އިންޑިއާގެ ހޯމް މިނިސްޓަރ އަމިތު ޝާހް ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެންޑީޓީވީން ރިޕޯޓްކޮށްފައިވާގޮތުގައި، އަމިތް އަށް މިހާރު ދަނީ ދިއްލީގެ ހަރްޔަނާ ގުގުރާމްގެ މެޑަންޓާ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.އަދި އޭނާ އެޑްމިޓްކޮށްފައި ވަނީ ޑޮކްޓަރުންގެ ލަފާގެ މަތިން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އެ ގައުމުން 17 ލައްކައަށް ވުރެ ގިނަ މީހަަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

"ކޮވިޑް-19ގެ އަލާމާތްތައް ފެނިގެން އަހަރެން ކޮވިޑް-19 އަށް ޓެސްޓު ކުރިން، ޓެސްޓުގެ ނަތީޖާ ވަނީ ފައްސިވެފައި. އަހަރެންގެ ސިއްހަތު ރަނގަޅު، އެކަމަކު އަހަރެން އެޑްމިޓްކޮށްފައި މިއޮތީ ޑޮކްޓަރުންގެ ލަފާގެ މަތިން". އަމިތް ވިދާޅުވިއެވެ.

އޭނާ ވަނީ، އޭނަ ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން އޭނާއާ ކޮންޓެކްވި މީހުން އެކަހެރިވެ، ބައްޔަށް ޓެސްޓު ކުުރުމަށް އެދިފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އުމުރުން 55 އަހަރުގެ އަމިތް މީގެ ދުވަސްކޮޅެއް ކުރިން ކެބިނެޓް ބައްދަލުުވުމަށްކަށްވެސް ގޮސްފައި ވެއެވެ. އެހެންްކަމުން ކޮންޓްކްޓް ޓްރޭސިންގ ހަދައި، އޭނާއާ ބައްދަލުވި މީހުން އެކަހެރި ވާން އަންގާނެއެވެ.

އިންޑިއާގައި ބައެއް ސިޓީތަކުގެ ވެރިންވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އިންޑިއާއަކީ ބަލީގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމު ތެރެއިން ގައުމެކެވެ. ދެކުނު އޭޝިއާ ސަރަހައްދުގައި އެންމެ ގިނަބަޔަކު ފައްސިވެފައި ވަނީވެސް އިންޑިއާއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ރަދީފް

  ރަނގަޅު ހަބަރެއް.

  28
  1
 2. ޢަންސާރު

  ﷲ އަކްބަރް

  25
 3. އަޙްމަދު

  އެމްޑީޕީ އިސްކުދިންކޮޅު ވަރަށް ދެރަވަނެ!

  29
 4. Anonymous

  މުސްލިމުން ނާއި މެދު ރަޙްމުގެ ކަންފުޅެއްވެސް ނުހުންނަ ބައެއް. އުޟްޙިޔާ ކަތިލާތީ އެކަމާދެކޮޅަށް ދެއްކިވާހަކަ ބަލާބަލަ. ނުބައިބައެއް އެނުބައި މީހުން މިސަރުކާރުން މާރަނގަޅު ވެގަނެގެން.

  22
  1
 5. އަދުދުﷲ

  އަދިކިރިޔާތިލިޔަނީ ހަބަރެއް އުފާވެރިހަބަރެއް

  16
 6. އަލީ

  ތިކަލޭގެ މަރުވާނެނަމަ ކިހާރަގަޅު

 7. ބުއްޅަބޭ

  އުފާވެރި ކަން ހުރި

 8. ބަކުރުބެ

  ﷲ އަކްބަރް

  10
 9. ބޮޑޭ އަހައްމަދު

  ޔާﷲ މިބަލީގައި މިނުބައިކަލޭގެ ފުރާނަ ހިތްޕަވާންދޭ !

 10. ޢަލީ

  ނަސީބެއް

 11. މުހައްމަދު ސ

  ޔާ ﷲ މި ޖައްބާރު ކަލޭގެއަށް އިބަ ﷲ ތެދުމަގު ދެއްކެވުން ނުވާނަމަ. ކޮވިޑު 19 އަކީ މީނާ އަށް އިބުރަތެއް ކަމުގައި ލައްވާފާނދެއެވެ.

 12. ގެރިމޯދީގެ ކަންޒުކަހަނބު

  މަށަށް ކޮން ނޮހޮރުއްޕާނެއް