ލުބްނާންގެ ވެރިރަށް ބެއިރޫތްއަށް ޕޯޓްގައި ހުރި ގުދަންތަކެއްގައި ބާރުގަދަ ގޮވުމެއް ގޮވައި ލިބުނު ގެއްލުންތަކުގައި އަރައިގަތުމަށް އޮސްޓްރޭލިއާއިން 1.4 މިލިއަން ޑޮލަރު ދޭން ނިންމައިފިއެވެ.

އޮސްޓްރޭލިއާއިން ލުބްނާންއަށް އެހީދޭން ނިންމާފައި ވަނީ އިންސާނިއްޔަތަކަށްޓަކައި ބެއިރޫތުގައި ހިނގި އެ ހާދިސާއިން ސަލާމަތް ވުމަށް ދޭ އެހީއެއްގެ ގޮތުގައެވެ.

އޮސްޓްރޭލިއާއިން ފޮރިން މިނިސްޓަރ މެރިސް ޕޭން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ފައިސާތައް ދާނީ ދުނިޔޭގެ ކާނާ ބެހޭ ޕްރޮގްރާމާއި އަދި ރެޑް ކްރޮސްއަށް ކަަމށާއި، އެއީ އެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް ކާނާއާއި، ސިއްހީ އެހީތެރިން އަދި ބޭނުންވާ މުހިންމު ސާމާނުތައް ފޯރުކޮށްދިނުމަށް ކަަމަށެވެ.

އޮސްޓްރޭލިއާއި އާއި ލުބްނާންއާ ދެމެދު ގާތް ގުޅުމެއް އޮންނަކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

މެ ހާދިސާގައި އޮސްޓްރޭލިއާގެ ރައްޔިތަކުވެސް ވަނީ މަރުވެފައެވެ. އަދި ލުބްނާންގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީއަށްވެސް ވަނީ ގެއްލުންވެފައެވެ.

އޮއްުެ އެ މިހާދިސާގައި މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހޯދިފައިނުވާއިރު، މި ހާދިސާ ހިނގި ސަރަހައްދުގައި ހުރި ގިނަ އިމާރާތެއް ވަނީ ބިމާ ހަމަވެފައެވެ.މީގެ ތެރޭގައި ހޮސްޕިޓަލްތައް ހިމެނެއެވެ.