ކޮވިޑް-19 އަށް ރަޝިއާ އިން އުފެއްދި ވެކްސިން މިމަހު 10 ގައި ދޭން ފަށާނީ މަދު ބަޔަކަށް ކަމަށާއި ގިނަ ބަޔަކަށް ވެކްސިން ދޭން ފަށާނީ އޮކްޓޯބަރ މަހުގައި ކަމަށް ރަޝިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރަޝިއާ އަކީ ކޮވިޑް-19 އަށް ވެކްސިނެއް އެޕްރޫވް ކުރާ ފުރަތަމަ ގައުމަށް ވެގެން ދާނެއެވެ. ރަޝިއާ އިން އުފެއްދި ވެކްސިން ބޭނުން ކުރަން ފަށަނީ އެކަށީގެންވާ ވަރަށް ތަހްލީލް ނުކޮށް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ރަޝިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ރަޝިއާގެ ހެލްތު މިނިސްޓަރ މީކާއީލް މުރަޝްކޯ ވިދާޅުވީ ކޮވިޑް-19 އަށް ރަޝިއާ އިން އުފެއްދި ވެކްސިން އެންމެ އަވަހަށް ދޭނީ ޑޮކްޓަރުންނާއި ޓީޗަރުންނަށް ކަމަށެވެ.

މުރަޝްކޯ ވިދާޅުވީ ގަމަލެޔާ އިންސްޓިއުޓުން އުފެއްދި ވެކްސިން ރަޖިސްޓްރީ ކުރުމަށް ބޭނުންވާ ތަހްލީލްތަކާއި، ލިޔެކިޔުންތައް މިހާރު ނިމިފައިވާ ކަމަށެވެ.

"އަހަރެމެން ރާވާފައި ވަނީ ފުޅާ ދާއިރާއެއްގައި ވެކްސިން ދިނުން އޮކްޓޯބަރ މަހު ކުރިއަށް ގެންދަން. އެންމެ ފުރަތަމަ ވެކްސިން ދޭނީ ޑޮކްޓަރުންނާއި ޓީޗަރުންނަށް." މުރަޝްކޯ ވިދާޅުވިއެވެ.

ރަޝިއާގެ ވެކްސިން އޮކްޓޯބަރ މަހު ދޭން ފެށިނަމަވެސް އެވެކްސިން ވެގެން ދާނީ އެންމެ އަވަހަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަން ފަށާ ވެކްސިނަށެވެ. ދެން އެންމެ އަވަހަށް ވެކްސިނެއް އުފައްދާނެ ކަމަށް ބެލެވޭ ޗައިނާގެ ބައެއް ވެކްސިން އާއި އިނގިރޭސިވިލާތުގެ އޮކްސްފޯޑްގެ ވެކްސިން މިއަހަރުގެ ފަހުކޮޅު އާއްމުކޮށް ބޭނުން ކުރަން ފަށާނެ ކަމަށް ބެލެވެއެވެ. ނަމަވެސް އެމެރިކާގެ ކުންފުނިތަކުން އުފައްދާ ވެކްސިން ބޭނުން ކުރަން ފެށޭނީ ބެލެވޭ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަހުތާނު އަހުމަދު

    އެމެރިކާއިންބުނާނީ އެމެރިކާގެވެކްސިން ރަޝިޔާއިން ވަގަށްނެގީއޭ .. ދެންބުނާނީ އެވެކްސިންކަމަކުނުދާނެއޭ .. އެމީހުން ނޫންބަޔަކަށް އެފަދަކަމެއްވުމަކީ ވެގެންވާނެކަމެއްނޫން ... ރަޝިޔާގެ ތިޔަލެބޯޓަރީއަށް މިސަލެއްނުފޮނުވާފިއްޔާ ކިތަންމެހާވެސްރަނގަޅު ...

    10
    • ބިބީ

      ތީހަމަ ތެދެއް

  2. ފާތުން

    ތީ.އަނެއްކާ ޔަގީން ވެކްސިންތަކެއްތަ.

    6
    1
  3. ޣަނީ

    ތި ވެކްސިން ޖަހާ ގިނަ ބަޔަކު ބަލިކޮށް ނެތިކޮށްލައިގެން ވިޔަސް ތި ވެކްސިން އެޕްރޫވް ވިޔަ ނުދިނުމަށް އެމެރކާ އިން މަސައްކަތް ކުރާނެކަމަށް ތުހުމަތު ކުރެވޭ

  4. މޮޔައެނޮނިމަސް

    މަ ޙީ ކުރީ ސަ އުދީން ކަމަށް ވެކްސިން ހޯދާނީ