އިންޑިއާގެ އަންދްރާ ޕްރްދޭޝްގެ ހިންދުސްތާން ޝިޕްޔާޑް ލިމިޓެޑްގައި ބޮޑު ކެރޭނެއް، މަސައްކަތުގައި އުޅެމުންދިޔަ ބައެއްގެ ގައިމައްޗަށް ވެއްޓި 10 މީހެއްގެ ހަށިގަނޑު ޗިސްޗިސްވެއްޖެއެވެ.

މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ހިނގާދިޔަ މި ހާދިސާގައި އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއްވެސް ވިއެވެ.

މި ހާދިސާ ހިނގާފައި ވަނީ، ޝިޕްބިލްޑިންގ އިކިއުޕްމެންޓްތަކެއް ނަގައިގެން ކެރޭން މަސައްކަތް ކުރަމުން ދަނިކޮށް، އެތަނުގައި މަސައްކަތް ކުރަމުންދިޔަ މީހުން ކެރޭންގެ އިންސްޕެކްޝަނެއް ކުރިއަށްގެންދަނިކޮށެވެ. ރިޕޯޓްތައް ބުނާގޮތުގައި، އެ ކެރޭން ކުއްލިއަކަށް ވެއްޓުނުއިރު، ވަރަށް ބާރު އަޑެއްވެސް އިވިގެން ދިޔައެވެ.

"އެ ކެރޭން ވެއްޓުނުއިރު، އިންސްޕެކްޝަންގައި ގާތްގަނޑަކަށް 20 ވަރަކަށް މީހުން މަސައްކަތް ކުރަމުންދިޔަ، އެ ކެރޭން ވެއްޓެން ދިޔަ ގަޑީގައި ބައެއް މީހުން ދުއްވައިގަތުމުން ސަލާމަތްވި، ބައެއް މީހުންނަށް އަނިޔާވެސް ވި، މަދުވެގެން 10 މީހަކު އެ ކެރޭންގެ ދަށުވި". ފުލުހުންގެ އޮފިޝަލް ބުނެފައި ވެއެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި، ތިން މީހެއްގެ ހަށިގަނޑު ފުނޑުފުނޑުވެފައިވާ ކެރޭންގެ ބައިތަކުގެ ތެރެއިން ވަނީ ފެނިފައެވެ. އަދި ދެން ބާކީ ތިބި މީހުން ތިބީ ކެރޭންގެ ދަށުވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެ ސަރަހައްދުގައި މިހާރު ފުލުހުންނާއި ޝިޕްޔާޑް އޮފިޝަލުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި ޒަހަމްވި ބައެއް ސްޓާފުން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މިހާރު އެ އެކްސިޑެންޓް ހިނގާދިޔަ ގޮތް ދަނީ ބަލަމުންނެވެ.

ވެއްޓުނު އެ ކެރޭނަކީ މީގެ 10 އަހަރު ކުރިން ފަށައިގެން މަސައްކަތުގައި ބޭނުން ކުރަމުން އައި އެއްޗެއް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިބޯކިބާ

    އިންޑިއާގަ ހަދާ މިކަހަލަ އެއްޗިހި މީހުންއުޅޭ ހިސާބަކާ ކައިރިކުރާކަށްނުވާނެ.

    24
    1
  2. އަހުމަދު

    ނަސީބެއް ދަރުމަވަންތަ ހަސްފަތާލަށް އިންޑިޔާއިން ތަކެތި ނުގެނައިކަން ރައީސް ޔާމިން ނިންމެވީ އިންޑިޔައިން މެޝިން ގެނެސްފިނަމަ އަބަދު އެތަކެތި ހަދަން އުޅެން ޖެހޭނެތީ ޖަރުމަނާއި ޔޫރަޕްގެ ތަކެތި ގެނައީ އެހެންވެ މިހާރު ހޮހަޅައެކޭ ކީ އެމް ޑީ ޕީ މީހުންވެސް ހަސްފަތާތަލް ވަދެ ތިބެނީ އަނގަހުޅުވިފައި މާރިޔާ ދައްތަ ބުނީ އެއީ ހޮހޮޅައެކޭ އެކަމުންއެތަނަށް އެބަވެދޭ

    11
    2