ލުބްނާންގެ ވެރިރަށް ބެއިރޫތްއަށް ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ލިބުނު ގެއްލުންތަކުގައި އެތަނުގެ ތިން ހޮސްޕިޓަލެއް ބިމާ ހަމަވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ "އިންޑެފެންޑެންޓް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ގޮވުމުގެ ބާރުގަދަ ކަމުގެ ސަބަބުން މުޅި އެ ސަރަހައްދަށް އެވަގުތު ބިންހެލުމެއް ފަދައިން ވަނީ ލޮޅުން އައިސްފައެވެ. ބެއިރޫތްގެ ތިން ހޮސްޕިޓަލެއް މި ހަމަލާގައި އެއްކޮށް ބިމާ ހަމަވެގެން ގޮސްފައިވާކަމަށް އެ ނޫހުން ބުނެފައި ވެއެވެ،.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި "ހޮސްޕިޓަލް އޮފް ސެއިންޓް ޖޯސެފް" ހިމެނޭހެން ތިން ހޮސްޕިޓަލެއް ވަނީ މި ބާރުގަދަ ގޮވުމުގައި ހަލާކުވެގެން ގޮސްފައެވެ. މި ގޮވުންތަކާއި އެކު މުޅި އެސަރަހައްދަށް 3.5 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އައިސްފައިވާކަމަށާއި، އެ ބިންހެލުމުގެ އަސަރު 290 ކިލޯމީޓަރުގެ ސަރަހައްދަކަށް ކޮށްފައިވާކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަލާގައި ސެއިންޓް ޖޯސެފް ހޮސްޕިޓަލު އެއްކޮށް ރޫޅި ހަލާކުވެގެން ގޮސްފައިވާކަމަށާއި، އެތަނުގައި ސަލާމަތުން ތިބި ޑޮކްޓަރުން ކުއްލި ފަރުވާ ދެމުން ދިޔައީ ބޭރު ޕާކިން އޭރިއާގައި ކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

އަދި މިހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގިނަ އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާދިސާގައި މަރުވި މީހުންގެ އަދަދު އަދި އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވެއެވެ. ބާރުގަދަ ގޮވުމުގެ ސަބަބުން އަލިފާން ރޯވި ސަރަހައްދުންނާއި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުންގެ ހަށިތައް ނެގުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް އެބަގެންދެއެވެ.

މިހާތަނަށް ބެލެވިފައިވާ ގޮތުގައި ގޮވާފައި ވަނީ އެމޯނިއަމް ނައިޓްރޭޓް ރައްކާކޮށްފައި ހުރި ގުދަންތަކެއްގައެވެ. އެތަކެތި ގުދަންތަކުގައި ހުންނަތާ ހައަހަރު ދުވަސް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. އަލީ

  ތިއީ ލުބްނާނަށް ދިން ހަމަލާއެއް ނޫން. އިންސާނިއްޔަތަށް ދިން ހަމަލާއެއް. ތިފަދަ ހަމަލާތައް ދޭނީ ވަލު ޖަނަވާރުން ގޮތަައް އުޅޭ ފަރާތްތަައް. އިޒްރާއީލްއަކީ އެއީ މިކަމުގައި އަރާއޮތް ބައެއް. އެމީހުންނާއި ގުޅުން ބަދަހި ނުވެގެން މިސަރުކާރުގެ ވެސް ޔަހޫދީ ބައިގަނޑެއްް އެބަ އެބުރޭ

  6
  2
 2. އައްޑޫދޮނާ

  އަލީ ކަލޭ މިސަރުކާރޭ ކިޔައިގެންހޭރޭނެ ކަމެއްނެތް. ރާއްޖޭގައި ދެން އަބަދުވެސް ވެރިކަންކުރާނީ މިޕާޓީން. އަހަރެމެންގެ ޕާޓީން. މި ލޯބިލޯބި އެމް.ޑީ.ޕީ އިން. ކަލޭ ތިހެން ހަޅޭލަވަލަވާ އޮވޭ. ޙެހެހެހެހޭހޭހޭ.ލޮލް

  2
  2