ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން ރެކޯޑް އަދަދަކަށް މީހުން ފައްސިވެ، މަރުވެއްޖެ އެވެ.

އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އަލަށް ކޮވިޑް-19 އަށް ފައްސިވި މީހުންނާއި މަރުވި މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެފައި މިވަނީ މި ބަލީގެ ނުރައްކާ ދުވަހެއް ދުވަހަކަށް އެޤައުމަށް ބޮޑުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތު ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އިތުރު 32,682 މީހަކު ފައްސިވެ، ބަލީގައި އިތުރު 614 މީހަކު މަރުވެފައި ވެއެވެ. މިއީ މިހާތަނަށް ކޮވިޑް ފެތުރެން ފެށިފަހުން އެއް ދުވަހެއްގައި އެޤައުމުން އެންމެ ގިނަ ބަޔަކު ފައްސިވެ މަރުވި ފަހަރެވެ.

އިއްޔެ އިންޑިއާއިން އިތުރު އެތައް ހާސް ބަޔަކު ކޮވިޑަށް ފައްސިވުމާއި ގުޅިގެން އެޤައުމުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 970,169 އަށް އަރާފައެވެ. އަދި މިބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު ވަނީ 24,929 އަށް އަރާފައެވެ.

އިންޑިއާއަކީ ދުނިޔެއިން ތިންވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، އަށްވަނައަށް އެންމެ ގިނަ ބަޔަކު މި ބަލީގައި މަރުވި ޤައުމެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި އިންޑިއާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، މި ބަލީގެ ނުރައްކާ ދެގުނަވެފައި ވާއިރު މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭ އެޤައުމުން ބަލި ޖެހުނު މީހުންގެ އަދަދު ދެލައްކައަށްވުރެ އިތުރެވެ.

އިންޑިއާއިން ކޮވިޑް-19 ޖެހިގެން ގިނަ ބަޔަކު މަރުވެފައިވާއިރު، އެޤައުމަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެމެރިކާ ފިޔަވައި އެންމެ ގިނަ ބަޔަކަށް ސީރިއަސް ހާލުގައި ފަރުވާދެމުންދާ ޤައުމުވެސް މެއެވެ. އެގޮތުން މިހާރު އެޤައުމުގައި ކޮވިޑަށް ފަރުވާދޭ 331,505 މީހުންގެ ތެރެއިން 8,944 މީހަކަށް ފަރުވާދެމުން ދަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް އިދާރާތަކުން ބުނެއެވެ.

ދުވަހެއް ދުވަހަކަށް އިންޑިއާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުން އަންނައިރު، އެޤައުމަށް މި ބަލިމަޑުކަމުގެ "ޕީކް" ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރިގެންދާނީ އަންނަ ނޮވެމްބަރު މަހު ކަމަށް ވަނީ ލަފާ ކުރެވިފައެވެ.

އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ (ކޭސް) އެއް ފެންމަތިވެފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ. އެޤައުމަށް މި ބަލީގެ ނުރައްކާ އިންތިހާއަށް ބޮޑުވެ، ކޮންޓްރޯލް ނުވެވޭ ވަރަށް ފެތުރެނީ މިދިޔަ މޭއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހހހހ

    ކޮވިޑޭ ކިޔައިގެން ގެރި މޯދީ ތަޅާ މަރާ މުސްލިމުން ހިމެނޭބާ މީގަ

  2. ޢެކަމަކު ވާ

    މިފަދަ ހައްސާސް ދަނޑިވަޅެއްގައިވެސް ކަޝްމީރަށް އަތްގަދަ ކުރުމާއި،ނޭޕާލްގެ ބިން ފޭރިގަތުމާއި،ޕާކިސްތާނާ އެގައުމުގެ މިނިވަންކަމަށް ފާޅުގަ ގޮން ޖެހުމާއި،ޗައިނާ އަށް ދުއްތުރާ ކުރުމާއި އަދި ރާއްޖެއަށް އެކި ނަން ނަމުގަ އެހީތެރިވަމޭ ކިޔާ ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ނަގާލުން މީ އެޖެންޑަގެ ކުރީގަ ހުރި ކަންތަށް..އިންޑިޔާޢާއި އެކު ޒަމާންތަކެއް ވަންދެން އޮތް ގާތް ގުޅުން މިވަނީ ވަރަށް ބޮޑަށް ގޯސްވެފަ ސަބަބަކީ ދެ ގައުމުގެ ވެރިކަމުގަ ވެސް ތިބީ ހައްދުފަހަނަޅާފަ ތިބި އިސްލާމް ދީނާެި މުސްލިމުންނާއި އަދާވާތްތެރި ބަޔަކަށް ވާތީ ...ދިވެހިން ވެއްޖެ ހޭލާ މިކަންކަމަށް ފާރަވެރިވާން..މީ އަހަރެމެންގެ ކާބަފައިން އެތަށް ގުރުބާނީއެއް ވެ އަހަރެމެންނާ ހަމަޔަށް ގެނެސއދީފަ އޮތް ގައުމެއް..އެންމެ މީހެއްގެ މަސްލަހަތަށް މުޅި.މުސްތަގްބަލް ބަޔަކަށް ވިއްކާލަން ފުރުސަތު ދީގެން ނުވާނެ... ހަސްބުނަﷲ ވަ ނިއުމަލް ވަކީލް....

  3. ޢިކުރާމު.

    ކޮބާބާ ގެރިމޯދީގެ އަނގަގަނޑު ޗައިނާޔާ އަރާހަމަ ކުރަންއުޅުނަސް އެ ކަމެއްނުވާނެ ވަރައްސާފު ކޮން މިބުނީ ނުވާނޭ މިހާރު ގެރިމޯދީއައް ވިސްނިފަ ހުންނާނީ ރާއްޖެޔާ ކުޅެވެނީ ރާއްޖޭގަ ގަމާރުން ތިބީމަ

  4. ހަބީބު.

    އިންޑިޔާ ގެރިމޯދީ ހީކުރީ 2 ފޮށިބޭސްދީގެން ހަމައިގަ ތިބޭ ދިވެހިން ބޮލައް އެރެވިދާނެ ކަމައް ކޮބައިތަ އެއްކަލަ މޮޅުބޭސް މާޕުއްޕާފަ އުޅުން ގައުމުތަކައް ފޮނުވަ ފޮނުވާފަ ވީކަމެއް ހަރާން