އިންޑިއާއިން އެކަނި ކޮވިޑް-19 ޖެހިގެން 99 ޑޮކްޓަރަކު މަރުވެފައިވާކަމަށް އިންޑިއަން މެޑިކަލް އެސޯސިއޭޝަން (އައިއެމްއޭ) އިން ބުނެފިއެވެ.

އައިއެމްއޭއިން މިހާރު ވަނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ރެޑް އެލާޓްވެސް ނެރެފައެވެ. އަދި އެ މީހުންގެ ރައްކާތެރިކަން ކުރިއަށްެނެރުމަށްވެސް ވަނީ އެ އެސޯސިއޭޝަނުން ގޮވާލާފައެވެ.

އައިއެމްއޭގެ ނޭޝަނަލް ކޮވިޑް ރަޖިސްޓަރ ޑާޓާ އިން ދައްކާގޮތުން އިންޑިއާއިން އެކަނި 1302 ޑޮކްޓަރަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އޭގެ ތެރެއިން 99 ޑޮކްޓަރަކު ވަނީ މަރުވެފައެވެ. މަރުވި ޑޮކްޓަރުންގެ ތެރެއިން 73 ޑޮކްޓަރުންނަކީ 50 އަހަރުން މަތީގެ ޑޮކްޓަރުންނެވެ. އަދި 19 ޑޮކްޓަރުންނަކީ 35 އަހަރާއި 50 އަހަރާއި ދެމެދުގެ އުމުރު ފުރާގެ ޑޮކްޓަރުންނެވެ. އަދި މީގެ އިތުރުން، މި 99 ޑޮކްޓަރުންގެ ތެރޭގައި ހިނެނޭ ހަތް ޑޮކްޓަރުންގެ އުމުރު 35 އަހަރަށްވުރެ ދަށެވެ.

އައިއެމްއޭ އިން ނެރުނު ޑޭޓާތަކުން ދައްކާގޮތުން މި ބައްޔަށް ޒުވާން ޑޮކްޓަރުންނާއި، އުމުރުން ދުވަސްވީ ޑޮކްޓަރުންވެސް ފައްސިވެފައި ވެއެވެ.

އެ އެސޯސިއޭޝަންގެ ރައީސް ޑރ. ރަޖަން ޝަރްމާ ވިދާޅުވީ، މި ބައްޔާއި ދެކޮޅަށް ހަނގުރާމަ ކުރުމުގައި ހަރަކާތްތިވާ ބަޔަކީ ސިއްހީ ހިދުމަތްތެރިން ކަމަށާއި، ޑޮކްޓަރުން މި ބަލީގައި މަރުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"އަޅުގަނޑު ހުރިހާ ޑޮކްޓަރުންނަށް މި ގޮވާލަނީ ސައިންޓިފިކް ބެސްޓް ޕްރެކްޓިސްއަށް ފޮލޯޯކޮށް، ހާލަތު އަމިއްލައަށް ބަލައި، އަމިއްލަ ނަފްސަށާއި، އާއިލާތަކަށާއި، އެކުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަންވެސް ކަށަވަރު ކުރުމަށް" އޭނާ ވިދާޅުވިއެވެ.

އިންޑިއާއަކީ މިހާރު ދުނިޔޭގައި ތިންވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ، އެ ގައުމުން 972,144 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އަދި 24,936 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޟޮޮސަ

    ???????

  2. ގޮހޮޑާ

    ނަންވެސް ހާމަ ނުކުރޭ ކޮންތަނެއްގެ މީހެއްކަންވެސް ހާމަ ނުކުރޭ މިކަން ފެތުރެމުންދާ މިންވަރު މީހުނަށް އެނގިދާނެ

  3. ގޮހޮޑާ

    ސްކޫލުތަކުގައި މިބަލި ފެތުރިފައިވާ މިންވަރު އެއްގޮތަކަށްވެސް ހާމަނުކުރާތި މިހާރަކަށްއައިސް ޕޮޒިޓިވް ވާ މީހުންގެ އަދަދު 60 އަށްވުރެ މަތި ނުވާގޮތަށް ކަނޑައަޅާފަެިވާހެންވެސް ހީވޭ