އިސްލާމްދީން ދޫކޮށް މުރުތައްދުވެ، ރަސޫލެއް ކަމަށް ދައުވާ ކުރަމުން ގެންދިޔަ ޕާކިސްތާން މީހަކު އޭނާގެ މައްސަލަ ބަލަން ކޯޓަށް ހާޒިރުކޮށްފައި ހުއްޓާ ބަޑިޖަހައި މަރާލައިފިއެވެ.

ޕާކިސްތާންގެ މީޑިއާތަކުން ބުނާ ގޮތުގައި ޠާހިރު އަހްމަދު ނަސީމް ނަމަކަށް ކިޔާ މީހާ މަރާލީ ޕެޝާވަރުގެ ޑިސްޓްރިކްޓް ކޯޓަކަށް ހާޒިރުކޮށް އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގެ އަޑުއެހުމެއް ކުރިއަށް ދަނިކޮށެވެ. ޠާހިރުގެ ގަޔަށް ހަވަޒަން އެރިކަމަށް "އަލްޖަޒީރާ" އިން ބުނެއެވެ.

ޠާހިރަށް ހަމަލާ ދިނީ ހަތިޔާރު ހިފައިގެން ޝަރީޢަތުގެ އަޑުއެހުމަށް ވަދެ އިން މީހެކެވެ. އޭނާ ހައްޔަރު ކުރިކަމެއް ނުވަތަ ނޫންކަމެއް މީޑިއާތަކުން އަދި ކަށަވަރުކޮށެއް ނުދެއެވެ.

ޠާހިރު މުރުތައްދުވެ ރަސޫލުކަމަށް ދައުވާ ކުރަން ފެށުމުން އޭނާ ހައްޔަރު ކުރީ 2018 ވަނަ އަހަރުއެވެ. އޭރުއްސުރެ އޭނާ ހުރީ ފުލުހުންގެ ބަންދުގައެވެ. ޠާހިރުގެ މައްޗަށް ކުށް ސާބިތުވި ނަމަވެސް އޭނާގެ މައްޗަށް މަރުގެ ޙުކުމް އަންނާނެއެވެ. ޕާކިސްތާންގެ ޤާނޫނުލްއުޣޫބާތު ބުނާ ގޮތުން މުރުތައްދު ވުމަކީ މަރުގެ ޙުކުމް އަންނާނެ ކުށެކެވެ. ނަމަވެސް ޕާކިސްތާންގައި މުރުތައްދުވާ މީހުންނަށް މަރުގެ އަދަބު ތަންފީޒެއް ނުކުރެއެވެ.

މުރުތައްދުވާ މީހުންގެ މަރުގެ އަދަބު ތަންފީޒު ނުކުރި ނަމަވެސް އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނަށް އާއްމުން ހަމަލާދީ މަރާލުމަކީ ޕާކިސްތާންގައި ވަރަށް އާއްމު ކަމެކެވެ. 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިސްލާމްދީނަށް ފުރައްސާރަކުރި 77 މީހަކު ޕާކިސްތާންގައި މަރާލާފައި ވެއެވެ.

އިސްލާމްދީނަށް ފާޑުކިޔާ މީހުންނަށް ޕާކިސްތާންގެ އާއްމުން ހަމަލާދޭތީ އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމާޢަތްތަކުން ވަރަށް ބޮޑަށް އެކަން ކުށްވެރިކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ކަޑަބޮއް

  ގަދަ

  19
 2. ކަޑަބޮއް

  ޣގަދަ ްްްްްްްްްްްްްްްްް

  17
 3. ބޭޗާރާ

  ރަސޫލުކަމަށް ދައުވާ ކުރުމަކީ އިންސާނުންނަށް މިހާރު އޮންނާނެ ހައްގެއް ނޫން.

  30
  1
 4. މޫސަ

  މިރާއްޖޭގައިވެސް އެފަދަ މުރުތައްދުން މަރަންވީދޯ

  30
  3
 5. ތަޯހިރު

  ތާހިރު ވެއްޖެއްނު

  22
 6. ރާބުރި

  އިސްލާމް ދީނަކީ އެންމެ އޯގާވެރި ދީންކަން ސާބިތު. ޝަރީއަތް ގާއިމު ކޮށްފި. ގަދަ

 7. ޢަބްދުއްލަޠީފު

  ބޮލައް ފަސޭހަލެއްނު؟ ކީއްކުރަން ވަގުތުބޭކާރު ކުރާކަށްތޯ.

  12
 8. ތިމް

  ވަރިހަމަ އެއްނު . ރާއްޖޭގައި ތީ ހިތްވަރު ލިބޭކަމެއް. އެހެން މީހަކަށް ނޫން ، މި ދެލޮލުން ދެކުނިން މިދިޔަ ލޮކްޑައުންތެރޭ އޭޑީކޭ ކުރިމަތީ އިން ބޭސްފިހާރަޔަކަށް ވަންނަން ވެލެޒިނީ ގަވަންމެންޓް ކާރު ކޮޅެއްގައި ފުންމާލިތަން. ގައިމު ފާޅުގަ ދީނަށާ ރަސޫލާ އައް ފުރައްސާރަކޮށް ރަސޫލުކަމައް ދައުވާކުރި މީހެއް!