އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ރައީސް ކިމް ޖޮން އުން ބާއްވާ ބައްދަލުވުން ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވަން ހަމަޖައްސައިފިއެވެ. ޓްރަމްޕް ކުރި ޓްވީޓެއްގައި ވަނީ އެކަން ކަށަވަރު ކޮށްދީފައެވެ.

ޓްރަމްޕް މީގެ ކުރިން ބުނެފައި ވަނީ ކިމް އާއި ބައްދަލު ކުރަން އެންމެ ބޭނުން ވަނީ ދެކޮރެއާ ވަކިކުރާ ސަރަހައްދުގައި ކަމަށެވެ. ނަމަވެސް ޓްރަމްޕް އަށް ލަފާއަރުވާ މީހުން ލަފާދީފައި ވަނީ ސިންގަޕޫރުގައި ބައްދަލުވުން ބާއްވަން ކަމަަށް ޓްރަމްޕް ބުންޏެވެ.

ދެކޮރެއާ ވަކިކުރާ ސަރަހައްދުގައި ހުންނަ ޕީސް ހައުސްގައި ކިމް ވަނީ ދާދިފަހުން ދެކުނު ކޮރެއާގެ ލީޑަރު ކިން ޖައި އާއި ބައްދަލުކޮށްފައެވެ.

ޓްރަމްޕް ވެރިކަމަށް އައިފަހުން އުތުރު ކޮރެއާގެ މައްސަލަ ގޯހުން ގޯހަށް ގޮސް އުތުރު ކޮރެއާ އިން އިތުރު މިސައިލްތަކެއް ޓެސްޓް ކުރި ނަމަވެސް މިހާރު އުތުރު ކޮރެއާ އިން ގެންދަނީ ވަރަށް ބޮޑަށް ސުލްހަ އާއި ހަމަޖެހުމަށް އިސްކަން ދެމުންނެވެ.

ޓްރަމްޕް އާއި ކިމްގެ ބައްދަލުވުމަކީ އުތުރު ކޮރެއާ އިން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓާލާ، އަދި މިހާރު އުފައްދާފައި ހުރި ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް މަގުޗާޓެއް އެކުލަވާލެވިގެން ދާނެ ބައްދަލުވުމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އުތުރު ކޮރެއާ އިން ކަންތައް ކުރާނެ ގޮތެއް ލަފާކުރަން ވެސް ނޭނގޭނެއެވެ. ސުލްހައަށް މިހާރު ވަރަށް ބޮޑު އެއްބާރުލުމެއް އުތުރު ކޮރެއާގެ ލީޑަރުން ދެމުން ގެންދިޔަ ނަމަވެސް މާދަމާ ވެސް އޭނާގެ ހިޔާލުބަދަލުވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއީ މީގެ ކުރިން ކަންތައް ހިނގާފައިވާ ގޮތައް ބަލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑޯންވޮނާ

    ޓްރަމްޕް-ކިމް ސަމިޓް ޖޫން 12 ގައި ސިންގަޕޫރުގައި ބާއްވާނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ. ތިޔާ ސަމިޓް ސިންގަޕޯރގައި ބޭއްވުން އެއީ ވެސް މަމެން ނަށް ލިބިގެންދާ ޚާއްސަ އުފަލެކޭ. މަމެން ވަރަށް އުފާވެއޭ ނޯތް ކޮރެއާ ގެ ރައީސް ކިމް ޗައިނާގެ ކޮންސެލްޓެންސީ ގަބޫލުކޮށް ދުނިޔޭގެ ހަމަޖެހުމަށް އިސް ކަން ދިން ކަން. އައި ކުޑް ސްޓޭ އަވޭކް ޖަސްޓް ޓު ސީ ދިސް ސަމިޓް އައި ކުޑް ސްޕެންޓް މައި ލައިފް ވެއިޓިންގް ފޯރ ސަޗް މޯމެންޓް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް އައި ޑޯން ވޮނާ ކްލޯޒް މައި އައިޒް ޑޯން ވޮނާ ކްލޯޒް މައި އައިޒް ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް ޑޯން ވޮނާ ކްލޯޒް މައި އައިޒް އޮން ދިސް..