އެމެރިކާގެ ޑިސްޓްރިކްޓް ކޯޓެއްގެ ފަނޑިޔާރަކަށް އިރާގަށް ނިސްބަތްވާ އަންހެނަކު އައްޔަންކޮށްފި އެވެ.

އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުންދީ ފަނޑިޔާރު ކަމަށް އައްޔަކޮށްފައި ވަނީ، ހާލާ ޖަރްބޯ ނަމަކަށްކިޔާ އަންހެނެކެވެ. އޭނާ އައްޔަންކޮށްފައި ވަނީ މިޗިގަންގެ ހުޅަނގު ޑިސްޓްރިކްޓުގެ، ޑިސްޓްރިކް ކޯޓަށެވެ.

ފަނޑިޔާރު ކަމަށް ހާލާ އައްޔަން ކުރުމަށް އޭނާގެ ނަން ހުށަހަޅާފައި ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާގެ ނަން އެމެރިކާގެ ސެނެޓަށް ހުށަހަޅާފައި ވަނީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ.

މިކަމާއި ގުޅިގެން އިރާގުގެ ބަޣްދާދުގައި ހުންނަ އެމެރިކާގެ އެމްބަސީން ބުނެފައިވަނީ، ހާލާ އަކީ އެމެރިކާގައި ފަނޑިޔާރުކަމަށް އައްޔަން ކުރެވުނު އެޤައުމުގެ ފުރަތަމަ ފަނޑިޔާރު ކަމަށެވެ. އޭނާއަކީ އިރާގަށް އުފަން ނަމަވެސް، ކުޑައިރުން ފެށިގެން އެމެރިކާގައި ދިރިއުޅޭ މީހެއް ކަމަށް އެ އެމްބަސީން ބުނެފައި ވެއެވެ.

ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރުމުގެ ކުރިން އޭނާ ވަނީ މިޗިގަންގެ އެޓާނީ އޮފީހުގައި، އެސިސްޓެންޓް އެޓާނީގެ މަޤާމުވެސް އަދާކޮށްފައެވެ. މީގެ އިތުރުން އޯކްލޭންޑުގެ ޕްރޮސިކިއުޓާސް އޮފީހުގައި، އެސިސްޓެންޓް ޕްރޮސިކިއުޓިން އެޓާނީގެ މަޤާމުވެސް ކުރިން އޭނާ ފުރާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޯކިބާ

    ދެން ރާއްޖޭގަވެސް ފަނޑިޔާރުންނަށްލާނީ އިރާގުމީހުންކަންނެ، ގައުމު ކިތައްމެކުޑައަސް ތިތަންތާ ކުރާ ހުރިހާކަމެއް ކުރަންއެބަޖެހޭ.