ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި މިރޭ ގޮވި ބާރުގަދަ ގޮވުމާއި ގުޅުން، މި ހާދިސާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ އިސްރާއިލް އިންވެސް ލުބުނާނަށް އެހީވާން ހުށަހަޅައިފިއެވެ.

އިސްރާއިލް އިން ލުބުނާނަށް އެހީވާން ހުށަހަޅާފައިވާއިރު، އެޤައުމަކީ ލުބުނާނާއެކު ހަނގުރާމަ އިއުލާނުކޮށްފައިވާ ޤައުމެކެވެ. މި ސަބަބަށްޓަކައި މި ހާދިސާގެ ފަހަތުގައި ވަނީ އިސްރާއިލް ކަމަށް ބުނަމުން ދެއެވެ.

ނަމަވެސް އިސްރާއިލް އިން ވަނީ ހާދިސާ ހިނގިތާ މާގިނައިރެއް ނުވެ، އެއީ އެޤައުމުން ދިން ހަމަލާއެއް ނޫން ކަމަށް ބުނެފައެވެ.

މި ހާދިސާ އާއި ގުޅިގެން ކުރެވެމުންދާ ތުހުމަތުތަކާއެކު އިސްރާއިލްގެ ފޮރިން މިނިސްޓަރ، ގަބީ އަޝްކެނާޒީ ބުނެފައި ވަނީ މި ގޮވުމަކީ އަލިފާނުގެ ހާދިސާއަކާއި ގުޅިގެން ހިނގި ކަމެއް ކަމަށެވެ. އެހެންކަމުން މިއީ އެކްސިޑެންޓެއް ކަމަށް ޤަބޫލުނުކުރަންވީ ސަބަބެއް ނެތް ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހާދިސާ ހިނގިތާ ގިނައިރެއް ނުވަނީސް މިއީ އެކްސިޑެންޓެއް ކަމަށް އިސްރާއިލް އިން ބުނަމުން ދިޔުމާއި ގުޅިގެން އެޤައުމަށް ކުރެވޭ ތުހުމަތުތައް މިހާރު ވަނީ އިތުރުވާން ފަށާފައެވެ.

އިސްރާއިލް އިން ލުބުނާނަށް އެހީވާން ތައްޔާރު ކަމަށް ބުނެފައިވާއިރު، ޔަހޫދީ އެ ޖަމާޢަތަކީ އެޤައުމާއި އިންވެގެން އޮންނަ ފަލަސްތީނަށް އާންމުކޮށް މިފަދަ ގިނަ ހަމަލާތައް ދެމުން އަންނަ ޤައުމެކެވެ. އިސްރާއިލްގެ ވެރިން ފަހަތުގައި ތިބެގެން މުސްލިމުންނަށް އަމާޒުކޮށްދޭ މިފަދަ ހަމަލާތަކުގައި އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައި ވެއެވެ.

މިރޭ ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން މުޅި ދުނިޔޭގެ ސަމާލުކަމަށް އައިސްފައިވާއިރު، އެ ސިޓީއަށް މި ގޮވުމާއި ގުޅިގެން ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. މި ހާދިސާ ހިނގި ވަގުތު ނަގާފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހާދިސާ ހިނގި ވަގުތު ބޮޑު ސަރަޙައްދެއް ވަނީ ސުންނާފަތިވެ ކުދިކުދިވެފައެވެ.

އެތައް އިމާރާތަކާއި ގެތައް ބިމާއިހަމަވި މި ހާދިސާގައި މިހާތަނަށް 25 ވަރަކަށް މީހުން މަރުވިކަން ކަށަވަރުކުރެވިފައި ވެއެވެ. މީގެ އިތުރުން އެތައް ސަތޭކަ ބަޔަކަށް މި ހާދިސާ އާއި ގުޅިގެން އެކިވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ވެސް ލުބުނާނުގައި ހިނގި މިފަދަ އެންމެ ނުރައްކާތެރި ހާދިސާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. މަކަރުވެރިން

  އިސްރާއީލް ތިއުޅެނީ ހިޒްބުﷲ ހައް ބިރުން...
  އިސްރާއީލު ދަނޭ ލުބުނާންއަށް ހަމަލަދިނުންއެއީ
  2006ގެ ހަނގުރާމަ ތަކުރާރުވުން....އެބަހީ ހިޒްބުﷲ ގެ މިސައިލުތައް އިސްރާއީލައް އޮއްސާނެ
  ކަން....

  6
  1
 2. ފަޓާސް

  އިސްރާއީލް ބިރުންފިއްކެނޑިއްޖެ އެމީހުންނަށް ނުކެރޭނެ ޒިންމާނަގާކަށް...އެމީހުން ޒިންމާ ނަގައިފިއްޔާ
  ތިންވަނަ ލެބަނަން ވަރ ފެށޭނެ ހިޒްބުﷲ އާއި
  އިޒްރޭލާއި.

  6
  1