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ ބަޔަކު ފައްސިވި ފުރަތަމަ ފަހަރެވެ.

އިސްރާއީލްގައި ފަހަކަށް އައިސް، ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި ކޮންމެ ދުވަހަކު ހެން 1،000 އަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއެވެ. އަދި ބަލި ޖެހިގެން ސީރިއަސްވާ މީހުންގެ އަދަދު ވަނީ ދެ ގުނަ އަށް އަރައިފައެވެ.

އެގޮތުން، ސީރިއަސްވި މީހުންގެ އަދަދު 177 އަށް އަރާފައިވާ އިރު، މިދިޔަ ހަފްތާގައި މި އަދަދު ހުރީ 93 ގައެވެ.

މިއަދުގެ މިހާތަނަށް އިސްރާއީލް އިން ކޮވިޑް-19 ޖެހުނު ޖުމްލަ މީހުންގެ އަދަދު ވަނީ 41،235 އަށް އަރައިފައެވެ. އަދި އެ ގައުމުގައި ބަލި ޖެހިގެން 368 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.

އިސްރާއީލްގެ ކައިރީގައި އޮންނަ ފަލަސްތީންގައި ވެސް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވެސް މިހާރު ވަނީ އިތުރުވެފައެވެ. މިއަދު އެކަނި ވެސް އެ ގައުމުގައި 293 މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވެއެވެ. އަދި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 7،734 އަށް އަރައިފައެވެ.

ފަލަސްތީންގައި ބަލި ޖެހިގެން މިހާތަނަށް މަރުވީ 45 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޚ

    الحَمْد لله‎‎

  2. ޛސސ

    الحَمْد لله‎‎