ސައޫދީ އަރަބިއްޔާގެ އިންޓެލިޖެންސްގެ ވަރަށް އިސް މަގާމުތަކެއް ކުރިން ފުރާފައި ހުރި ސާދް އަލް-ޖާބިރު މަރާލަން ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކެނެޑާއަށް ހާއްސަ ޓީމެއް ފޮނުވިކަމަށް ތުހުމަތުކޮށްފިއެވެ.

އުމުރުން މިހާރު 61 އަހަރުގެ ސާދް އަލް-ޖާބިރު ކެނެޑާގައި ދިރިއުޅެމުން އަންނަތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެއްޖެއެވެ. ސާދް ވަނީ އޭނާ މަރާލަން ވަލީއަހްދު މުހައްމަދު ކެނެޑާއަށް ޓީމެއް ފޮނުވިކަމަށް ބުނެ އިއްޔެ އެމެރިކާގެ ވޮޝިންޓަންގެ ޑިސްޓްރިކްޓް ކޯޓަކަށް މައްސަލައެއް ހުށަހަޅާފައެވެ.

ސާދު ކޯޓަށް ހުށަހެޅި ލިޔުންތައް ބުނާ ގޮތުގައި އޭނާ މަރާލަން ވަލީއަހްދު މުހައްމަދު ކެނެޑާއަށް ޓީމެއް ފޮނުވީ ތުރުކީގައި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޙަޝޯޤީ މަރާލިތާ 13 ދުވަސް ފަހުންނެވެ.

ސާދު ބުނާ ގޮތުގައި އޭނާ އަށް ހަމަލާ ދިނުމަށް ވަލީއަހްދު މުހައްމަދު ބޭނުންވި އެއް ސަބަބަކީ ވަލީއަހްދު މުހައްމަދުގެ ހަރަކާތްތަކުގެ މައުލޫމާތު އޭނާ އަށް ލިބެމުން ދިއުމެވެ. އަދި އޭނާ އާއި އެމެރިކާގެ ޖާސޫސީ އިދާރާތަކާއި އެކު އޮންނަ ގުޅުމުގެ ސަބަބުން އެމައުލޫމާތުތައް ދުނިޔެއަށް ހާމަވެގެން ދިއުމުގެ ބިރު އޮތްކަމަށް ވަލީއަހްދު މުހައްމަދު ވިސްނައިގެން ހުރިކަމަށް ވެސް ސާދު ބުނެއެވެ.

ސާދު މަރާލަން ކެނެޑާގެ ޓޮރޮންޓޯއަށް ދިޔަ ޓީމުން ފޮރެންސިކް ޓޫލްތަކެއް ހުރި ދެބަސް ގެންދިޔަ ކަމަށާއި އެޓީމުގައި ފޮރެންސިކް ދާއިރާ އިން ތަޖުރިބާތަކެއް ލިބިފައިވާ ބަޔަކު ވެސް ތިބި ކަމަށް ސާދުގެ ފަރާތުން ކޯޓަށް ހުށަހެޅި ލިޔުމުގައި ވެއެވެ. އަދި އެމީހުންނަކީ ކްރައިމް ސީންއެއް ސާފުކޮށް ހެކި ނައްތާލާނެ ފަދަ ހުނަރުތައް ހުރި ބައެއް ކަމަށް ވެސް ސާދުގެ ފަރާތުން ބުނެފައި ވެއެވެ.

"އަލްޖަޒީރާ" އިން ބުނާ ގޮތުގައި އެމެރިކާގެ ކޯޓަށް ސާދު ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ ކޮންކަމަކަށް ކަމެއް އަދި ސާފެއް ނުވެއެވެ. މައްސަލައިގެ އަޑުއެހުންތައް ފަށާނެ ދުވަހެއް ވެސް އަދި އިއުލާނެއް ނުކުރެއެވެ.

ސައުދީ އަރަބިއްޔާގެ ވަލީއަހްދު ކަމަށް މުހައްމަދު ވަޑައިގެންނެވި ހިސާބުން އޭނާގެ މައްޗަށް ވަރަށް ބޮޑެތި ތުހުމަތުތަކެއް ދަނީ ކުރެވެމުންނެވެ. ނަމަވެސް އެތުހުމަތުތައް މުހައްމަދު ދޮގުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    މުސްލިމުންގެ ވަލިއްޔުލް އަޙްދު މުހައްމަދު ބިން ސަލްމާންގެ އަގު ވައްޓާލަން ރާވާ ކަންކަން، ފަތުރާ ދޮގު ތައް
    ތި ސައުދެއް ދޭބަލަ އެމެރިކާއަށް ކެނެޑާ ކާފަރުން ތަކަށް ޖާސޫސްކޮށްދޭން

    5
    11
  2. ޝދ

    ތާކިހާ އަޅައިން ތިބި މުނާފިގުން ތީ....

    12
    3
  3. ޔަމީ

    ނާހަމަ ތެދެއް.. އެސޮރު އެހެން ނަހަދާނެ.