މާދަމާއިން ފެށިގެން މާލެ އިން ރަށްރަށަށް ދެވޭނެ އުސޫސު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފިއެވެ.

އެޗްޕީއޭ އިން އާއްމުކުރި އުސޫލު ބުނާ ގޮތުން މިހާރު ރަށްރަށަށް ދެވޭނެ ޝަރުތުތައް ހަމަވާ ފަރާތްތައް ވެސް ރަށްރަށަށް ދިއުމުގެ ހުއްދައަށް އެދެން ޖެހޭނީ "ހާލުބެލުން" ޕޯޓަލް މެދުވެރިކޮށެވެ.

އަލަށް އެކުލަވާލި އުސޫލު ބުނާ ގޮތުން ރަށްރަށް ދާ މީހުންނަށް ޢަމަލުކުރަންވީގޮތް ބަޔާންކޮށް އެޗްޕީއޭއިން އާންމުކުރި އުސޫލުގައި ވަނީ ރަށްރަށަށް ދެވޭނީ މެޑިކަލް އިމަޖެންސީއެއް ނުވަތަ ޑޮކްޓަރަށް ދެއްކުމަށް މާލެ އައުމާގުޅިގެންނާއި، މާލޭގައި ދިރިއުޅޭތަން ދޫކޮށްލަން ޖެހުމާއި ގުޅިގެންނާއި، ރަސްމީ ބޭނުމަކަށް މާލެއައިސް ރަށަށް ދިއުމަށާއި، ވަޒީފާގެއްލިގެން ނުވަތަ ވަޒީފާ ރަށަށް ބަދަލުވުމާއިި ގުޅިގެން އަދި ޝަރުޢީ ކޯޓަކަށް ޙާޒިރު ވާންޖެހޭ މީހުންނަށް އެކަންޏެވެ.

ހޯމްކަރަންޓީނަށް އެދުމަށްފަހު ކަމާގުޅުންހުރި ލިޔެކިއުންތައް ރަށުކައުންސިލަށް އީލެމެއިލް ކުރަންޖެހޭނެކަމަށްވެސް މިއުސޫލުގައިވެއެވެ. އަދި ކަރަންޓީންވާން އެދޭ ގެ ނުވަތަ ކޮޓަރި ބަލާ ޗެކުކުރުމަށްފަހު ހޯމްކަރަންޓީން ވުމާގުޅޭގޮތުން އެކުލަވާލާފައިވާ މިންގަނޑުތަކަށް އެތަނެއް ފެތެން ޖެހޭނެކަމަށް ވެސް މިއުސޫލުގައިވެއެވެ. މިއީ ކުރިން ވެސް ގެންގުޅޭ އުސޫލެވެ.

މީގެ އިތުރުން ކައުންސިލްތަކުން ފާސް، "ޕޯޓަލް" މެދުވެރިކޮށް އެޕްރޫވްކުރުމުން ހޯމްކަރަންޓީންވުމަށް އެދިފައިވާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިއުންތައް އެޗްޕީއޭގެ ފަރާތުން ބަލައި ވެރިފައިކުރުމަށްފަހު އެމީހަކު ދަތުރުކުރުމަށް އެދިފައިވާ ތާރީޚަށް ކަރަންޓީނުގެ ލިޔުން އަދި ޢިމާރާތް، މޮނިޓަރިންގ ނޯޓިސް ހާލުބެލުން ޕޯޓަލްގައި އަޕްލޯޑު ކުރެވޭނެކަމަށް ވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ފުރުމަށް ޓިކެޓް ނަގަންވާނީ ކަރަންޓީނު ލިޔުން އަދި އޭނާ ހުންނަ ޢިމާރާތަށް މޮނިޓަރިން ނޯޓިސް ލިބުމުން ކަމަށް އުސޫލުގައި ވެއެވެ.

އަލަށް އާއްމު ކުރި އުސޫލުގައި ކޮންމެހެން ރަށަށް ދާން ޖެހޭނެ މީހުން ރަށަށް ދެވޭ ގޮތައް އެކުލަވާލި އުސޫލެއް ކަމަށް އެޗްޕީއޭ އިން ބުނި ނަމަވެސް ކުރީގެ އުސޫލާއި މާބޮޑު ތަފާތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އޮޅުވާލި ވޯޓު

    އަހަރުމެން މިތިބެނީ ރިސޯޓުތަކުގަ ތާށިވެފަ އަމިއްލަ ރަށައް އަމިއްލަ ވަޒަނައްނުދެވިފަ އިރުކޮޅަކާ ގަވާއިދެ އެބްހަދާ 15 ދުވަސް ލިބނީ 14 ދުވަސް ކަރަންޓީނުގަ މީތޯ ރިސޯޓުތަކުގަ އުޅޭމީހުނައް ހައްގުވާމިންވަރަކީ

  2. ށުޒުކީ

    ވަރަށް މޮޅު ލިޔެފަ ހުންނަ ވާހަކަތަކާއި އަމަލު ތަކާއި ދިމާ ނުވިޔަސް ވަރިހަމަ ތީ ބޯހަލާކު ޕޯޓަލްއެއް