އިންޑިޔާ ކަނޑުގައި އޮންނަ ޖަޒީރާ ރަށްތަކެއްކަމަށްވާ އަންޑަމަން ރަށްތަކަށް 6.1 މެގްނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި ވަނީ އިންޑިއާގެ ސިޓީއެއްކަމަށްވާ ޕޯޓް ބެލެއިރް އާ 236 ކިލޯމީޓަރު ކައިރިއަށެވެ.

މިއަދު ހެނދުނުވެސް މި ސަރަހައްދަށް ވަނީ 4.8 މެގެނެޓިއުޑް ބާރުމިނުގައި ބިންހެލުމެއް އައިސްފައެވެ. މިއަދު ހެނދުނު އައި އެ ބިންހެލުމުގައި އެއްވެސް މީހަކަށް، އަދި ތަނަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ކޮށްފައެއް ނުވެއެވެ.

އެ ބިންހެލުންވެސް އައިސްފައި ވަނީ ޕޯޓް ބެލެއިރް އާ 250 ކިލޯމީޓަރު ކައިރިއަށެވެ.

މީގެ އިރިކޮޅެއް ކުރިން އަންޑަމަން ރަށްތަކަށް އައި ބިންހެލުމުގައި މީހަކަށް އަނިޔާވި ކަމެއް ނުވަތަ ތަނަކަށް ގެއްލުންވި ކަން އަދި ރިޕޯޓްކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    what a coincidence i literally did a google search about these islands yesterday