ޖަރުމަން ވިލާތުގައި ދަތުރު ކުރަމުންދިޔަ ކުޑަ މަތިންދާ ބޯޓެއް އެޕާޓްމެންޓެއްގެ މައްޗަށް ވެއްޓި ތިން މީހަކު މަރުވެއްޖެ އެވެ.

އެ ބޯޓު ވެއްޓުމާއެކު، ބޯޓުގައި ރޯވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މި ހާދިސާގައި ދެ މީހަކަށް އަނިޔާވި ކަމަށާއި، އަނިޔާވި މީހުންގެ ތެރޭގައި ކުޑަ ކުއްޖަކުވެސް ހިމެނޭ ކަމަށް ވެއެވެ.

ވެސެލްގައި ވެއްޓުނު މި ބޯޓު ދުއްވަން އިން ޕައިލެޓް އަދި ނުފެންނަ ކަމަށް ވެއެވެ.

މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތިގައި، އެ ކުޑަ ބޯޓު ވެއްޓުމުގެ ކުރިން ޖެހުނީ ހޮޓް އެއާ ބެލޫނެއްގައި ކަމަށެވެ.

އަދި މިހާރު އެ ސަރަހައްދުގައި ފުލުހުންނާއި، ފަޔާ ފައިޓަރުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ ސްޕޯކްސް ޕާސަން ބުނީ، ބޯޓު ވެއްޓުނު އެޕާޓްމެންޓުގެ ފުރާޅުގައި އަލިފާން ރޯވެ އަނދަމުންދާ ކަމަށެވެ.

އިތުރު ތަފްސީލް އަންނަނި...