އިސްރާއީލާއި ލުބްނާން ބޯޑަރު ގުޅޭ ސަރަހައްދުގައި ހިޒްބުﷲގެ ސިފައިންނާއި އިސްރާއިލް ސިފައިންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އިސްރާއިލާއި ހިޒްބުﷲގެ ސިފައިންނާ ދެމެދު ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައިވެސް ހިނގައިދިޔަ އެންމެ ބޮޑު ކުރިމަތިލުމެވެ. އިސްރާއީލް އަސްކަރިއްޔާގެ ތަރުޖަމާން އަވިޗޭ އަޑްރައީ ވިދާޅުވި ގޮތުގައި ލުބްނާންގެ ބޯޑަރު ސަރަހައްދުގެ ބޭރުން އިސްރާއިލްގެ ސަރަހައްދުގެ އެތެރޭގައި ހަރަކާތްތެރިވި ހިޒްބުﷲގެ ހަނގުރާމަވެރިންތަކެއް މަރާލާފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި އިސްރާއިލް ސިފައިންގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއިލާއި ލުބްނާންގެ ހިޒްބުﷲ އާ ދެމެދު އެފަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، މި ހަމަލާތައް ފެށުނީ މައްސަލަ ހޫނުވެފައިވާ ޝީބާ ފާމް ސަރަހައްދުގައި ހިޒްބުﷲގެ ހަނގުރާމަވެރިން ހަރަކާތްތެރިވާން ފެށުމުން ކަމަށް އިސްރާއީލުން ބުނެއެވެ. ހިޒްބުﷲ ހަނގުރާމަވެރިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ވަނީ އިސްރާއީލުން ސީރިއާއަށް ދިން ހަމަލާއެއްގައި ހިޒްބުﷲ ގެ ހަނގުރާމަވެރިޔަކު މަރުވުމުންނެވެ.

އިސްރާއީލްގެ ޓޭންކަރަކަށް ހިޒްބުﷲ އިން މިއަދު މިސައިލް ހަމަލާއެއް ދީފައިވާ ކަމަށް ލުބުނާންގެ ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ނަމަވެސް އިސްރާއީލްގެ އަސްކަރިއްޔާ އިން ވަނީ އެކަން ދޮގު ކޮށްފައެވެ.

މި ހަމަލާތަކާ ގުޅިގެން އދ. އިން ވަނީ އިސްރާއީލާއި ހިޒްބުﷲ އާއި ދެމެދު އިތުރަށް މައްސަލަ ގޯސްވިޔަ ނުދީ މައްސަލަ ހައްލު ކުރުމަށް ގޮވާލާފައެވެ.

ހިޒްބުﷲ އިން ބުނީ އެޖަމާޢާތުގެ ބައެއް ހަނގުރާމަވެރިން އިސްރާއީލްގެ ހަމަލާތަކުގައި މިއަދު މަރުވެފައިވާ ކަމަށާއި އެކަމުގެ ބަދަލު ވަރަށް ވަރުގަދައަށް އިސްރާއީލްގެ ކިބައިން ހިފާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކުޅަދާނަ

    2006ގައި ހަނގުރާމަކޮށް އިސްރާއީލު ރޮއްވާލިގޮތައް މިފަހަރުވެސްކޮންފަދަ ތި އިސްރާއީލުގެ ސިފައިން ފަނާކޮށްފިއްޔާ

    65
    1
  2. ޢަބުދުﷲ ސަޢީދު

    ހިޒްބުﷲ ގެ ހަނގުރާމަވެރިންނަކީ ސީދާ އީރާނުގެ ސިފައިން ފަދަ ބައެއް..އިސްރާއީލު މިފަހަރު ބޮނޑިބޮއެފި...މައުލޫމާތު ލިބޭ ގޮތުގައި ހިޒްބުﷲ އިން މިސައިލުހަމަލައެއްވެސްފޮނުވައިފި....

    41
  3. ެއެޑްވަޑް ބާމުންޑޭ

    ދިމިސްޤު

    24
  4. އަދި ފެންނާނެ

    ހިޒްބުﷲ އަކާއި ކުޅިނުކުޅެވޭނެ ހަނގުރާމަ އަކުން...2006ގެ ހަނގުރާމަ ބަލާލި މީހަކަށް އިބްރަތެއްހާސިލްވާނެ...3 ހެލިކަޕްޓަރ 2 ވަރޝިޕް 100 ބެޓަލް ޓޭންކް ހިޒްބުﷲ އިން ގޮއްވި..އަދި 14000ހާސް މިސައިލް އިސްރާއީލައް އޮއްސި
    މަ ހަދާންވޭ އަދިވެސް އެދުވަސް އަޑުންއަޑުނަގާ
    އިސްރާއީލު ރައްޔިތުން ރުއި އަދި އެމަރިކާގެ އެހީއަށް ތަރަތަރަ ޖެހި

    53
  5. ްއިސްލާހު

    އިސްރާއީލް ކިޔާ ގައުމެއް ނޯންނާނެއެވެ. އޮންނާނީ ފަލަސްތީން ކިޔާ ގައުމެކެވެ.

    52
  6. އަޙްމަދް

    މި ދެބައިގަނޑުގެ ހަގީގީ ނަމަކީ ޔަހޫދީންނާއި ހިޒްބުއްލާތު ސިފައިންނާ ދެމެދު ފާއިތުވި އަހަރެއްހާ ދުވަސް ތެރޭގައިވެސް ހިނގައިދިޔަ އެންމެ ބޮޑު ކުރިމަތިލުމެވެ.
    ޔަހަޫދި އަސްކަރިއްޔާގެ ތަރުޖަމާން އަވިޗޭ އަޑްރައީ ވިދާޅުވި ގޮތުގައި ލުބްނާންގެ ބޯޑަރު ސަރަހައްދުގެ ބޭރުން ޔަހޫދީިސިފައިންގެ ސަރަހައްދުގެ އެތެރޭގައި ހަރަކާތްތެރިވި ހިޒްބުލާތު ހަނގުރާމަވެރިންތަކެއް މަރާލާފައިވާ ކަމަށެވެ. އެ ހަމަލާތަކުގައި ޔަހޫދި ސިފައިންގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

    2
    1
  7. ޢަޙްމަދު

    ޔަހޫދީން ނާއި ލުބްނާންގެ ހިޒްބުއްލާތުން އާ ދެމެދު އެފަދަ ހަމަލާތަކެއް ބަދަލުކޮށްފައިވާއިރު، މި ހަމަލާތައް ފެށުނީ މައްސަލަ ހޫނުވެފައިވާ ޝީބާ ފާމް ސަރަހައްދުގައި ހިޒްބުލާތުގެ ހަނގުރާމަވެރިން ހަރަކާތްތެރިވާން ފެށުމުން ކަމަށް ޔަހޫދީންގެފަރާތުން ބުނެއެވެ. ހިޒްބުއްލާތު ހަނގުރާމަވެރިން އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައި ވަނީ ޔަހޫދީން ސީރިއާއަށް ދިން ހަމަލާއެއްގައި ހިޒްބުލާތު ގެ ހަނގުރާމަވެރިޔަކު މަރުވުމުންނެވެ.