ކޮވިޑް-19 ގެ ހާލަތުގައި އެތައް ހާސް ބަޔަކު އެއްކޮށްގެން ބާއްވާ ދީނީ ހަރަކާތެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައިވެރިވެވަޑައިގަންނަވާތީ ފާޑު ކިޔުން އަމާޒުވާން ފަށައިފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މާދަމާ އަޔޮދްޔާގެ ރާމް ފައްޅި ހުޅުވަން ގޮސް، އޭނާ އެތަނުގައި ތިން ގަޑިއިރު ވަރު ހޭދަކުރަން ވަނީ ހަމަޖެހިފައެވެ.

މޯދީގެ އިތުރުން ސަރުކާރުގެ އިސް ސަފުގެ ހަތަރު މީހުން ބައިވެރިވާ އެ ހަރަކާތަށް އެތައް ހާސް ބަޔަކު އެއްވާނެ ކަމަށް ބެލެވެއެވެ.

މި ދަތުރުގައި އޭނާ އުއްތުރަ ޕްރަދޭޝްއަށް ދިއުމަށް ފަހު ހަމާންގަރީ ފައްޅި އަށްވެސް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެތަނަކީ ވެސް ގިނަ އަދަދަކަށް ހިންދޫއިން އަޅުކަން ކުރަންދާ ތަނެކެވެ.

ރާމް ފައްޅީގެ ޓްރަސްޓު އޮފިޝަލުން ބުނާ ގޮތުން މާދަމާގެ އިވެންޓަކީ މެގަ އިވެންޓެއްކަމުން ވީހާވެސް ގިނަ ބަޔަކު ޖަމާކުރަން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި އެ ފައްޅި ހުޅުވަން 40 ކިލޯގެ ރިހިން ހަދާފައިވާ ގަލެއް ކަހަލަ އެއްޗަކުން ބިންގާ އަޅާނެ ކަމަށް ވެސް އެ މީހުން ބުނެއެވެ.

މި ހަރަކާތުގެ މައިގަނޑު އިވެންޓު އޮތީ މާދަމާ ކަމަށްވީ ނަމަވެސް، އިއްޔެއިން ފެށިގެން އެ ސަރަހައްދަށް މީހުން ދަނީ އެއްވަމުންނެވެ.

އެ އެއްވުމުގައި ޚާއްސަ ދައުވަތު ދީފައިވާ 175 މީހަކާ އެހެން މީހުންނާއި ދެމެދު ބެރިކޭޑް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

އެ 175 މީހުންނަކީ ފާދިރީންނާއި ހިންދޫންގެ އިސް ބައެއް މީހުންނެވެ.

އެތައް ހާސް ބަޔަކަށް ކޮވިޑް-19 ޖެހެމުން ދަނިކޮށް ފަރުވާލެއް ނެތި މިފަދަ ބޮޑު ހަރަކާތެއްގައި މޯދީ ބައިވެރިވުމަކީ ދެވޭ ވަރަށް ނުބައި މެސެޖެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.

އަދި އެ ހަރަކާތުގެ ސަބަބުން ސަރުކާރުގެ އިސް މީހުންވެސް ނުރައްކަލަށް ހުށަހެޅޭ އިރު އާއްމުންނަށް ރަނގަޅު ނަމޫނާއެއް ދައްކަން ޖެހޭ ކަމަށް ބުނެ މީޑިއާ އާއި އާއްމުން ވަނީ މޯދީ އަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ގ

  ނުލަފާ އަނިޔާވެރި އިންޑިއާ

  31
  1
 2. ސާހިދު

  ގެރި މޯދީ

  30
 3. Anonymous

  މީ ބުއްޅަބޭ ހިނގާ މަގުން ހިނގަން ދަސްކޮށް ގެން އުޅޭ މީހުން!! އޯކޭ ވީހާވެސް ގިނަ ހިންދޫ ރައްޔިތުން ޖަމާވާންވީ. އޭރުން އަރުގަ ކޮވިޑް ރަހަ ގަދަޔަށްލާނީ!

  26
 4. ބޭޗާރާ

  ފިރުއައުނު ލަޝްކަރު ގޮވައިގެން ކޯރުގެ އައްސޭރިޔަށް ދިޔަ ފަދައިން މޯދީވެސް ފައްޅިއަށް މީހުން އެއްކުރަނީ. ﷲ އިރާދަކުރެއްވިއްޔާ މި ފަހަރު މި ނުބައިކަލޭގެ ކިބައިން ފެންނަ ނުބައިކަމަށް ނިމުން އަންނާނެ.

  34
  • ރަގަޅު

   އާމީން

   18
 5. ިބޯކިބާ

  ހާދަ ރީތި ދޯޕައްޓާއެކޭ.

  8
  2
  • މައި އޭސް

   ????

 6. މުޙައްމަދު

  މި ފައްޅި މިއެޅީ އަޔޯދިޔާގައި ހުރި މުސްލިމުންގެ ބާބްރީ މިސްކިތް މޯދީގެ ހައްދުފަހަނައެޅި ހިންދޫ ގުރޫޕުންް ތަޅާލައި އެތާނގައި. ވަގުތުން އެކަންވެސް ހިއްސާކޮށްލިނަމަ..