ދެކުނު އެފްރިކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް އަރައިފިއެވެ.

އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 503,290 އަށް އަރާފައެވެ. އެ ގައުމަކީ މިހާރު ދުނިޔެއިން ފަސް ވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވި ގައުމަށެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ދެކުނު އެފްރިކާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި އާ ވޭދަނައެއް (ކޭސް)އެއް ފެނިފައެއް ނުވެއެވެ. އަދި އެ ގައުމުން ފާއިތުވި 24 ގަޑިއިރު ތެރޭގައި މި ބަލީގައި މީހަކު މަރުވެފައެއް ނުވެއެވެ.

ދެކުނު އެފްރިކާގެ ބަލީގެ ހާލަތަށް ބަލާއިރު، އެ ގައުމުން 8,153 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ. އަދި މިހާރު އެ ގައުމުގައި ބަލި ޖެހިގެން ފަރުވާ ހޯދަމުން ދަނީ 152,676 މީހެކެވެ.

ދެކުނު އެފްރިކާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ވޭދަނަ އެއް ފެންމަތިވެފައި ވަނީ މިދިޔަ މާރިޗު މަހުގެ 1 ވަނަ ދުވަހުއެވެ.