މެލެޝިއާގެ ވެރިކަން 60 އަހަރު ވަންދެން ކުރަމުން އައި ޕާޓީގެ މައްޗަށް ކާމިޔާބު ހޯއްދެވި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ބޮޑުވަޒީރު ކަމުގެ ހުވައި ކުރައްވާ މަގާމާއި ހަވާލުވެ ވަޑައިގެންފިއެވެ.

މެލޭޝިއާގެ ސަގާފީ ހެދުމެއް ކަމަށްވާ މެލޭ ހެދުން ތުރުކުރައްވައިގެން ހުންނަވާ މަހާތީރު މަގާމާއި ހަވާލުވެ ވަޑައިގެންނެވީ ވެރިރަށް ކުއަލަލަމްޕޫރުގައި އޮތް ރަސްމިއްޔާތެއްގައި ރަސްގެފާން ސުލްތާން މުހައްމަދުގެ ކުރިފުޅުމަތީގައެވެ.

އުމުރުފުޅުން 92 އަހަރުގައި މަހާތީރު ބޮޑުވަޒީރު ކަމުގެ ހުވައި ކުރެއްވުމާއި އެކު އޭނާ ވެގެން ގޮސްފައި ވަނީ އުމުރުން އެންމެ ދޮށީ ބޮޑުވަޒީރަށެވެ.

22 އަހަރު ވަންދެން މެލޭޝިއާގެ ވެރިކަން ކުރެއްވެވި މަހާތީރު ސިޔާސީ ދާއިރާ އިން ރިޓަޔާ ކުރެއްވީ 2003 ވަނަ އަހަރު އެވެ. އޭނާ އެނބުރި ސިޔާސީ ދާއިރާ އަށް ވަޑައިގެންނެވީ 2016 ވަނަ އަހަރު އެވެ. މަހާތީރު އެނބުރި ސިޔާސީ ދާއިރާ އަށް ވަޑައިގެންނެވީ ވެސް ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ ވެރިކަން ނިމުމަކަށް ގެންނަވާނެ ކަމުގެ ވައުދާއި އެކީގައެވެ.

މަގާމާއި ހަވާލުވެ ވަޑައިގެންނެވުމަށް ފަހު މަހާތީރު ވިދާޅުވީ ހުރިހާ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކުރައްވާ ކަމަށާއި މެލޭޝިއާގެ ގައުމީ ވަންތަ ސިފަތައް އަނބުރާ ހޯދުމުގެ މަސައްކަތް މާދަމާ އިން ފެށިގެން ފައްޓަވާނެ ކަމަށެވެ.

މަހާތީރު ވަނީ ނަޖީބުގެ ސަރުކާރުން ލޫޓުވާލާފައިވާ އެތައް ބިލިއަން ޑޮލަރެއް އަނބުރާ ހޯއްދެވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މަހާތީރުގެ އެންމެ ބޮޑު ވައުދަކީ މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަންވަރަށް އަފްއާންމެއް ހޯއްދަވައިދެއްވާ އޭނާ މިނިވަން ކުރެއްވުމެވެ. އަދި އެއަށްފަހު އޭނާ އަށް ބޮޑުވަޒީރުކަމުގެ މަގާމަށް އައުމުގެ މަގުތަނަވަސް ކޮށްދެއްވުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަސީނާ

    ދެންހުރީ ޔާ..

  2. ޙަފްޞާ / މާލެ

    ތިޔައީ މެލޭޝިޔާގެ ވެއްޓުން! ބަލަން ތިބެބަލަ!!! އުމުރުން 92 އަހަރުވީމާ ކޮންމެވެސްވަރެއްގެ ވިސްނުންކޮށިކަމަކާ ސޭކުކަމެއް ނުހުރެ ނުދާނެއެވެ. ބަލަންތިބިބަޔަކަށް އެކަން ނޭގުނަސް ޢަމަލުތަކުން އެކަން ފެންނާނެއެވެ. މަހާތީރަކީ މާބޮޑަށް ސިޔާސީނުވެ ، ގަދަބަސް ނުބުނެ ، ރިޝްވަތު ނުދީ ، ބޮޑުހަނދުކޭތައެއް ފަނޑިޔާރުންލައްވާ ނުހިއްޕާ ރައްޔިތުން ލޯބިިން އިންތިޚާބުކުރި ވެރިޔެކެވެ. މި ޢުމުރުގައި މަހާތީރަށް ރަގަޅު ވެރިކަމެއް ނުކުރެވޭނޭކަންވެސް ރައްޔިތުން ދަނެއެވެ. އެހެނަސް އޭނަހޮވީ އެމަޤާމު އެހެން މީހަކާ ޙަވާލުކުރަނޭކަމަށް ވަޢުދުވުމުންނެ. އެއްޗެއް އެނގޭނީ އުގެނި ދަސްކުރާބަޔަކަށެވެ.

    • އަޅޭ.

      ތީނަޔަށް ނޫނީ އެކައްޗެއްވެސް ނޭންގޭނެ. ރަގަޅަށްވިއްޔާ ތިވާނީވެސް މިއުޅޭ ޕިންކީ ގުރުޕްގެ ގޮލަޔަކަށް. ކޮރަޕްޝަން އަކީ ވާޖިބެއްކަމުގަ ހަދަންއުޅެ ގުރޫޕްގެ މީހަކަށް