ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19ގެ ވޭދަން (ކޭސް) ތައް އިތުރުވަމުން އަންނާތީ އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓްގައި ކާރިސާގެ ހާލަތު އިއުލާނު ކޮށްފިއެވެ.

ވިކްޓޯރިއާ ސްޓޭޓްގައި ކާފިއު އިއުލާނު ކުރުމާއިއެކު އެގައުމުގައި މިރޭ 20:00 އިން ފެށިގެން ފަތިހު 5:00 އަށް ބޭރުގައި އުޅުން ވަނީ މަނާ ވެފައެވެ. މިވަގުތު ތަކުގައި އެއްވެސް އުޒުރަކާއި ނުލައި އެއްވެސް މީހަކަށް ބޭރަށް ނުދެވޭނެއެވެ. މިވަގުތުގައި އެގައުމުން ބޭރަށް ދެވޭނީ ސިއްހީ ހިދުމަތްތެރިންނާއި ވަޒީފާއަށް ދާ މީހުންގެ އިތުރުން އެކި ކަންކަމުގައި މީހުންނަށް އެހީތެރިވުމަށްދާ ފަރާތްތަކަށެވެ.

މިފަރާތްތަކުން ފިޔަވައި އިތުރު މީހުން އެގަޑިތަކުގައި ބޭރުގައި އުޅޭ ނަމަ އެގައުމުގެ ފުލުހުން އެމީހުންނާއި ވާހަކަ ދައްކައި ނަސޭހަތްދޭނެ ކަމަށް ވަނީ ބުނެފައެވެ.

ވިކްޓޯރިއާގައި ކާފިއު އިއުލާނު ކުރުމާއި ގުޅިގެން، ޒަރޫރީ ބޭނުންތަކަށް ބޭރަށް ނިކުމުގެ ހުއްދަ އޮންނަނީ ގެއަކުން އެންމެ މީހަކަށެވެ. އެގޮތަށް ބޭރަށްދާ މީހުންނަށްވެސް ވިޔަފާރި ކޮށްލުމަށް އުޅެވެނީ ދިރިއުޅޭ ސަރަހައްދުގެ 5 ކިލޯމީޓަރުގައެވެ. މީގެ އިތުރުން ކަސްރަތު ކުރުމަށް ނިކުންނަ ފަރާތްތަކަށްވެސް ތިބެވެނީ ހަމަ އެ ސަރަހައްދުތަކުގައެވެ.

މި ހާލަތުގައި ރެސްޓޯރެންޓްތަކަށް އަރައި ކޮފީ ބިއުމާއި ކެއުން ވަނީ މަނާ ކޮށްފައެވެ. ހަމަ އެކަނި ރެސްޓޯރެންޓްތަކުން ވަނީ ޑެލިވަރީގެ ހިދުމަތް ދިނުމަށް ނިންމާފައެވެ.

މީގެއިތުރުން ސްކޫލްތައްދާ ކުދިން ގޭގައި ތިބެގެން އޮންލައިންކޮށް ކްލާސްތައް ނެގުމަށާއި ރޭގަނޑު ވަގުތު ދަތުރުފަތުރު ވީހާވެސް މަދުން ކުރުމަށް އެ ކާފިއުގައި ވަނީ ބުނެފައެވެ.

އޮސްޓްރޭލިއާއިން މިހާތަނަށް ކޮވިޑް-19 ގެ 17,895 ވޭދަނައެއް ފެނިފައިވާއިރު، އޭގެ ތެރެއިން 11,557 ވޭދަނަކީ ވިކްޓޯރިއާ ސްޓޭޓުން ފެނިފައިވާ ވޭދަންތަކެވެ. އެސްޓޭޓުން މިހާތަނަށް މި ބަލި ޖެހިގެން 123 މީހަކުވެސް ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު