އެމެރިކާގެ އޮހައޯގައި 19 މަހުގެ ކުޑަ ކުއްޖަކު މަރާލި ބަޔަކު ހޯދަން އެފްބީއައި އިން 5000 ޑޮލަރު ކަނޑައަޅައިފައެވެ.

އެ ކުޑަ ކުއްޖާ މަރާލީ ދެ މީހުން ބައިވެރިވެގެން ކަމަށް ފުލުހުން އާންމު ކުރި ވީޑިއޯ އިން ފެނެެއެވެ. އެ ވީޑިއޯ އިން ފެންނަނީ ގެއެއްގެ ތެރެއަށް ވަދެ 19 މަހުގެ ކުއްޖާ މަރާލުމަށް ފަހު، އެ ކުއްޖާގެ އެއްމާބަނޑު ބޭބެ އަށް ބޮޑެތި ޒަހަމްތަކެއްދޭ ހަރަކާތްތެރިވާ މަންޒަރެވެ.

އެ ވީޑިއޯ އިން ބަޑި ޖަހާ މަންޒަރުވެސް އިވިގެންދާ އިރު، ވީޑިއޯއިން އެކެއްގެ އަތުގައި ބަޑި އޮންނަ މަންޒަރުވެސް ފެނެއެވެ.

އޭސް ލޫކަސް އާއި އޭނާގެ އެއްމާބަނޑު ބޭބެ ތިބީ ބަޑި ޖެހި އިރު ނިދައިފައެވެ.

ފުލުހުން ވަނީ އެ ކުދިން ގަޔަށް ތަކުރާރުކޮށް ބަޑި ޖަހާފައިވާ ކަމަށާއި އެ ގޭގެ އެކި ތަންތަނުގައި ވަޒަން ޖަހާ ފޫއަޅުވާލާފައިވާ ތަންތަން ހުރިކަމަށް ފާހަގަކޮށްފައެވެ.

އެ ހާދިސާގެ މައުލޫމާތު ދޭ މީހަކަށް 5000 ޑޮލަރު ދޭން އެފްބީއައިން ވަނީ ވައުދުވެފައެވެ.

ފުލުހުން ގަބޫލު ކުރާ ގޮތުން އެގެ އަށް ވަތް މީހުން ތިބީ މަސްތުގެ ހާލަތުގައެވެ.

މި ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ އަމާންކަން ވަނީ ގެއްލިފައެވެ. އެ ރޭ ހިނގި އިތުރު ހާދިސާތަކުގައި ވެސް މީހުން މަރުވެފައިވާ އިރު މިއީ އޮންލައިން ގޭމެއްގެ ނުފޫޒުގައި ބަޔަކު ކުރާ ކަމެއް ކަމަށް ވެސް ބައެއް މީހުން ޝައްކު ކުރެއެވެ.

އަދި މީހުން މަރާލާފައިވާ ގޮތުން އެ މީހުން މަރާފައި ވަނީ އެއްވެސް ޒާތީ ސަބަބެއް އޮވެގެން ކަމަށް މިހާތަނަށް ނުބެލެވޭ އިރު، އެއްވެސް ސަބަބަކާއި ނުލާ ކުޑަ ކުއްޖަކު މަރާލުމުން އާއްމުންނާއި މީޑިއާވެސް ތިބީ ހައިރާންކަމެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ިބޯކިބާ

    އެމެރިކާގެ ސްކޫލުތަކުގެ ކަރިކިއުލަމް ގޯހީބާ އަނެއްކާ، މިއުޅޭ ވިސްނޭ ގުރޫޕުގެ ފަރާތުން ކަރިކިއުލަމް އިސްލާހުކުރަން ހިޔާލުފޮނުވާކަށްނުވޭބާ.

    7
    1