އީދު ދުވަހު ޖަނަވާރުން ކަތިނުލާ، މުސްލިމުން ޖެހެނީ އެދުވަހު އެމީހުންގެ ކުދިން ކަތިލަން ކަމަށް އުއްތަަރްް ޕްރަދޭޝް އަް ނިސްބަތްވާ ބީޖޭޕީ ޕާޓީގެ އެމްއެލްއޭ އެއް ކަމަށްވާ ނަންޑް ކިޝޯރު ބުނެފިއެވެ.

އޭނާ އެގޮތަށް ބުނެފައިވަނީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުގައި އިންޑިއާގެ ކުދި އަވަށްތަކުގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް މިނިވަންކަން ލިބެން ޖެހޭ ކަމަށް ބުނެފައިވަނިކޮށެވެ. އޭނާގެ އެފަދަ ބަސްތަކަށް އެގައުމުގެ ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުންވެސް ފާޅު ކޮށްފައެވެ.

އޭނާ މުސްލިމުންނާއި ދިމާލަށް ބުނެފައިވަނީ މުސްލިމުން ޖެހެނީ އީދު ދުވަހު ޖަނަވާރުން ކަތިލުމުގެ ބަދަލުގައި އެމީހުންގެ ކުދިން ކަތިލަން ކަމަށެވެ. އަދި ޖަނާވާރުންގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރެމުންދާކަން އިނގޭކަަމަށާއި އެހެންކަމުން ކުށެއް ނެތް ޖަނަވާރުން ކަތިލަން ނުޖެހޭ ކަމަށެވެ.

"އެހެންކަމުން އިންޑިއާގެ ގާޒިއާ އާބާދުފެ ޑިސްޓްރިކްޓެއް ކަމަށްވާ ލޮނީގައި ތިބޭ އެއްވެސް ބަޔަކު ރާ ބޭނުންކޮށް، ޖަނަވާރުންގެ މަސް ކާން ފުރުސަތެއް ނުދޭނަން. އެއްވެސް ގޮތަކަށް މައުސޫމު ޖަނަވާރުން ކަތިލައިގެން އެފަދަ ތަކެތީގެ މަސް ކައިގެން ނުވާނެ. އެފަދަ ތަކެތިން ކޮވިޑް-19 ފެތުރޭކަން އެންމެންނަށް އެނގޭ" އޭނާ ބުނެފައި ވެއެވެ.

އޭނާ ބުނީ، އެފަދަ ޖަނަވާރުން ކަތިލާ ފަރާތްތަށް ހުއްޓުވާނެ ކަމަށާއި އެފަދަ އެއްވެސް ކަހަލަ އަމަލެއް އެސަރަހައްދުގައި ހިންގައިގެން ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މިވެސް ކެނެރީގޭ ބުރާންތި ކަހަލަ ބުރާންޗެއްތާދޯ

    159
    6
  2. ދިވެހި

    ތީ ކަލޭމެން ހިންދީންކުރާ ދެއުޅި އެއްނުވާ ނާތަހުޒީބުކަންކަން.

    138
  3. މާމީ

    މިވަރުގެ ބަޔަކާ އަހަރުމެން ގެ ތެރެއިން ހަމާގަތިބެން ނުޖެހޭކަމަށް ދައުވާކުރާ މީހުން ލޮލާލޯ ދިމާކުރަނީ .އިންޑިއާއަކީ މުސްލިމުންނަށް އިޒުރޭލު މީހުނައް ވުރެވެސް ނުބާބައެއް ..

    128
    1
  4. ޖިންނި

    އުޟުހިޔާ ވެސް ކަތިލާނަން ކަލޭމެނަށް ްްްްް އެއް ކަމެއްވެސް ނުކުރެވޭނެ ހަަމަ ހޭރެ ހޭރެ ތިބެން ޖެހޭނީ

    153
  5. ޖިހާދު

    މިކަލޭގެ ކޮށްފަ މައުސޫމު ޖަނަވާރުތަކަށް ކާންދޭންވީ

    98
  6. ގެރީގެ ބޯ

    މީދެން ކާކު މުސްލިމުންނަށް ކަތިލަން ޖެހޭ އެއްޗެހި ބުނެދޭން؟؟އަމިއްލަ ގައުމުގެ އަންހެން ކުދި ޅަދަރިން ރޭޕްކޮށް ދިރި ހުއްޓާ މަރަނީ އެކުދިންގެ މައުސޫމުކަމެއް ނުފެނޭތަ؟؟؟

    129
    1
  7. ޏނނ

    ހަޖަމެއް ނުވި ދޯ ބޭބެއަށް. ބޭބެގެ ދަރިއެއް ހުރިއްޔާ ކަތިލާދޭންވީނު ޓެސްޓަށް

    105
  8. ޤެރި މޯދީ

    ކޮންމެހެން މުސްލިމުންގެ ކުދިން ކަތިނުލާ ކަލޭމެންގެ ކުދިން ކަތިލާބަލަ....... ?

    97
  9. ގެރި މޯދީ

    ކޮންމެހެން މުސްލިމުންގެ ކުދިން ކަތިނުލާ ކަލޭ މެންގެ ކުދިން ކަތިލާބަލަ.......... ?

    82
  10. ކަނަމަނަ

    މިކަހަލަޖަނަވާރުން ދައްކާވާހަކަވެސް މިނޫސްތަކުގަ އެބަލިޔޭ

    53
    1
  11. ކަނަމަނަ

    މިވާހަކަ މިގޮތައްދައްކަ އިންސާނެއްގެ ސިފައިގައިހުއްޓަސް ޝައިތާނާގެ ބަހައްތަބާވެފަހުރިމީހެއް

    53
  12. އޮޅުވާލި ވޯޓު

    މިވަރުގެބަޔަކު ނެތިގެން ކެނެރީގެ މީހާމިއުޅެނީ ދިވެހިން މިގޮތަ ހަދަންވެގެން

    49
  13. ތިމަންނަ

    އަދި މި ކަލޭގެ ކަތިލާތަން އަހުރަމެން ދެކޭނަން ...

    38
  14. ޓޮންނަ

    ކަލޭމެންގެ ދަރީން ކޮޅެއް ހަދިޔާކޮށްދީބަލަ ތިކަން ކޮށްލަން!

  15. މޮޔަ

    ކުދިން އެއީ ކާ އެއްޗެއް ދޯ؟ދުނިޔޭގެ އެންމެ ތަރައްގީ އިންޑިޔާ...އައްޗި.....

  16. ބޯހަލާކު

    ސީދާ އެންމެ މަސްފަލަ ގެރި ކަތިލާނީ ހޭރިހޭރި ތިބެންޖެހޭނި ހިލަބުދުތައް

    15
  17. މާކަންޗޯރް

    މާކަންޗޯރު
    ނަންދުކިޝޯރް

  18. ބަކަރި

    މިކަހަލަ ބަކަރިންތަށް ކަތިލާނެ މީހަކު ހޯދަންވީ!

    10
  19. މުހައްމަދު

    އެހެންވެދޯ ބީޖޭޕީ ކިޝޯރު ރަންނަމާރި ހެދިގެން މީސްމީހުން ރޭޕްކޮށް މަރާލަނީ

    11
  20. ޝާން

    އިންޑިޔާ ގެރި ކާ ހުސް ކޮއްލަންވީ އެމީހުންގެ ކާ ހުސް ކޮއްލަނީ މި ދެން ކޮން ކަމެއް އެމީހުން ނައް ކުރެވޭނީ ބޯގޯސް ޖާހިލު ހިންދީން

    11
  21. ައަހުމަދު

    މައްސަލަޔަކަށް ވަނީ ޖަނަވާރެއް ކަތިލީމަދޯ، ކުށެއްނެތް މައުސޫމް ކުދިން ރޭޕްކޮށް މަރަމުންދާިރު މައްސަލައެއްނެތްދޯ . މިހާވަރަށް ބަޔަކު ޖާހިލްވާނީ ،

    12
  22. ކަލޭގެ ތިނުބާކަން

    ކަލޭގެ ނުބަާކަން ކަލެއެއާ އަރާހަމަ ކުރާނެ ދުވަހެއް އަނާނެ.. އެދުވަސް ކަލެއައް ދައްކަވާށި ... އާމީން..

  23. ނަމަ

    ބީޖޭޕީ ކިޝޯރު ކަތިލީމަ ހުންނާނީ ރަގަޅަށް އީދު އައުމުގެ ކުރިން

  24. މޮގޮމްބޯޯޯ

    ޖަނަވާރު ކަތިލުމަކީ ގޯހެއް އަދި ކުޑަ ކުދިން ކަތިލާށެ ގޮވުމަކީ މާ ބޮޑު ގޯހެއް. ގޯހަކުން ގޯހެއް ރަގަޅެއް ނުވާނެ.

    5
    1
  25. ވިސްނޭ

    ތިހެންކިޔާފަ މި ގައުމަށް އަރާބަލަ..ރާކަނިމަސް ކާންދޭނަން...ބުއްޅަބޭކަހަލަމީހުން..