ޗައިނާ އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި ގިނަ މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ޒޮންގްނަން ހޮސްޕިޓަލްގެ ޓީމަކުން ވަނީ ޗައިނާގައި ކޮވިޑް-19 ޖެހުނު 100 މީހެއް ބޭނުންކޮށްގެން ދިރާސާއެއް ހަދައިފައެވެ. އެ ދިރާސާގެ ނަތީޖާ ދައްކާ ގޮތުގައި އޭގެ ތެރެއިން 90 އިންސައްތަ މީހުންގެ ފުއްޕާމެއަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ފަސް އިންސައްތަ މީހުން އަލުން ކޮވިޑް-19 އަށް ފައްސިވެގެން ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި ދިރާސާގައި ބައިވެރިކޮށްފައި ވަނީ އުމުރުން ގާތްގަނޑަކަށް 59 އަހަރުގެ މީހުން ކަމަށްވެއެވެ.

ދިރާސާ އިން އެނގޭ ގޮތުގައި 90 އިންސައްތަ މީހުންގެ ފުއްޕާމޭ، ދުޅަހެޔޮ ސިއްހަތެއް ލިބިފައިވާ މީހާގެ ފުއްޕާމެއާ ހަމައަށް ރަނގަޅުވެފައެއް ނުވެއެވެ. ބަލިން ރަނގަޅުވި މީހުން ހިނގުމުގެ ޓެސްޓެއް ހެދިއިރު، އެމީހުންނަށް 400 މީޓަރަށް ހިނގާފައި ދެވެނީ ހަ މިނިޓުންނެވެ. އެކަމަކު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހުންނަށް ހަ މިނިޓު ތެރޭގައި 500 މީޓަރަށް ހިނގޭ ކަމަށްވެއެވެ.

ކޮވިޑް-19 އިން ސަލާމަތްވެ، ހޮސްޕިޓަލުން ދޫކޮށްލިތާ ތިން މަސް ފަހުން ބައެއް މީހުންނަށް އޮކްސިޖަން ދޭން ޖެހުނު މި ދިރާސާގައި ބައިވެރިވި ޑޮންޒިމެން ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ލިއަންގް ޓެންޒިއޯ ވިދާޅުވިއެވެ.

އަދި އެފަދަ މީހުންގެ އިމިއުން ސިސްޓަމް އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށްވެއެވެ.

ލިއަންގްގެ ޓީމުން މިހާރު ދަނީ ބަލި ޖެހިގެން ރަނގަޅުވި 65 އަހަރުން މަތީގެ މީހުންގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓު ބުނާ ގޮތުގައި ބަލިން ރަނގަޅުވި މީހުންނަށް ޑިޕްރެޝަނާ ކުރިމަތިލާން ވަނީ ޖެހިފައެވެ. ބަލިން ރަނގަޅުވި ބައެއް މީހުން ބުނި ގޮތުގައި، އެމީހުންނާ އެކީގައި އެއް މޭޒެއްގައި ކާން ވެސް އާއިލާތަކުގެ ބައެއް މެމްބަރުން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި ބަލި ޖެހުނު މީހުންގެ ތެރެއިން މަސައްކަތަށް ނިކުމެފައި ވަނީ ދެބައިކުޅަ އެއްބައި މީހުން ކަމަށްވެއެވެ.

ޗައިނާ އިން މިހާތަނަށް ކޮވިޑް-19 ޖެހިފައި ވަނީ 84،528 މީހުންނަށެވެ. މި ބަލީގައި 4,634 މީހަކު ވަނީ މަރުވެފައެވެ.

ބަލިން 79,057 މީހަކު ސަލާމަތްވި އިރު، 837 މީހަކަށް ދަނީ ފަރުވާދެމުންނެވެ. އަދި 37 މީހެއްގެ ހާލު ސީރިއަސްއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަރީ

    ފައްސިވެއްޖެޔޭ ކިޔާފަގޮސް ފަރުވާގެނަމުގަ ދޭބޭހުން ފުއޕާމޭ ހަލާކު ކޮއްލަނީ. ރާއްޖޭގަ ހަދާހެން ފައްސިވާ މީހުން 15 ދުވަހު ރިސޯޓް ވެކޭޝަނެއް ދީފަ ބޭންތަކެއް ނުދޭނަމަ ފުއްޕާމޭ ހުންނާނީ ރަނގަޅަށް

    12
  2. ޑރ.ޒަންޖަބީލް

    ބަލިޖެހުމުގެ ކުރިން ފުއްޕާމޭ ހުރިހާލެއް ބެލިނަމަ ތިޔެއް އެގޭނެ.. ގިނަމީހުން އަމިއްލައަށް ރަލާއި ސިގިރޭޓް ބޮއިގެން ފުއްޕާމޭ ހަލާކްކޮއްލަނީ.. ދެން އެފަދަ މީހުންނަށް ކޮވިޑް ޖެހުނީމަ ދައްކާނެ ފުއްޕާމޭއަށް ގިނި ގަދަ ވެފަ އަދާފަ ހުންނަގޮތަށް..

  3. އަޙްމަދް

    ޗައިނާ އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވި ގިނަ މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބިފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.
    —————————————————————————-
    ފުއްޕާމެއަށް ގެއްލުން ނުލިބުނިއްޔާދެރައެއްނު!
    އަބަދު މާސްކުއަޅައިގެން އެ މާސްކުގެތެރެއަށް ކެއްސާ ކިނބިހިއަޅާ އާފުރި ވައިލާ ހަމަ އެމާސްތެރެއަށް ނޭވާލީމަ ކިހާވަރެއް ފުއްޕާމެއަށް ވާނެތޯ އެވެ.؟
    ހަމަލޮލަށް ނުފެއްނަ ކުޑަކުޑަ ޖަރާސީމެއް މާސްކުގައި ހުއްނަ ހަމަލޮލަށް ފެއްނަ ލޯވަޅުތަކުން ދިފާޢު ކުރާނި ފަހެ ކޮންގޮތަކުން ތޯއެވެ؟
    ޑޮކޮޓަރުން ކޮންމެފަދަ ދެކޮޅުނުޖެހޭ ވަހާކެއްދެއްކިއަސް ވިސްނާލުމެއްނެތި ހަމަ ޤަބޫލު ކުރަންވީތޯއެވެ؟.

    5
    3
    • އަރީ

      ކަލޯ ތީ މަބުނާ ވާހަކަ. ކުރިން ވެއްޖެއްޔާ މާސްކު އަޅަނީ ބަލިމީހާ މިހާރުވެއްޖެއްޔާ މާސްކު އަޅަން މަޖުބޫރުކުރުވަނީ ރަނގަޅަށް ހުންނަ މީއާއަށް

      1
      1