ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު، ރަނިލް ވިކްރަމަސިންގެ އަށް އެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ގޮނޑި ގެއްލިއްޖެ އެވެ.

ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ރަނިލް އާއި އޭނާ ލީޑަރުކަން ކުރައްވާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް މި އިންތިޚާބުގައި ވަނީ ބޮޑު ނާކާމިޔާބީ އަކާއި ކުރިމަތިވެފައެވެ.

މިއަދުގެ އިންތިޚާބުން ރަނިލްއަށް ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިވެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާއިރު، މިއީ 42 އަހަރުގެ ތެރޭގައި އޭނާ މަޖިލީސް އިންތިޚާބަކުން ނާކާމިޔާބުވެވަޑައިގަތް ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން ލަންކާގައި ބޭއްވި މަޖިލީހުގެ އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ރަނިލްގެ ޔޫއެންޕީއަށް މިފަހަރުގެ އިންތިޚާބުން އަދި ކަށަވަރު ކުރެވިފައި ވަނީ އެންމެ ގޮނޑިއެއް ކަމަށް ނޫސްތައް ބުނެއެވެ.

މި އިންތިޚާބުން އެންމެ ކުރީގައި އުޅެނީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސަ، އަދި ބޮޑުވަޒީރު، މަހިންދަ ރާޖަޕަކްސަގެ ޕާޓީއެވެ.

ލަންކާގެ ނޫސްތައް ބުނާގޮތުން އިންތިޚާބުގައި އެއްވަނައިގައި އޮތް އެސްއެސްއެލްޕީއަށް 146 ގޮނޑި ވަނީ ކަށަވަރު ކުރެވިފައެވެ. އަދި ދެވަނައިގައި އޮތް އެސްޖީޕީ އަށް 54 ގޮނޑި ކާމިޔާބުވެފައި ވާއިރު، ތިންވަނަ އަށް އޮތް ޖޭޖޭބީ އަށް ކާމިޔާބު ކުރެވިފައި ވަނީ ތިން ގޮނޑިއެވެ.

އެންމެ ގޮނޑިއެއް ކާމިޔާބުވުމާ ގުޅިގެން ރަނިލްގެ ޔޫއެންޕީ ޕާޓީ އޮތީ މި އިންތިޚާބުން ހަތަރުވަނައިފައެވެ. މިއީ ރަނިލްއަށް އޭނާގެ ސިޔާސީ ޙަޔާތުގައި ވެސް ކުރިމަތިވި އެންމެ ބޮޑު ނާކާމިޔާބީ އެވެ.

ރަނިލްއަށް މިފަހަރުގެ އިންތިޚާބުން މަޖިލީސް ގޮނޑި ގެއްލިފައި ވާއިރު، އޭނާ ވަނީ ތިންފަހަރެއްގެ މަތީން ލަންކާގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކާފަދ

    ޝުކުރިއްޔާ ދާއިރާގެ ރައްޔިތުން. ޤައުމަށް ޤައްދާރުވާ މީހުންނަށް ވާނެގޮތް އެވަނީ

    21
    • Anonymous

      ދެން އޮންނަ އިންތިޚާބެއްގައި އަދު ތިބި މީހުންނަށް ރާއްޖޭގައިވާނީ މިހެންހެން ހާދަހީވޭ

    • ޏަވިޔަނި

      ޜޭވިގެން ހިންގި ޖަރީމާއެއް ވޯޓުން ވައްކަން

    • ޙައްގުބަސް

      މިރާއްޖޭގެ ރައްޔިތުންނަށްވެސް މިހާރު އެބަ އެގެންޖެހޭ މިރާއްޖެއަށް ގައްދާރުވާ ބަޔަކީ ކޮބައިކަން!! މިރާއްޖޭގެ ވެރިކަން ބަދަލަކަށޭ ބުނެ 2008 ވަނަ އަހަރު ވެރިކަމަށް އައިބަޔަކު އަޔަސް މިގައުމު 3 އަހަރުތެރޭ ހަލާކު ކޮށްލީ!! އިސްލާމްދީނާ ދުރު ސެކިއުލާ ވިސްނުން ގެންގުޅޭ އެބައިގަނޑުން މުޅި ގައުމުގެ އިގްތިސޯދު ހަލާކުކޮށްލާ ރާއްޖޭގެ މުހިންމު އެއް ދޮރޯށި ކަމުގައިވާ ހުޅުލެ އެއަރޕޯޓް ނަހަލާލު ގޮތަކަށް ބަޔަކަށް ކުއްޔަށް ދިނީ!! ރާއްޖޭގެ އިގްތިސޯދު ފުނޑާލީ!! ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުކުރި!! ރައިސް އޮފީސް ތެރެއަށް ބޭރުގެ ފަރަންޖީން ގެނަސް ވަޒީފާ ދިނީ! ރާބުއިމާ އިސްލާމްދީނާ ދެކޮޅު އެތައްކަމެއް މަޑުމަޑުން ގެންދިޔައީ އާލާކުރަމުން އެކަމަށް ހިތްވަރު ދެމުން!! އެންމެ ފަހުން އިސްތިއުފާދީފަ ދަމުން ގައުމުގައި ހުޅުޖަހާލާ ގާތްގަޑަކަށް 300 މިލިއަން ރުފިޔާގެ މާލީ ގެއްލުން ދިން!! އެއަށްވުރެން ބޮޑަށް ކޯޓުތަކާއި އޮފީސްތައް އަންދާލިއިރު އެތަންތަނުގައި ހުރި އެތައް ޒަމާންވީ ދިވެހިންގެ އެތައް ލިއުމެއް އަނދައިގެން ދިއުމުން އަގުނުކުރެވޭ ވަރުގެ ގެއްލުމެއް ލިބުނު!! އެކަމަކު ރައްޔިތުން 2018 ވަނަ އަހަރާއި ހަމަޔަށް އައިއިރު މިކަމުގެ ހަނދާނެްއް ނެތް!! އަނެއްކާވެސް މިބައިގަނޑުގެ އަވައިގައި ޖެހި ވެރިކަން ހަވާލުކުރީ!! މިފަހަރު މިބައިގަނޑާ ބައިއަތު ހިފީ އަމިއްލަ އެދުމުން ފޯވެފައިތިބި ކުއްވެރިންގެ ގޮތުގައި އޭރު ތިބި މައުމޫނާ ގާސިމާ އިމްރާނު މިތިން މީހުން! މިމީހުން ބައިއަތު ހިފީ ކުށުން ބަރީޢަވެ މިނިވަން ވުމުގެ ބޭނުމުގައި!! މިއެންމެ ނިކުމެ ރައްޔިތުންނަށް ދޮގުހަދާ އޮޅުވާލައިގެން އިލެކްޝަނާ ގުޅިގެން ވެރިކަން "ފޭރިގަތީ" ކަމަށް މިހާރުވެސް ގިނަ ބަޔަކު ގަބޫލުކުރޭ!! މިހާރު މިތިބީ 2008 ގައި ވެރިކަމުގައި ތިބި މީހުން!! ހަމަ ތަފާތެއް ނެތް!! ގައުމު ހަލާކުވެ ނިމެނީ!! ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް އަވަށްޓެރި ގައުމަކާ ޑީލް ހަދަމުން އެދަނީ!! އެގައުމުގެ ސިފައިން ރާއްޖޭގެ އުތުރާ މެދުރާއްޖެތެރެއާއި ދެކުނުގައި ރުކުރުވާލަމުން އެދަނީ އެކިއެކި ނަންނަމުގައި!! ތަރައްގީއެއް ނުގެނެވޭތާ ކުރިން ކޮށްފައިވާ ރަގަނޅު ކަންތައްތައް ދެމެހެއްޓޭތަންވެސް ނުފެނޭ!! ވައްކަން އިންތިހާއަށް!! ކޮރަޕްޝަން އިންތިހާއަށް!! މިގައުމު ހަމަޔަކަށް އެޅޭނީ ރާްއްޖޭގެ ރައްޔިތުންވެސް މިބައިގަނަޑށް ނޫނެކޭ ބޮޑުތަނުން ބުނެ މިމީހުންގެ މަތިން ހަނދާން ނައްތާލި ދުވަހަކުން!! ޢާފިލުކަންމަތީ ތިބެގެން މިގައުމެއް ނެތް ސލަމާތްވާކަށް!! ރައްޔިތުންގެ ކިބައިން ބާރުތައް ފެށެނީވެސް!! އެކަން ނިންމުންވެސް އޮތީ ހަމަ ރައްޔިޔުންގެ އަތްމަތީކަން ރައްޔިތުން ނިކަން ރަގަނޅަށް ދަންނަންޖެހޭ!! މިހާރު ހެވާއި ނުބައި ވަކިވާ ވަރަށް ކަންކަން އެގެންޖެހޭ ވަރުވެއްޖެ ނޫންތޯ؟ 2008 ގެ ފަހުން އެވީ 3 އަހަރާއި އަދި 2018 އިގެ ފަހުން މިހިނގާ ދުވަސްތަކުން!!

      8
      1
  2. ޫހަސަން

    ލަންކާއަށް ގައްދާރުވެ އިންޑިޔާ ފައިބުޑަށް ވެއްޓުމުގެ ނަތީޖާ. މި ގައުމުންވެސް ދުވަސްވަރެއް ފަހުން މި މިސާލު ފެންނާނެ.

  3. ތުއްރަވާސް

    ބުއްޅބޭ ދެރަވާނެ ވަރަށް

  4. މާލްދީފް

    ތިޔަ މަންޒަރު މިދިވެހިރާއްޖެއިން ފެންނަން މާގިނަ ދުވަހެއް ދެން ނެތް

  5. ޗަމްޕާ

    ޜަނިލް އަކީ ލަނކާގެ ތަސްމީން އަލީ ދޯ

  6. ރާއްޖެ

    މިސަރަހައްދުގަ ލަންކާ ކުރިއަރަމުން މި ދަނީ އިންޑިއާ ފައިބުޑަށް ނުވެއްޓި ޗައިނާގެ އެހީގަ ގައުމު ތަރައްގީ ކުރާތީ. ދިވެހިން މި ތިބެނީ ރާއްޖެއަކީ އިންޑިއާގެ ޕްރޮވިންސްއެއް ކަމަށް ދެކިގެން.