އިންޑިއާގެ އަންދްރާ ޕްރަދޭޝް ސްޓޭޓްގައި ކޮވިޑް-19 އަށް ފަރުވާދޭ އިތުރު ފެސިލިޓީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަލި ޖެހިގެން ފަރުވާ ދެމުން ދިޔަ 11 މީހަކު މަރުވެއްޖެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އައި ހޮޓެލެއްގައި ރޭ ފަތިހު 5 ޖަހާކަންހާއިރުއެވެ.

މި ހާދިސާ ހިނގި ވަގުތު އެތަނުގައި ތިބީ ކިތައް މީހުންކަމެއް އަދި ސާފުވެފައެއް ނުވެއެވެ. އެހެން ނަމަވެސް 22 ބަލި މީހަކަށް އެހެން ހޮސްޕިޓަލެއްގައި މިހާރު އަންނަނީ ފަރުވާ ދެމުންނެވެ.

އިންޑިއާ ފުލުހުންގެ ސީނިއާ އޮފިސަރ ސްރިނިވަސުލް ބުނެފައިވަނީ ހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް މީހުން ސަލާމަތް ކުރާ ފަރާތްތަކާއި ފަޔާ ޑިޕާޓްމަންޓުން ގޮސްފައިވާ ކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ނަމަވެސް ދުމުގެ އަސަރު އެސަރަހައްދުގައި ހުރި ކަަމަށް އޭނާ ވަނީ ބުނެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވެފައިވަނީ ކަރަންޓު ޝޯޓެއް ވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

މިއަދުގެ ވަގުތެއްގައި މިހާދިސާ ހިނގާފައިވާއިރު، މިދިޔަ ބުރާސްފަތި ދުވަހު ގުޖްރާތުގެ އަހުމަދްއާބާދް ހޮސްޕިޓަލެއްގެ އައިސިޔޫ ވޯޑުގައި ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި ކޮވިޑް-19 ބަލީގެ އަށް މީހަކު ވަނީ މަރުވެފައެވެ.

ކަމާއި ބެހޭ އިދާރާތަކުން ބުނެފައިވަނީ އިންޑިއާގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބަކީ ސަލާމަތީ ކަންކަން ބަލިކަށިކޮށް ހުރުން ކަމަށެވެ. އެގޮތުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ބޭނުން ކުރާ ބައެއް ކަހަލަ ތަކެތި ނުތިބޭ ކަން އެފަރާތުން ވަނީ ފާހަގަ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަމްރިޝްޕޫރީ

    ގަސްތުގައި ސަލާމަތްނުވެގެން ރޯކުރަނީ!

    10
    • ވާނުވާ

      އިންޑިއާގައި ކޮށްފާނެ.

  2. ފާތުން

    ގަސްތުގައި ހަމަ މީހުންތައް މަރަންވެގެން ރޯކުރަނީ ގެރި ސަރުކާރުން. ޢިންޑިޔާ މީހުންތީ ވަރަށް ނުލާފާބައެއް.??????