ލުބުނާނުގެ ވެރިކަންކުރާ ބެއިރޫތުގައި މިރޭ ހިނގި ބާރުގަދަ ގޮވުމާއި ގުޅިގެން އެންމެ ބޮޑަށް ތުހުމަތު ކުރެވޭ އިސްރާއިލް އިން ލުބުނާނަށް ހަމްދަރުދީގެ މެސެޖެއް ފޮނުވައިފި އެވެ.

މި ހާދިސާ އާއި ގުޅިގެން އިސްރާއިލްގެ ރައީސް، ރެއުވެން ރިވްލިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި އުނދަގޫ ވަގުތުގައި ލުބުނާނުގެ ރައްޔިތުން ކުރަމުންދާ ހިތާމައިގައި އިސްރާއިލް އިން ބައިވެރިވާ ކަމަށެވެ. އަދި ލުބުނާނަށް އެހީވާން އިސްރާއިލް ތައްޔާރަށް އޮތް ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

އިސްރާއިލް އިން ލުބުނާނަށް އެހީވާން ހުށަހަޅާފައިވާއިރު، އިސްރާއިލް އިން ބުނެފައި ވަނީ ބެއިރޫތަށް ބޭނުންވާ ސިއްޙީ ސާމާނު އެބަހުރި ކަމަށާއި، އެތަކެތި އިސްރާއިލްގެ ވުޒާރާތަކާއި އިދާރާތައް މެދުވެރިކޮށް ލުބުނާނަށް ފޯރުކޮށްދޭން ބޭނުންވާ ކަމަށެވެ.

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

ލުބުނާނަށް ކުރިމަތިވި މި ހިތާމަ އާއި ގުޅިގެން އިސްރާއިލް އިން ހަމްދަރުދީވުން ފާޅުކުރާއިރު، އެޤައުމަކީ ލުބުނާނާއެކު ހަނގުރާމަ އިއުލާނުކޮށްފައިވާ ޤައުމެކެވެ. އަދި ލުބުނާނަށް ގެއްލުންދޭނެ ކަމުގެ އިންޒާރު މީގެ ކުރިން އެކި ފަހަރުމަތިން އިސްރާއިލް އިން ދީފައި ވެސް ވެއެވެ.

މިރޭގެ ހާދިސާ އާއި ގުޅިގެން އެންމެ ފުރަތަމަ ދިފާޢުގައި ވާހަކަދެއްކި ފަރާތްތަކުގެ ދެތޭގައި އިސްރާއިލްގެ ޔަހޫދީ ދައުލަތް ހިމެނެއެވެ. މިގޮތުން އެދަޢުލަތުގެ އިސް ވެރިން ބުނެފައިވަނީ ހާދިސާގައި އިސްރާއިލްގެ އަތެއް ނެތް ކަމަށެވެ. އަދި އެއީ އަލިފާނުގެ ހާދިސާއަކަށްފަހު ހިނގި "އެކްސިޑެންޓެއް" ކަމަށް ވެސް އިސްރާއިލް އިން ވަނީ ބުނެފައެވެ.

ބެއިރޫތުގައި ހިނގި ބާރުގަދަ ގޮވުން

ލުބުނާނަށް ތަފާތުއެކި އިންޒާރު ދެމުންދިޔަ އިސްރާއިލް އިން މި ހާދިސާ އާއި ގުޅިގެން ކުރެވޭ ތުހުމަތުތައް ދޮގު ކުރަމުންދާއިރު، އެޤައުމުގެ ހައްދުފަހަނައަޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ ދާދިފަހުންވެސް ލުބުނާނަށް އިންޒާރު ދީފައެވެ.

ސަރަޙައްދީ އިމުން ލުބުނާނާއި ގުޅިފައިވާ އިސްރާއިލް އަކީ މެދުއިރުމަތީގެ ގިނަ ޤައުމުތަކުގެ ދުޝްމަނެކެވެ. ޚާއްސަ ގޮތެއްގައި މުސްލިމް ގިނަ އަދަދަކަށް އުޅޭ ޤައުމުތަކާއި ދެކޮޅަށް އިސްރާއިލް އިން މީގެ ކުރިންވެސް ތަފާތު އެކި ޖަރީމާތައް ހިންގަމުން ދެއެވެ. އޭގެތެރޭގައި ފަލަސްތީނާއި ސީރިޔާ ހިމެނެއެވެ.

ބެއިރޫތުގައި މިރޭ ހިނގި ހާދިސާގައި އެ ސިޓީގެ ބޮޑު ސަރަޙައްދެއް ވަނީ ބިމާއި ހަމަވެފައެވެ. މި ނުރައްކާތެރި ހާދިސާގައި އެތައް އިމާރާތެއް ސުންނާފަތިވެ ކުދިކުދިވެފައިވާއިރު، މިހާތަނަށް 70 އަށްވުރެ ގިނަ މީހުން މަރުވެ 3000 އެއްހައި މީހުންނަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާދެމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަހުސަން

    އިސްރާއީލު އުޅެނީ ބިރުން...ހިޒްބުﷲގެ ރައްދު އައިސްފާނެތީ ...އެހެންނޫންނަމަ އިޒްރޭލް އަކީ ތިހާ ރަހުމްހުރި ގައުމެއް ނޫން...ހަމްދަރުދީވާކަށް

    24
  2. ބާރީ

    ދިވެހި ގައުމު ހަމްދަރުދީ ވޭބާ؟؟؟ ނޫނީ މި ގައުމު އޮތީ ގަދަ ނިދީގަ ބާ؟؟؟

  3. އައްޑޫ މީހާ

    އިސްރޭލުން އޮތީ އިންޒާރު ދީފައި މާކުރިންވެސް މިކަން ކުރާނެ ކަމަށް މިއީ ގަސްތުގައި އިސްރޭލުން ކުރި ކަމެއް

  4. އާމްސްޓްރޯންގު

    އިޒްރޭލު ދުވަހަކުވެސް ބިރު ގަންނާކަށް ނުޖެހޭނެ. މާޒީއަށް ބަލާފަ ކަން ހިނގާފައި އޮތް ގޮތް ބަލައި ބަލަ. ކަލޭމެން ކިތަންމެ ނަފްރަތު ކުރިޔަކަސް ކަލޭމެންނަށް ވުރެން އިންސާފުވެރި ވާނީ އަދިވެސް އެމީހުން.

    1
    3