އިންޑިއާގެ ގުޖްރާތުގެ އަހުމަދްއާބާދް ހޮސްޕިޓަލެއްގެ އައިސިޔޫ ވޯޑުގައި މެންދަމު ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ކޮވިޑް-19 އަށް ބަލި މީހަކު މަރުވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ޝްރޭ ހޮސްޕިޓަލްގައެވެ. ރޭ މެންދަމު 3:00 ޖެހިއިރު މި ހާދިސާ ހިނގިއިރު އެ ސަރަހައްދަށް އަށް ފަޔާ އިންޖީނާއި، ފަޔާ ޑިޕާޓްމެންޓުގެ އެމްބިއުލާންސް ދިޔައެވެ.

އެ ހާދިސާގައި ފަސް ފިރިހެނުންނާއި، ތިން އަންހެނަކު ވަނީ މަރުވެފައެވެ. އެ މީހުންނަކީ އައިސީޔޫ ޔުނިޓްގައި ފަރުވާދެމުންދިޔަ މީހުންނެވެ.

"އެތަނުގެ ސްޓާފެއް ލައިގެން ހުރި ޕީޕީއީގައި އަލިފާން ރޯވުމުން އޭނާ ވޯޑުން ބޭރަށް ނުކުންނަން އުޅުނީ އެ އަލިފާންގަނޑު ނިއްވަން އެކަމު މުޅި ވޯޑުގައި އަލިފާން ފެތުރިގަތީ". އަހުމަދު އާބަދުގެ ފަޔާ އެންޑް އެމާޖެންސީ ސާވިސްގެ ޗީފް އޮފިސަރ ރަޖޭޝް ބަޓް ބުނެފައި ވެއެވެ.

އަޖޭޝް ބުނެފައި ވަނީ، އެ ވަގުތު ވޯޑުގައި ކޮވިޑް-19 އަށް ފަރުވާދެމުންދިޔަ އަށް މީހުންނަކީ އެތަނުން ސަލާމަތް ވެގެން ނުކުންނަ ހާލަތެއްގައި ތިބި ބައެއްނޫން ކަމަށެވެ،

މި ހާދިސާ ހިނގިއިރު 45 ވަރަކަށް ބަލި މީހުން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން ސަލާމަތް ކުރެވުނު މީހުން ވަނީ އެހެން ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރްދީ ވާ ކަަން ހާމަކޮށްފައެވެ. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށްވެސް މޯދީ ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިނބޫ

    ގެރިމޯދީ ގަސްތުގަ ކުރާނެ ކަމެއް. އެއީ މީހުން މަރާ މުޖުރިމެއް.

  2. އޮޅުވާލި ވޯޓު

    އަލްހަމްދުލިﷲ އިންޑިއާޔައް ވާކޮމްމެ ގެއްލުމަކީ އަހަރުމެން އުފާކުރާކަމެ

  3. މޭޔަރު

    ތައުޒިޔާ ފޮނުވަންވާނެ