އިންޑިއާގެ މުމްބާއީގައި ކަރަންޓީން ކޮށްފައި ހުރި އަންހެނެއްގެ ކޮޓަރިއަށް ފިރިހެނަކު ވަދެ، އޭނާ ރޭޕް ކޮށްލައިފިއެވެ. މިހާދިސާ ހިނގީ ހުކުރު ދުވަހު އެވެ.
ޖިންސީ އަނިޔާ ލިބުނު 25 އަހަރުގެ އަންހެން މީހާ ބުނާ ގޮތުގައި އޭނާގެ ކޮޓަރިއަށް ވަން މީހާ އޭނާ އާއި ވާހަކަދައްކަން ފެށީ އެއީ ޑޮކްޓަރެއް ކަމަށް ބުނެއެވެ. ވާހަކަދައްކަމުން ގޮސް ވަކި ހިސާބަކުން ގައިގަ އަތްލާ، ގަދަކަމުން ރޭޕް ކުރި ކަމަށް އަންހެން މީހާ ބުންޏެވެ.
އޭނާ ރޭޕް ކުރުމަށް ފަހު ދިއުމުން އަންހެން މީހާ ވަނީ އެތަނުގައި ތިބޭ ނަރުހުންނަށް ގޮވައި، އެކަން ރިޕޯޓް ކޮށްފައެވެ. ނަރުހުންނަށް ހާދިސާގެ މައުލޫމާތު ލިބުމާއި އެކު ވަގުތުން އެކަން ފުލުހުންނަށް އެންގިއެވެ. ފުލުހުން މިހާރު ވަނީ އަންހެން މީހާ ރޭޕް ކުރި މީހާ ހޯދާފައެވެ. އެއީ ވެސް އަންހެން މީހާ އާއި އެކު އެކަރަންޓީން ފެސިލިޓީގައި ހުރި މީހެކެވެ.
ފުލުހުން ބުނީ އަންހެން މީހާ ކޮވިޑް-19 އަށް މިހާރު ނައްސި ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަދިވެސް ހުރީ ކަރަންޓީން ގައެވެ. އަދި ރޭޕް ކުރި ފިރިހެން މީހާ ވެސް ހުރީ ކަރަންޓީން ފެސިލިޓީގައެވެ.
ފުލުހުން ބުނީ ފިރިހެން މީހާ މިހާރު އިތުރު ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރު ކުރާނީ ކަރަންޓީންގެ މުއްދަތު ހަމަވުމުން ކަމަށެވެ.
ޖިންސީ ގޯނާ އާއި ރޭޕް ކުރުން ހައްދުފަހަނައަޅާފައި އޮންނަ އިންޑިއާގައި ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ކޮށްފައި ތިބޭ އަންހެނުންނަށް ޖިންސީ ގޯނާ ކުރުމުގެ އެތައް މައްސަލައެއް ވެސް އަންނަނީ ރިޕޯޓް ކުރަމުންނެވެ.
ސޭޑް
އިނޑިޔާ ވާހަކަ ނުދައްކާ މިއުޅޭ ކެނެރީގޭ ބުއްޅަބޭމެން މިދިވެހި ގައުމު އިނޑިޔާއައްވުރެ ކުރި އަރުވާނެ ތިޔަ ކަންކަމުގަ.
މިޤައުމުން ނަމޫނާ ބަލާ ޤައުމުގެ ޙާލަތު.
އިންޑިޔާ އަށްވުރެ މި ޤައުމު ދެރަތަ މިކަމަށް